ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ނަން ރިޔާސަތުން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.
މޮސްޓާ މަޖިލީހުން ބޭރަށް ދާން އެންގެވީ، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނިކޮށް، އެމްޑީޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ސައީދުގެ ވާހަކަ އަށް ހުރަސް އަޅުއްވާތީ، އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރައްވައި ތަކުރާރުކޮށް އަޑު ގަދަ ކުރައްވަން ފެއްޓެވުމުންނެވެ.
މޮސްޓާ ވިދާޅުވީ، ވަކި ބަޔަކު ވާހަކަދައްކާއިރު މައުޟޫ އާއި ނުގުޅޭ ކަމަށް ބުނެ، އިދިކޮޅު މެމްބަރުންގެ ވާހަކަތަކަށް ހުރަސް އަޅާ ކަމަަށާއި، އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ނިޒާމަށް ވެސް ވަނީ، އެހެން ކަމަކަށް ވެސް ވަނީ ވަކި ބަޔަކު މައުޟޫ އާއި ބެހުނީމަ، ހަޖަމް ނުވަންޏާ މިތާ ނުތިބީމަ ނިމުނީނު." މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާގެ ވާހަކައަށް ފަހު ސައީދުގެ ވާހަކަ ކުރިއަށް ގެންދަވަން އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ ފުރުސަތު ދެއްވާފައެވެ.
ސައީދުގެ ވާހަކަ ނިމުނު ފަހުން ވެސް ރިޔާސަތުން ކަންތައް ކުރާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން މޮސްޓާ ގެންދެވީ ނުރުހުން ފާޅުކުރައްވަމުންނެވެ.
މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ ތަކުރާރުކޮށް މަޖިލީހުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް، މެމްބަރު މޮސްޓާ އަށް ނަސޭހަތްތެރިވެފައެވެ.
އެގޮތުން ނަސޭހަތްތެރިވުމުން ވެސް މޮސްޓާގެ ވާހަކަ މެދުކަނޑާ ނުލުމުން އީވާ ވަނީ މެމްބަރު މޮސްޓާގެ ނަން އިއްވާ މަޖިލީހުން ބޭރަށް ނުކުންނަވަން އަންގަވާފައެވެ.
އިދިކޮޅުގެ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންގެ ވާހަކަ ކުރިއަށް ގެންދަން މަޖިލީހުގައި ފުރުސަތު ނުލިބޭތީ އިދިކޮޅު މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚާއްސަކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގައި ވާހަކަދައްކަވަން ފެށުމުން، އެމްޑީޕީގެ މެމްބަރުން ދަނީ ނިޒާމީ ނުކުތާ ނަންގަވައިގެން އެ މެމްބަރުންގެ ވާހަކައަށް ރައްދު ދެމުންނެވެ.
ގޮޅާ ގެ ސަގާފީ ކޮއްކޮ ގޮޅާ ވެސް ގަވާޢިދަށް ހުރުމަތްތެރިކޮއް ހިތާނަމައެއްނު ގާނޫނު އަސާސީއަށް ފައިން އެރުން ވެސް އޮވޭތޯ ތިޔަ ބުނާ ފޮތުގައި.
ގާނޫން އަސާސީ މައްޗަށް ކޮޅުފައިން އަރާ ވަކަރުގޭ ކުދިންހެން އުޅެފަ ކޮން ފޮންޏެއް ކަނޑަނީ ތި ރީދޫ ވަކަރޭ މެން ނަކަށް މީހުން ގަދަރެއް ނުކުރޭ ތީ ހަމަ ވަކަރު ގޭ ކުދިން ކޮޅެއް ފައްޅި ތަކަށް ވިކިފަ ތިބި
ތި މަޖިލިސް މިހާރު ތީ އަންނިބޭ ގެ ބޮޑުގުޅަ ތަނެއްދޮރެއް ނޭގޭ ބޯ ބުރާންތި ތަކެއް މަގާމާ ލާރި ކޮޅަކަށް އެދިގެން ބުއްޅަބެއަށް ގުނބޯ ޑާންސް ކޮށްދެނީ އިބިލިސްހެން ރީނދޫ ބައިގަނޑު ދެން އަތްޖަހާ އާފަހެ ނިޝާން އިއްޒަތްދީނުގެ ލަގަބު ވެސް އެދިނީ މަލަބާރިން ނާއި ހޮޅިންނަށް ވިއްޔަ ކީކޭދޯ ބުނާނީވެސް
މިމީހުން އެހެން މީހުންނައް ޤަވާޢިދައް ޙުރުމަތްތެރިކޮއް ހިތަން އަންގާއިރު މިޔައްވުރެން ލަދުޙަޔާތްކުޑަކޮއްއުޅުނުބައެއް ރައްޔިތުންގެ މަަޖްލިހުގެ ތާރީޚުގަވެސް އެމަޖްލިސްތެރޭގަ ނޫޅޭނެ މަޖްލިސް ތެރޭގަ ބެރުދުންމާރި ތާޅަފިލިފުމެ ނުވިތާކައް ބިސްމި ލިޔެފައޮތް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެމައްޗައް ފައިންއަރާހެދި ބައެއްތީ ކަލޭމެން ތިހެންކީމައަންނަނީހިނި ހިތައްއަރާ މިމީހުންގެ ލަދުކޮބާބާވައޭ
ތިޔަހެން ދާއިރާތަކުގެ އަޑު ކަނޑުވައެއް ނުލެވޭނެ.. ލާދީނީއޭ މީހުން ކިޔަނީ ކިޔޭވަރުވާތީ... އުޑުމަތި ސާފު ދުވަހެއްގެ މެންދުރުގެ އިރުހާ ސާފުކޮށް ފާޅުވާތީ...