ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތަކަށް ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖައްސާފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވުމުން، އެކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މައާފަށް އެދިވަޑައިގެންފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖެ އަށް ކާޑުގެ ދަތިކަން ފޯރަފާނެތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣްނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުއްލި މައްސަލަ މަޖިލިހަށް ހުށަހެޅި އިރު، ރައްޔިތުންނަށް ދިމާވެފައި ހުރި އުނދަގޫތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ދުވަހުން ދުވަހަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ. އެގޮތުން ތިނަދޫގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ހުރި ކަމަށް މުޣްނީ ވިދާޅުވިއެވެ.

"އިމަޖެންސީ ރެސްޕޮންސް ޕްލޭން ވަނީ ހެދިފައި. މުވައްޒަފުންނަށް މައުލޫމާތު ދީފައި. ސަލާމަތީ ވަސީލްތައް ހުރީ ލިބިފައި. އައިސޮލޭޝަން ކަނޑައެޅިފައި. އިމަޖެންސީ ޓީމު އެކުލަވާލެވިފައި. އާންމުންނަށް ކޮންމެ ދުވަހަކު ދަނީ މައުލޫމާތު ދެމުން،" މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން ހާސްވެ، ކަންބޮޑުވާން ޖެހޭ ކަމެއް ނެތެވެ. ދިވެހިން ސާފުތާހިރު ކަމާއެކީގައި ދިރިއުޅުމުގެ ކަންކަން ބެލެހެއްޓީމަ ހުންނާނީ ރަނގަޅަށް ކަމަށް ވެސް މުޣްނީ ވިދާޅުވިއެވެ.

"މި ބޭފުޅުން (އިދިކޮޅު) ކަންބޮޑުވާ ކާޑުގެ ބާވަތްތައް އަޅުގަނޑުމެން ދާއިރާގައި އެބަހުރި. ކޮންމެ ދުވަހަކު ގެންނަން ޖެހޭ އަދަދަށް ގެނެސް ރައްކާ ކުރެވި، އެ ވިކެމުން ދަނީ. ރައްޔިތުން ކިއު ހަދާފައެއް ނެތް. ގޭގެއަށް ބޭނުންވާ ވަރަށް ކާނާ އެބަހުރި. ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމުގެ ޔަގީން ކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ދަނީ ދެމުން،" މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ޖެއްސޭތޯއެވެ. މުޣްނީ ވިދާޅުވީ އެމްޑީޕީއިން ކެމްޕެއިންގެ ދަތުރު ފަށަނީ ވައިރަހާ ގުޅޭ މައުލޫމާތައި ފަރުވާ ހިފައިގެން ކަމަށެވެ.

"އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ތިޔަބޭފުޅުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބާފަ،" މުގުނީ ވިދާޅުވިއެވެ.

މުޣުނީގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު މިއަދު ދިޔައީ ސޯޝަލް މީޑިއާގައި މެންބަރު މުޣުނީއަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެމްޑީޕީއަށް ވެސް އެކަމުގެ ސަބަބުން އެތައް ފާޑުކިޔުންތަކެއް ދިޔައީ އަމާޒުވަމުންނެވެ. އެކަމާއި ގުޅިގެން މަޖިލިސް ވޯޓު ގަޑިއަށްފަހު ނިޒާމީ ނުކުތާ ނަންގަވާ އަލީ އާޒިމް ވިދާޅުވީ ބަހުސްގައި މުޣުނީއަށް ދެއްކެވުނު ވާހަކަތަކަށް އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ބަޔަކަށް ބައްޔެއް ޖެއްސުމަށްފަހު އިންތިހާބެއް ކާމިޔާބު ކުރުމަކީ އެމްޑީޕީގެވެސް އަދި މުޣުނީގެ ވެސް ވިސްނުމެއް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ އެ ބަހަކީ މުޣުނީ ގަސްތުގައި ވިދާޅުވި ބަހެއް ނޫން ކަމަށާއި އެއީ މެންބަރަށް އޮޅިގެން ވިދާޅުވެވުނު ބަހެއް ކަމަށެވެ.

"އެމްޑީޕީން ވެސް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ވެސް އަޅުގަނޑު އެކަމަށް ވަރަށް ބޮޑަށް މައާފަށް އެދެން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އެފަދައިން ދެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން ސާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އީވާ ވިދާޅުވީ މަޖިލިސް ތަޅުމުގައި ސިޔާސީ ގޮތުން މެންބަރުންނަށް ކިތަންމެ ވަރަކަށްވެސް ކޯޅިދާނެ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުން ތެރޭގައި އެކަކު އަނެކަކާ އެހާ އަނިޔާވެރި ވާނޭ ގޮތަކަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަސްމާ

    ރަނގަޅަށް ބޮނޑި ބޮވިއްޖެނުން ، އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުވާނެ. އެޖެންޑާ 19 އޭ ކިޔައިގެން ކޮވިޑް 19 ފަތުރާ ބޮޓުން

    48
    • ޙައްގުބަސް

      މަޢާފަށް އެދުން ގޯހެއްނޫން! މެމްބަރު ދެއްކި ވާކައަށް އޭނާ ޖަވާބުދާރީ ކުރުވަންޖެހޭނެ! އޭނާ ދެއްކީ ވަރަށް ދަށުދަރަޖައިގެ ވާހަކައެއް! މިކަހަލަ ވިޔާނުދާ ޖާހިލުން މަގާމުތަކަށް ރައްޔިތުން ހޮވީމަ ވާނީ މިހެން!! އިދިކޮޅު އެންމެނަށް ކޮރޯނާ ވައިރަސް ޖައްސާނަމޭ އޭނާ ބުނީ! މިއީ ވަރަށް ސީރިޔަސް މައްސަލައެއް! ނުރައްކާތެރި ވާހަކައެއް! މިހާރު އިދިކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަސް ޖައްސާނަމޭ މިބުނީ މިހާރު ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖްލިސްގެ މެމްބަރަކު! މިއީ އާދައިގެ ކަމެއްނޫން! މިވަބާއިން މުޅި ދުނިޔެ ސަލާމަތްވުމަށް އެތައް ފިޔަވަޅުތަކެއް އަޅުމުންދާ ދަނޑިވަޅެއްގައި ކަނޑައެޅިގެން ވައިރަސް ފަތުރަން މީހަކު މަސައްކަތްކުރާނެ ކަމަށް ބުނާ އިންޒާރުދީ މޭރުމުން ވާހަކަ ދެއްކުމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމެއް! މިހާރު މިވީގޮތުން އިދިކޮޅުގެ އެއްވެސް މެމްބަރަކަށް މި ވައިރަސް ޖެހިއްޖެނަމަ އެކަމުގެ ޒިންމާ މިމެމްބަރުގެ ބޮލުގައި އެޅުވޭނެ! މި މެމްބަރާ ދޭތެރޭ ދަޢުވާވެސް އުފުލި ޝަރީއަތްވެސް ހިންގެންޖެހޭނެ! މެމްބަރު މިދެއްކި ވާހަކައިން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ބަޔަކާ ގުޅިގެން މިވައިރަސް ރާއްޖެ އެތެރެކޮށް އިދިކޮޅު މީހުންނަށް ވައިރަސް ޖައްސައިގެން ބަލިކޮށް ދުނިޔެއިން ނައްތާލަން އުޅެނީކަމަށްވެސް!! މިފަދަ ނޭއްގާނީ ޢަމަލު ހިންގާކަމަށް މަޝްހޫރު މީހުން ގިނައީ ރީނދުލުގެ ބައިގަނޑުތެރޭ! މީނާއާއި ސުވާލުކުރޭ! މީނާ ހައއޔަރުކޮށް ވަރަށް ވަރުގަދަ ތަހްގީގެއް ހިންގަން ގޮވާލަން! ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދީތީވެސް!

      27
      1
  2. ކަރްމާ

    ދިވެހި ރާއްޖޭގެ %99.99 ރައްޔިތުން މިހާރު އެމްޑީޕީއަކަށް ތާއީދެއް ނުކުރޭ. އަދި މިއަދުގެ ފަހުން %0.01 ވެސް ނުުކުރާނެ. ވަރަށް ސަލާން

    53
  3. ޔާމިން

    ތި މޑޕ އެކަކަށްވެސް މާފެއްނުކު ރާނާއް ކިހާ ރީ ކޮއްމެކަމެއްކޮއްފަވެސް މާފުކު ރާށޭ ބުނީމަ ނިމުނީތަ. ލާދީނީ ބައިގަޑު.

    44
  4. ޔާމިން

    ތި މޑޕ އެކަކަށްވެސް މާފެއްނުކު ރާނައް ކިހާ ރީ ކޮއްމެކަމެއްކޮއްފަވެސް މާފުކު ރާށޭ ބުނީމަ ނިމުނީތަ. ލާދީނީ ބައިގަޑު.

    28
  5. ވުހާން

    މާފެއްނެތް! މިއީ ފުލުހަށް ހުށައަޅައިގެން ބަލަންޖެހޭ މައްސަލައެއް، ލައިވް ކުރަމުން ދިޔަ ޖަލްސާއެއްގަ އެދިނީ ވަރުގަދަ ޓެރަރިޒަމްގެ އިންޒާރެއް، ވަގުތުން ވަގުތަށް މުގުނީ ހައްޔަރު ކުރޭ

    47
  6. ޖިންނި

    އޮރިޖިނަލް އެމް ޑީ ޕީ އެއްޗެއް !

    43
  7. Anonymous

    މިފަހަރު މޑޕ އިން ކަން ތިކުރީ ރަނގަޅށް. މަ އެކަމަކުބރުޅިއަރަނީ ލާދީނީކަމުން. އަދިބއެކަން މިގައުމުގައި ފަތުރަން ކުރާމަސައްކަތުން.

    29
    3
  8. ޙަމަހަމަ

    މާއްފަށް އެދިގެން އެ ކަނި ނުފުދޭނެ. ތިއީ މަރުގެ އިންޒާރެއް އަދި ޓެރަރިޒަމްގެ އިންޒާރެއް.

    މުގުނީއަށް ފިޔަވަޅުއަޅާ!
    ޢޭނަ ނިސްބަތްވާ މޑޕ އަށްވެސް ފިޔަވަޅުއަޅާ!

    43
  9. ސަމީ

    ލަތުޙަޔާތުގެ ކަންުފުޅެއް ހުންނަ ބައެއްނޫން މި ބައިގަޑަކީ

    18
  10. ދަރަނި ދަންތުރަ

    އަލީ އާޒިމް ތިވާހަދެއްކީ އޮޅިގެންނެން ނޫންތޯ އަނެއްކާ ، ކެނެރީގޭ ނަސީދު ބުނި އަލީ އާޒިމް މާފަށް އެދުނީ އޮޅިގެންނޭ އެމް ޑީ ޕީ އިން އެއްވެސް މީހެއްގެ ކިބައިން މާފަށް އެދޭކަން ނުޖެހޭނޭ ކާކުގެ ވާހަކައެއްތޯ ގަބޫލު ކުރަންވީ...

    15
  11. ދަރަނި ދަންތުރަ

    އިބުރާހިމް މުހައްމަދު ސޯލިހު އޮޅިގެން ނޫންތަ ރައީސް ކަމުގެ ހުވާ ކުރީ އަވަހަށް މާފަށްއެދި އިސްތިއުފާދީ އަވަސްކުރޭ އަވަސްކުރޭ

    15
  12. ދަރަނި ދަންތުރަ

    ކަލޯ މުޣުނީ ދެން ކަލޭވެސް ގަޕޯ ހެދިހެން އަވަހަށް ބުނޭ އެމް ޑީ ޕީ އިންނޭ ކޮވިޑު 19 ޔަށް ވެކުސިން އުފަށްދާނީ އެކަމަށް ހުރިހާ ހަރަދެއްކުރާނީ މޮގޮށި މީދަލޭ އެމީދަލަކީ ތިމަންނާއޭ

    17
  13. ދަރަނި ދަންތުރަ

    ފުކުހުން މިމަސްސަލަ ތަހުގީގު ކުރުމަށް ގޮވާލަން މިމަސައްސަލަ ނުބަލާ ސައިކަލްތަކުގައި އިސްޓިކާ ނުޖަހާތި އެކަމާ ރައްޔިތުން ގޮތެއްނިންމަފާނެ...

    13
  14. ދަރަނި ދަންތުރަ

    އިންޒާރު ދިނުމަކީ ކޮބައިތޯ ފުލުހުން މިކަން ރައްޔިތުންނަށް ސާފުކޮށްދީބަލަ މިގޮށި މީދާ މިދިނީ ރައްޔިތުންނަށް އިންޒާރެއްނޫންތޯ ހައްޔަރުކުރޭ ހައްޔަރުކުރޭ ހައްޔަރުކުރޭ

    13
    • Anonymous

      މީ އާދައިގެ މީހަކު ބުނި ބަހެއްނަމަ އެމީހެއްގެ ފަހަތުން ދުވެގެންވެސް ހައްޔަރުކުރާނެ.
      ހުކުރު މިސްކިތުގެ ބަންގީގެ އަޑު އިވޭތީ އެ މިސްކިތް ބަންދުކޮށްގެން އުޅެނީ

      11
  15. Anonymous

    ވޯޓު ނުލިބިދާނެތީ ކޮންމެހެން މަޢާފަށް އެދޭނިކަމެއް ނެތް.

    14
  16. Juhaa

    ތިޔަ ޕާޓީގެ މީހުން ދީނަށް ފުރައްސާރަކުރަނީވެސް އޮޅިގެން.

  17. ފަޒޫ

    ނުކުރާނަން މާފެއް.ތީ މިގައުމަށް ޖެހިފާވާ ބޮޑު މުސީބާތެއް،ބަލާ ވެރިކަމެއް.

  18. ޖަޒީރާ ކޮވިޑް19

    ބަލަ ޕާޓީ އިސްވެރިން މިބުނާގޮތުންމަމަ މިޕާޓީގަ މިތިބީ ހުސް ބޯބުރާންތިންތާ ދޯ

  19. މައިނާ

    ދެއްކޭ ނުދެއްކޭ ވާހަކައެއްނޭންގޭ ވަރުގެ މީހުން އެމްޑީޕީން ނެރެގެން މިޖަހާ ސަކަރާތުގެ ނިމުން މިންވަރުކުރައްވާށި. އާމީން