ފުލުހުންތަކެއް ރަސްމީ ޑިއުޓީގައި ނިދާފައި ތިބި ފޮޓޯތަކެއް ސޯޝަލް މީޑީއާގައި އާއްމުވެ ދައުރުވާން ފެށުމުން އާއްމުން އެކަމަށް ފާޑުކިޔަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ދެ ފޮޓޯއެކެވެ. އެ ދެ ފޮޓޯއަކީ ވެސް ދެ ތަނެއްގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެގޮތުން އެއް ފޮޓޯއިން ފެންނަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތައް ބަހައްޓާފައި ހުންނަ ބިލްޑިންގުގައި ހުންނަ ޕޯސްޓެއްގައި ނިދާފައި އިން ފުލުހެކެވެ.

އަނެއް ފޮޓޯއިން ފެންނަނީ ފުލުހުންގެ ޕެޓްރޯލް ކާރެއްގައި ފުލުހުންތަކެއް ނިދާފައި ތިބި ފޮޓޯތަކެކެވެ. އެ ފޮޓޯ ޕޯސްޓުކުރުމަށްފަހު މީހަކު ބުނީ އެއީ ހުޅުމާލެތެރެ ރޭ ޕެޓްރޯލް ކުރުމަށް އުޅުނު ފުލުހުން ކަމަށެވެ. އަދި އެ ފުލުހުން ނިދާފައި ތިބީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި ކަމަށްވެސް ބުނެފައިވެއެވެ.

މި ފޮޓޯތަކަށް ފާޑުކިޔަމުން ބައެއް ފަރާތްތަކުން ބުނީ ފުލުހުންގެ ޔުނީފޯމް އަޅައިގެން ޑިއުޓީ އަދާ ކުރަން ނިކުމެ އާއްމު ތަންތަނުގައި ނިދާފައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނިދަން ބޭނުންނަމަ ފުލުހުންނަށް ހާއްސަ ކުރެވިފައިވާ މަރުކަޒުތަކަށް ގޮސް ނިދުމަކީ މައްސަލައެއް ނޫން ކަމަށްވެސް ބުންޏެވެ.

ނަމަވެސް ބައެއް މީހުން ބުނީ ނިދުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ފުލުހުންތައް އެތަނުގައި ތިބެ ނިދާފައި ތިބޭ ގަސްތުގައި ނޫން ކަމަށެވެ. އަދި އެމީހުންނަކީވެސް އިންސާނުން ކަމަށާއި ކޮންމެ މަސައްކަތެއް ކުރާ މީހެއް ނަމަވެސް ދަންވަރު ހޭލާ އުޅޭ ނަމަ ނިދި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

 

މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވަކި އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހަސަން

  ޑިއުޓީގައި ނިދުމަކީ ވަރަށްބޮޑު މައްސަލައެއް. ކުށެއްވެސްމެ. ރޭގަނޑު ޑިއުޓީ ކުރަނީ ނޫނީ ޕެޓްރޯލް ކުރަނީ އެހެން ރައްޔިތުން ނިދީމަ އެމީހުނާއި އެމީހުންގެ މުދަލުގެ ރައްކާތެރިކަން ޔަގީންކުރުމަށް. ރަށުތެރޭގެ ހަމަޖެހުމާއި މަސްލަހަތު ބެލެހެއްޓުމަށް. ވީއިރު އެފަދަ ބޮޑު ޒިންމާއެއް ހަވާލުވެ ކާރު ދުރު ހިސާބެއްގައި މަޑުކޮށްގެންތިބެ ގަސްތުގައި ނިދުމަކީ ވަކިންބޮޑު ކުށެއް. ފުލުހުންގެ އުސޫލުތަކުގެ ތެރެއިން ޑިމޯޓްކުރެވޭ ވަރުގެ ބޮޑު ކުށެެއް. ކައުންޓަރެއްގައި ޑިއުޓިގަ އިންމީހަކު ނިދިތާއްޔަ ޖެހުމާއި ކާރުގަ ތިބެ އެންމެން ނިދުމާއި މުޅިންތަފާތު.

  13
  4
 2. ފާތުން

  ތީކީ އެއްވެސް މައްސަލައެއް އޮއެއް ކަމެށް ނޫންކަންނޭގެ.ރެޔާ ދުވާލު އެބޭފުޅުން އެތިބެނީ ރައްޔިތުންގެ ހިދުމަތުގާ ދޯ.ނިދާފަ ތިބެވެސް ހޭލާތިބެވެސް.

  14
  7
 3. އެސް ސީ ޕޮލިސް

  އެސް ސީ ޕޮލިސް އެއީ ފުލުހުންގެ މުވައްސަސާގައި ދާ ރުމާލުން ދިޔަ އައިމަ އޭގެން ފައިބާ ތިކި ތަކެއް ފަދަ ބައެއް

 4. ތެދުބަސް

  ޑިއުޓީ ނޮކޮށް ދެފައި ދަމާލައިގެން ފިނުކޮޓަރީގަ އަޗާ ތަޅާފައި ކޮފީބޯން ތިބޭބަޔަކަށް އިހުސާސް ނުކުރެވޭނެ ދަންވަރު ޑިއުޓީގަ އުޅުމަކީ ކިހާބުރަ ކަމެއްކަން.ފަހަރެއްގައި ވެސނުބުނަން އެމީހުން އެކުރީ ރަގަޅު ކަމެކޭ.ނަމަވެސް ހާލަތެއް ދިމާވުމަކީ އެކަށީގެން ވާނެކަމެއް.މިކަހަލަ ކަންތަން ދިމާވާނީވެސް މިކަހަލަ މާހައުލެއްގައި މަސައްކަތް ކުރާ ބަޔަކަށް.މީދެން ބޮޑުވަރުދޯ ބައެއްގެ އަގުވަށްޓާ ލަންވެސް. ފޯނެއް ލިބުނީމަ ގުއިނުދެކޭ ކާޅެންހެން ނޫޅެބަ.

  13
  3
 5. މާއިނގޭ

  . އެމީހުން ތިބީ ޑިއުޓީގައޭ ހަމަ އެބަކިޔާ. އެމީހުންނަށްވެސް ޑިއުޓީ ވަކި ގަޑިތަކެއް އޮވޭ. ޑިއުޓީ ނިންމާފައި ނިދިޖެހިލީމަ ލޯމަރާލުން އެއީ މައްސަލައެއްނޫން. ވާނުވާ ނޭގޭމީހުން ކޮމެންޓު ނުކުރޭ

  7
  4
 6. ކޮރަކަލި

  އިންސާނުންވީމަ ނިދި ދާނެ މައްސަލައެއްނޫން ބަލަގަ މުރަކަ ތަކުތެރޭ މަވެސް ނިދަމޭ އެކަމަކު މިޔަރު ނައިސް ވާ ގޮތަށް ނައިސް ވެފަ ނުތިބެންޏާ އޯކޭ ދޯ

 7. އިސްތިއުފާ ކިނބޫ

  ތީދެން މި ޤައުމުގެ ވެސް ހާލަތެއްނު، އެހެންވީމަ އޯކޭ،، ކިނބޫ ނިދާފަ، އޮތީ ވަރައްގަދަޔަށް ދައުލަތް ކާލައިގެން، ލާދީނީ އަންނި ދެލޯ ހުޅުވައިގެން ރައްޔިތުން މަގުފުރައްދަން ދުވަނީ، ލައްކަ ރަނގަޅުތާ،،،

 8. ފުލުސްކުއްޖާ

  ބުނެލަން އޮތީ ފުލުހުންނަކީވެސް އިންސާނުންނޭ، ދަންވަރު ޑިއުޓީގަ ތިއްބާ ނިދިޖެހުމަކީ އާންމު ކަމެއް. ގޮތް ކިޔަން ވަރަށް ފަސޭހަވާނެ އެކަމަކު އެމީހަކަށް އިނގޭނީ އެމީހަކު އުފުލާ ވޭނެއް. ޖަޖު ކުރަން ބޭނުން މީހުން ހެސްކިޔާފަ ކުރަންވީ

 9. ނބލ

  ކޮންމެ މުއައްސަސާއެއްގެވެސް ޑިއުޓީކުރާއިރު ވަކި ގަޑިއެއް ލިމިއްޓްކޮށްފައިންނާނެ 24 ގަޑި އިރު ޑިއުޓީގައި ހުރުމަށް މަޖުބޫރު ނުކުރެވޭނެ ތިމާ ޑިއުޓީގައި ހުންނަގަޑިގައި ނިދާއިގެން ނުވާނޭ ނިދިއަންނަންޏާއި އެ މުއައްސަސާގެ ޒިންމާއެއް އެފަދަ މުވައްޒަފުންނަށް ގޮތްތަކެއް ހަމަޖެހިފައި ހުރުމަކީ

 10. ޢިނބަ

  ޢެއީ އެއްވެސް މައްސަލަ އެއް ނޫން

 11. ސަމާލް

  ޝިފްޓް ޑިއުޓީ ހަދާމީހުން ސަމާލުވާންޖެހޭ ކަމެއްމީ، ނައިޓް ޑިއުޓަިއަކީ ނިދުމެއްނޫން، ނިދާފަ އައިސް ހޭލާ ތިބުން، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުންވެސް ތިބެނީ ނިދާފަ، ހީވާކަހަލަ ދުވާލު އެކިކަންކަމުގަ އުޅެފަ ރޭގަނޑު ޑިއުޓީއަށް އައިސް ނިދަންވީއޭ، މިކަމުގެ ޑިސިޕްލިން އެބަޖެހޭ ހުންނަން، ޑިއުޓީއަށް އައުމުގެ ކުރިން އަދި ޑިއުޓީގެ ފަހުގަ ރެސްޓްކުރުން އަދި ނިދުން، ޕޮލިހުންނަކީ ވަރަށް ބުރަކޮށް އުޅޭ ބައެއް، އެކަމުގަ ޝައްކެތްވެސް ނެތް، އެހެންނަމަވެސް ޑިއުޓީގަޑިއަށް ވާންޖެހޭ ތައްޔާރީތައް ވެވޭތޯ ބެލުން މުހިންމު، އެމީހުންގެ އާއިލާ އާއި އަނބިދަރިންގެ ސަޕޯރޓުވެސް މިކަމުގަ ލިބެން މުހިންމު