ފުލުހުންގެ ތަރުޖަމާނު ”ވަގުތު“ އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުގެ ރެޖިސްޓަރ ބޭރުކޮށްލުމުން އަލުން އެ ނިންމުން ބަލައިދިނުމަށް އެދި ހުށަހެޅުމުންވެސް ސިިވިލް ކޯޓުން މައްސަލަ ބޭރުކޮށްލައިފިއެވެ.

އިޒްމިއާ މި މައްސަލާގައި ދައުވާކުރީ ވަގުތުން އޮންލައިންއާ ވަގުތު އޮންލައިންގެ ޗީފް އެޑިޓަރު މުޝައްރަފު ހަސަން އަދި މެނޭޖިން އެޑިޓަރު އާދަމް ނަވާޒުގެ މައްޗަށެވެ. ދައުވާ ކުރީ އިޒްމިއާގެ އަބުރާއި ބެހި ފުރައްސާރަކޮށް ނަފްސާނީ ގޮތުން ތުރާ ކުރަމުންދާތީ އެ އަމަލުތައް ހުއްޓުވައި ދިނުމަށް އެދުމަށާއި އަދި އެ އަމަލުތަކަށް މައާފަށް އެދި އާއްމު ކުރުމަށެވެ. އަދި ފުރައްސާރަކޮށް ކޮށްފައިވާ ކޮމެންޓުތައް ފުހެލުމަށް އެދި ވަގުތުގެ ޗީފް އެޑިޓަރު މުޝައްރަފު ހަސަން އަދި މެނޭޖިން އެޑިޓަރު އާދަމް ނަވާޒުގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އިޒްމިއާ ހުށަހެޅި ދައުވާގައިވެއެވެ.

ނަމަވެސް މި މައްސަލައަކީ އަބުރާ ބެހުމުގެ މައްސަލައަކަށްވާތީ އެފަދަ މައްސަލަތައް ހުށަހަޅަންޖެހޭނީ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުން" އެ ނަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފޯމުން ކަމަށްވާތީ އިޒްމިއާ މީގެކުރިން ހުށަހެޅި މައްސަލަ ކޯޓުން ބަލައެއް ނުގަތެވެ. ނަމަވެސް އިޒްމިއާ ވަނީ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ބަދަލު ކޮށްދިނުމަށް އެދި އަނެއްކާވެސް މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ކޯޓުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައަކީ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުން" އެ ނަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފޯމު ހުށަހެޅުމުން ނޫނީ ބެލޭނެ މައްސަލައެއް ނޫން ކަމަށްބުނެ އިޒްމިއާއަށް ކޯޓުން ޖަވާބު ދީފައިވާނެ ކަމަށެވެ. ނަމަވެސް އިޒްމިއާ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ފޯމުން ކަމަށެވެ.

ސިވިލް ކޯޓުން ބުނީ މުދަލާއި ފައިސާއާ ބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޝަނަށް މައްސަލަ ހުށަހަޅާ ތަފާތު ފަސް ފޯމެއް ކަނޑައަޅާފައިވާ ކަމަށާއި މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަތަކަށް ތިން ފޯމެއް ކަނޑައަޅާފައިވާ ކަމަށާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން އިޒްމިއާ ކޮށްފައިވާ ދައުވާއަކީ އެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފޯމުން ކުރެ ފޯމަކުން ހުށަހަަޅަންޖެހޭ ގޮތަށް އޭގެ ސީޣާ އެކުލެވިގެންވާ ދައުވާއެއް ކަމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ ސޮއިކުރައްވާފައިވާ އެ ނިންމުމުގައި ވިދާޅުވެފައި ވަނީ އިޒްމިއާގެ ފަރާތުން ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން އަލުން ބެލުމުގެ މައްސަލާގައި އެކޯޓުގެ ރަޖިސްޓްރާ ނިންމާފައިވާ ގޮތް އެނޫން ގޮތަކަށް ބެލޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާ ރަޖިސްޓްރާގެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅަބޭ

    އަޅެ މިއަންހެނާ މޮޔަވެގެންތަ ތިއުޅޭނީ؟؟! ކަލޭގެ ރަސްމީ ޒިންމާއަދާނުކޮއް ކޮން ސަކަރާތެއްތަ ތިޖަހަނީ. ލަދުގަނެބަލަ އަންހެނާ....

    57
    3
  2. ބުރުތުގާލް

    ނޫސް ވެރިން ގެ ސަރު ކާރެކޭ ކިޔާ ފޮނި ބައިސާ ކަނޑާފައި އަބުރާ ބެހޭ ގާނޫނަކީވެސް ބޯދާ ޒަމާނަށް ނުފެތޭ އެއްޗެކޭ ކިޔާފައި ޑިމޮކްރަސީ އެލިފައެއް ނޯންނާނޭ ޑިމޮކްރަސީ ބޮލާކީނު ދަޅަކުން ކޯދުލާ އަރާނޭ ގޮވި މީހުންނަށް އަޅެ ފަހެ މިވަނީ ކީއް ވަގުތާ ޖައްސާ ލައިގެން ނެއްޓެން ނޭގި ގެން އުޅެނިީ ޑިމޮކްރަސީގައި ކުރަފި ވައިރަސް އަށަގަތީތަ ފުކެއް ބޮޑުވަރު މިނިވަން ނޫސްވެރިން ދެކެ މިސަރުކާރުން މިވަނީ ގެރި ލޯބި ތޯއްޗެ

    41
    4
  3. Anonymous

    ނޫސް ވެރިން ގެ ސަރު ކާރެކޭ ކިޔާ ފޮނި ބައިސާ ކަނޑާފައި އަބުރާ ބެހޭ ގާނޫނަކީވެސް ބޯދާ ޒަމާނަށް ނުފެތޭ އެއްޗެކޭ ކިޔާފައި ޑިމޮކްރަސީ އެލިފައެއް ނޯންނާނޭ ޑިމޮކްރަސީ ބޮލާކީނު ދަޅަކުން ކޯދުލާ އަރާނޭ ގޮވި މީހުންނަށް އަޅެ ފަހެ މިވަނީ ކީއް ވަގުތާ ޖައްސާ ލައިގެން ނެއްޓެން ނޭގި ގެން އުޅެނިީ ޑިމޮކްރަސީގައި ކުރަފި ވައިރަސް އަށަގަތީތަ ފުކެއް ބޮޑުވަރު މިނިވަން ނޫސްވެރިން ދެކެ މިސަރުކާރުން މިވަނީ ގެރި ލޯބި ތޯއްޗެ

    30
    4
  4. މަރިޔަމް މޫސާ

    އިޒުމިޔާ! މަންޖެ އަމިއްލަޔަކަށް ނޫންތޯ ތިޔަ އަބުރު ނަގާލަނީ؟ ހަމަބިމަށް ފައިބައި ވަޑައިގެންބައްލަވާ! އަންހެނުންނަށް ހުތުރު ނާރުއްވާ! އަބަދަކު ތިޔަ މަގާމަކު ނުހުންނެވޭނެ.

    47
    3
  5. ގެރި

    އިޒްމިއާ އަތުގަ އެއޮތް އެޕަލް ގަޑިން ބުނެދޭނެ އެތެރެޔަށް އަދި ބޭރަށް ނޭވާލާންވީމަ އެކަން ނުކޮށް ހުރީމަ އެހެންދިމާލަކުން ވައިބޭރުވާނެ?

    27
    2
  6. ޕޮލިސްމީހާ

    އަހަރެމެއްގެ ކައްކައް ނުބަލާ ތިތެޅިބާލަނީ ކޮއްކަމަކާ

    23
    2
  7. ސަޓޯ

    ޙައްހައްހާ މި އިޒްމިއާ ޖޯކަރު ތެޅޭ ވައްތަރުން މަމެން ގާތައް ހާދަ ހިނިއާދޭ

    8
    1
  8. ރަސްމާ

    މިތާގަ ކޮމެންޓް މިޖަހަނީ ހުސް ދިވެހި ރައްޔިތުން، ބޭރުގެ ބައެއް ނޫން، ފްރީޑަމް އޮފް އެކްސްޕްރެޝަން ކިޔާ އެއްޗެއް ނޯވޭ ބާ. ފުލުހުން އެމީހުންގެ އަމިއްލަ ޒިންމާ އަދާކުރަންވީނުން ޒާތީނުވެ، އަންނި ދަށު ވިޔަސް ބޮޑުވަރު