22:55

17:56

ދެ ކުދިން ހޯދުމުގެ މަސައްކަތުގައި އާއްމުން ވެސް ދަނީ ބައިވެރިވަމުން

16:39

15:27

14:30

14:12

ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް - ފޮޓޯ: އައްޑޫ ލައިވް

14:11

ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް - ފޮޓޯ: އައްޑޫ ލައިވް

14:10

ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް - ފޮޓޯ: އައްޑޫ ލައިވް

13:37

ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހިތަދޫ ޒުވާނުންގެ ޓީމާއި އެމްއެންޑީއެފް ކޯސްޓްގާޑް ޓީމުން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފި. ކުދިން ގެއްލުނު ހިސާބުން ފެށިގެން ހިތަދޫ ޒިޔާރަތްފަންނާއި މިހާތަނަށް ވަނީ ބަލާފައި. އަދި ސަދަން އޭރިއާގައި އޮންނަ ހެލިކޮޕްޓަރު ވެސް މިވަގުތު އަންނަނީ މި މަސައްކަތުގައި ހަރަކާތްތެރިވަމުން.

13:18

12:07

11:55

11:18

11:01

ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަނީ – ފޮޓޯ: އައްޑޫ ލައިވް
ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަނީ – ފޮޓޯ: އައްޑޫ ލައިވް

10:59

10:44

10:10

10:00

09:59

09:53

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކުދިން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް ތިން ނޯޓިކަލް މޭލުގެ އޭރިއާއެއް ބެލިފައިވާ ކަމަށް. "ވައިގެ މަގުން ހެލިކޮޕްޓަރުގައި ދަނީ ބަލަމުން ހުއްޓުނެއް ނެތި އެމްއެންޑީއެފްގެ ކޯސްޓްގާޑް ލޯންޗެއް ކަނޑު މަގުން ސާފޭސް އޭރިއާ ބެލުމުގެ މަސައްކަތް ދަނީ ކުރަމުން." ކެޕްޓަން އާޒިމް ވިދާޅުވި.

09:19

ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް މެދުނުކެނޑި އަދިވެސް ކުރަމުން އެބަގެންދޭ. ނަމަވެސް އަދި ކުރިއެރުމެއް ނުލިބޭ.

01:20

ހޮނިހިރު ދުވަހު މެންދުރު އައްޑޫ ސިޓީ އިން ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން އަދިވެސް ކުރަމުން އެބަގެންދެއެވެ. ހިތަދޫ ހޮސްޕިޓަލް ކައިރިން ފުއްޓަރު ފަރާތައް މޫދަށް އެރުނު ތިން ކުދިންގެ ތެރެއިން ގެއްލިފައި ވަނީ ހިތަދޫ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ އަލީ ފަހްމީ އާއި އެސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުންދާ މަޔާމިން އަލީ އެވެ.

ތިން ކުދިން މޫދަށް އެރި އުޅެނިކޮށް ބޮޑު ރާޅެއްގައި ތިން ކުދިން އޮޔަށް ދަމައިގަތް މަންޒަރު ފުރަތަމަ ފެނުނީ އަންހެނަކަށެވެ. އޭނާ ރަށުތެރެއަށް ގޮސް މީހުންނަށް ގޮވައިގެން އައި އިރު ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވަނީ އެއް ކުއްޖަކު ސަލާމަތް ކޮށްފައެވެ.

ގެއްލުނު ދެކުދިން ހޯދަން ސިފައިންގެ ހެލިކޮޕްޓަރެއް ވައިގެ މަގުން ހަރަކާތްތެރިވަމުން އަންނައިރު ކަނޑުމަގުން ސިފައިންނާއި އާންމު ރައްޔިތުން ވެސް ދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިރޭ ވެސް މެދު ކެނޑުމެއް ނެތި ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ. ކުދިން ހޯދުމުގެ އޮޕަރޭޝަންގައި މިރޭ ނައިޓް ވިޝަން ޑިވައިސްތައް ބޭނުންކުރާ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ދެކުއްޖަކު ގެއްލިގެން ހޯދަމުން ދާއިރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މިއަދާއި މިރޭ އުދަ އަރަމުން އެބަދެއެވެ. ފުވައްމުލައް، ތ.ގުރައިދޫ، ގދ.މަޑަވެލި، ހޯޑެއްދޫ، ރ.މަޑުއްވަރީ، ތ.ކިނބިދޫ، އއ.މާޅޮސް، ގދ.ނަޑެއްލާ، އދ.ދިއްދޫ، ތ.ގުރައިދޫ، އައްޑޫ ސިޓީ މަރަދޫފޭދޫ، ލ.ކުނަހަންދޫ އަށް އުދަ އެރިކަމުގެ ރިޕޯޓް މިހައިތަނަށް ވަނީ ލިބިފައެވެ.

އުދަ އެރުމުގެ ސަބަބުން ގިނަ ރަށްރަށުގެ ވަރަށް ގިނަ ގެތަކަށް ވަނީ ލޮނު ވަދެފައެވެ. އުދަ އަރަމުންދާ ރަށްރަށުން ފެން ހިއްކުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ?
  2. ހީވަނީ

    އުދަ އަރާނެކަންވެސް ބުނަން މިމީހުނަށް އެނގެނީ އެ އަރާ ގެއްލުންތަށް ވީމަ..އެކަމު ސިޔާސީ ކަމެއް ނަމަ މާ ކުރިން އެކަމެއް އެނގި ފިޔަވަޅުވެސް އެޅޭ...އަޖައިބެއް!

    • ކިސްމާ

      ބަަލަ މޮޔަަކުޔާ!!! މީހުން މަރުވާނެ ގަޑި އެއް ކަލޭ އަށް އިނގޭތަ....؟ ބަލަ ބައްހާލަތްތަކުގައި ޤުގުރަތީ ކަންތައްތައް ނޭނގިދާނެ!!

    • ގައުމު

      ބުަނަންތަ ވާހަކައެއް. ކަލޭ ތީ ދިވެއްސެއް ދޯ. ޢެހެންވީމަ ތިފަދަ ތާކުންތާކު ނުޖެހެވާހަކަ ތިދައްކަނީ. ކަލޭ ތީ ގުދުރަތީ ގޮތުން ދިމަވާ ކަންކަމާ ކަލޭމެންގެ ރީނދޫ ބަގަ މުރާ ކަންކަމާ އެއްފަދަ ކުރަނީ. ގުދުރަތީ ގޮތުން ދިމާވާ ކަންކަން ދުރާލާ އަންދާޒާ ކުރެވޭނީ. ކަލޭމެންބަގަ ކުރިބަިއގަ ބުނާނެ ތާރީޚައި އެކަމެއް އޮންނަ ތަނާއި ވާންވޯ ގޮތް. ޢެހެންވީމަ ކަމާބެހޭ ފަރާތްތަކަށް ވަރަށް ފަސޭހަވާނެ ފިަޔަވަޅު އަޅަން.

    • ވަކަރުބެ

      ތިކހަލަ ދެބޯބުރާންތިން މިގައުމުގަި އުޅޭތީ ގައުމު ކުރިއަށް ނުގޮސްގެން މިއުޅެނީ.... އުދައެރުމަކީ ގުދުރަތީ ކާރިސާއެއް އުދަނ އަރަންވެގެން އެކަމުގެ ހަބަރެއް ނުލިބޭނެ ކޮއެފުޅާ...ހާދަ ބޯގަޅި ބީތާއެކޭ ތީ ހިތާމަހުރި

    • މަ

      ހާދަ މޮޔަ މީހާ ގަނޑެކޭ .. ކާންޓް އީވެން އިމޭޖިން ދެއަރ އަރ ޕީޕަލް ވިތް ދިސް މަޗް އަންސިވިލައިޒްޑް އެންޑް ސްޓުޕިޑް ސްޓިލް އެގްޒިސްޓްސް. ޕސޕސޕސޕސޕސ

  3. ކީއްވެތޭ

    އައްޑޫން ދެކުދިން މޫދަށް އެރި އުޅެނި ކޮށް ގެއްލިގެން ހޯދުން ދެ ލޯންޗެއް އެކްސިޑެންޓް ވެ މީހުން މަރުވުން ކުންނާރެއް ކުޑަ ކުއްޖެއްގެ ކަރުތެރޭގައި ތާށިވެގެން މަރުވުން މިކަން ކަން ހިނގާފައި މިވަނީ އެއީ ކީއްވެތޯ ސަރުކާރުގެ ކަމާއި ބެހޭ ފަރާތް ތަކުން ބަލާ ދިރާސާ ކުރަން އެބަޖެހެއެވެ. މީ މިހަފްތާ ފެށުނު އިރު ދިމާވި ހިތާމަވެރި އިންސިޑެންޓްސް ތަކަކީ އަދި އެކްސިޑެންޓްސް ތަކަކީ ވެސް. މިކަމުގައި ފަރުވާ ކުޑަ ވުން އަދި އިހްމާލު ވުން އެބައި އެބައޮތްތޯ އެއީ ބަލާ ވިސްނާ ފިކުރު ކުރަން ޖެހޭނެ ކަމެކޭ. މިކަން މިހާ ތަނުން ނިންމާލާނަމަ ދެން ކުރިމަގުގައި މިއަށް ވުރެން ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާ ތައް ހިނގާނެއެވެ. ކުއްޔަށް ދޭ ކޮން ލޯންޗެއްގައި ތޭ ލައިފް ޖެކެޓް އަޅުވާފައި ޕަސެންޖަރުން ބައިތިއްބަނީ. އެންމެ ލޯންޗެއް ވެސް ނުހުރޭ އެހެން އަދި އެކަން ނުކުރޭ ދޯ.

  4. ދަކަންޓްރީސައިޑް

    ބިޔަ ރާޅުތަކުގެ ތެރެއިން ކުއްޖާ ސަލާމަތްކުރީ ހާއްސައެހީއަށް ބޭނުންވާ މީހަކަށްވާއިރު އެމީހާ އަށް ތައްރީފު އޮހެމުން ދާއިރު ތިޔާ ސްކޫލް ކުދިން ތަކެއް އެއްވެސް މީހެއްގެ އެންގުމަކާއި ނުލައި މޫދަށް ރާޅުތަކުގެ ތެރެއަށް ދިޔަ މައްސަލަ ކުށްވެރިކޮށް އެކަކު ވެސް އެއްޗެކޭ ނުބުނަނީ އެއީ ކީއްވެތޭ އެއީ މަމެންގެ ހިތުގައި އުފެދޭ ސުވާލަކީ. ފުރަތަމަ ކަމަކީ ތިޔާ އިންސިޑެންޓް އެއީ ކަންކަން ސިސްޓަމެޓިކް ކޮށް ކުރާ ސޮސައިޓީ އެއްގައި ހިނގާނެ ކަމެއް ނޫނެވެ. އައްޑޫގައި އިންތިހާ އަށް އެކްސިޑެންޓް ގިނަ އަދި ނޮން ސިސްޓަމެޓިކް ކޮށް ކަންކަން ކޮށްގެން މަރުވާ މީހުންގެ އަދަދު އިންތިހާ އަށް ގިނަ މިކަން ކަން އެބަޖެހޭ ބަލާ ދިރާސާ ކުރަން އަދި އެމެން ހޭލުން ތެރި ކުރަން.

  5. ދަރާއްޖެތެރެ

    ދަ ރާއްޖެތެރޭގައި އެމެންގެ އިހްމާލުން ކަމެއް ހިނގާއިރު ހުރިހާ ދަ ރާއްޖެތެރެއަންސް ސޯޝަލް މީޑިއާގައި ޕްރޮފެގެންޑާ ފަތުރައިގެން އެކަން އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ސްޓޯރީ ޓްވިސްޓް ކުރާނެއެވެ. އެމަގުން މިހާރު މިދަނީ އިއްޔެ މޫދަށް ދިޔަ ކުދިން ތަކުގެ ތެރެއިން އެއް ކުއްޖަކު ސަލާމަތް ކުރި މީހާ އަށް ތައްރީފް ކުރަމުން. މީގެ ބޭނުމަކީ އެއީ އައްޑޫގައި ހިނގި ކަމަކަށް ވެފައި އަދި އެމެންގެ އިހްމާލް އަދި އައްޑޫ ސިޓީ ކައުންސިލްގެ އިހްމާލް އަދި އައްޑޫ ސްކޫލް ކުދިންގެ ފުޓް ބޯޅަ މުބާރާތް އޮގަނައިޒް ކުރާ ސްކޫލް ގެ އިހްމާލް އާއި ފަރުވާ ކުޑަ ކަން މީގައި ހިމެނޭ ކަން ފޮރުވުމަށެވެ. މައްސަލައިގެ އަސްލަށް ބަލާނަމަ އައްޑޫ ފުޓް ބޯޅަ މުބާރާތް އިންތިޒާމް ކުރާ ސްކޫލް ފަރުވާ ކުޑަ ވެފައި ގަމާރީ އެވެ. ދެން ކުދިންގެ މައިންބަފައިންގެ އިހްމާލް ވަރަށް ބޮޑެވެ. މިކަން ކަމުގެ ވާހަކަ ވެސް ޖެހޭނެ ދައްކަން ކުއްޖާ ސަލާމަތް ކުރި ޚާއްސަ އެހީ އަށް ބޭނުންވާ މީހާ އަށް ތައްރީފް ކުރާ އުސޫލުން. ދަ ރާއްޖެތެރޭގެ ކަމެއް އެމެން ރަށުގައި އަނބިމީހާ އަށް ކުރާ ޖިންސީ ގޯނާ ވެސް ސިއްރު ކުރުން އަދި ގެވެށި އަނިޔާ ވެސް ސިއްރު ކުރުން ރަށުގައި ކުރާ ވައްކަން ތައް ވެސް ސިއްރު ކުރުން. އެކަން ކަން އެއީ ސިއްރު ކުރަން ޖެހޭނެ ކަންކަމެއް ނޫނެވެ.

    • ޢިސާ

      ޢައި އާމް ސޯ ވޮރިޑް.. ޕްލީޒް ފައިންޑް ބޯތް...
      މިކަހަލަ ވަގުތެއްގަ ދައްކަން ޖެހޭ ކަހަލަ ވާހަކަ ދައްކާ... ރަގަޅު ވަގުތުގަ އެ ވާހަކަ ދައްކާ... މީގެތެރެއައް ސިޔާސީ ނުވައްދާ ޕްލީޒް