ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމާ އެގޮތަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ދޫކޮށްލަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ޔޫއެން ވޯކިން ގްރޫޕުން ނިންމި ނިންމުމާއި އެގޮތަށް އިމުރާން ދޫކޮށްލަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

"ޔޫއެންގެ ރިޕޯޓަށް އަމަލު ނުކުރަން ސަރުކާރުން ދައްކަން ޖެހޭ އެއްވެސް އުޒުރެއް ނެތް. މުޅި ދުނިޔެއިން މިވަނީ ސަރުކާރަަށް ފިއްތުންތައް ކުރިމަތިވެފައި" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ އިމްރާން މިނިވަން ވެއްޖެ ކަމަށް މި މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ކަނޑައެޅި ފަހުން ވަކީލުންނަށް ވެސް އޭނާ އާއި ބައްދަލު ނުކުރެވޭ ކަމަށާއި އޭނާ ހުންނެވި ހާލުކޮޅެއް ވެސް ނޭނގޭ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާކޮށް ޝައިޚް އިމްރާން ޖަލަށް ލާފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށް ވޯކިންގ ގުރޫޕުން ކަނޑައެޅި އިރު ޝައިޚް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއްކޮށް ޖަލަށް ލާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީން އިސްވެ އޮވެ ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާއާއި ގުޅިގެންނެވެ.

އިމްރާން ވަގުތުން ދޫކޮށްލައި އޭނާއަށް ބަދަލު ދިނުމަށް ރިޕޯޓުގައި ގޮވާލާފައި ވެއެވެ.

2015 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީން އިސްވެ އޮވެ ކުރި މުޒާހަރާގައި ހިނގާ ދިޔަ ކަންތައްތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކަނޑައަޅާ ޝައިޚް އިމްރާންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންސާނާ

    ކަލޯ ވޯކިން ގްރޫޕުން ކަލޯ ދެފަރާތުގަ ތިޔަތިބި ދެމީހުންނާ ބެހިލާށެ ބުނެފިނަމަ އެކަން ކުރާނަންތަ

  2. ޙަނީފް

    މީކޮންތާކުން ފާޅުވެގެން އުޅޭ ތަނެއް ދޮރެްްނުދަންނަ ބައިގަޑެއްތަ ޖަސްޓިސް ގެ މަތިވެރި ނަން ބޭނުންކޮށްގެން.
    ބަލަ ވާރކިންގ ގްރޫޕް ބަލަހައްޓާ ދައުލަތަށް ހިޖުރަ ކުރޭ ނޫނީ މި ގައުމުގެ ގާނޫނު ތަކަށް ތަބާވޭ! ނޫނީ ހަދަންވީ ގޮތެއް ބުނޭ.

  3. ފާއިޒް

    ވޯކިންގ ގްރޫޕުން ނިންމާފިއްޔާ ރައްޔިތުންގެ ވޯޓަކާ ނުލާ ވެރިކަންވެސް ލިބޭނެ.... އެމީހުން ނަކަށް ނޫން އިނގޭނި ދޫކޮށްލަން ވީމަ...

  4. އަހުމަދު

    ކޮންވޯކިންގުރޫޕެއް ނުޖެހޭނެދޫކޮއްލަން

  5. މުޙަންމަދު

    ކަލޭމެން ބުނާހާގޮތެއް ހަދާނެ ކަމަށްތަ ތި ހީކޮށްގެންތިބީ .ހަނދާން ނައްތާލާ!

  6. އާމިނަތު ޢުޘްމާނު / މަކުނުދޫ

    އާދޭސްކޮށްފަ ބުނަން އަނާރަ ތިޔަ ބައިގަނޑުގެތެރެއިން ނުކުންނަވާ! އަޅުގަނޑުމެން އަނާރާ ހޮވީ ޕީޕީއެމް އެދިގެން! ނޫންނަމަ 40 ވޯޓްވެސް ނުލިބުނީސް!