މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރުން މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު ހެނދުނު 9:45 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މާރާމާރީ ހިންގާފައިވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރާ އިންޑިއާ ޑޮކްޓަރަކާއި ނޭޕާލް ޑޮކްޓަރަކާ ދެމެދު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މާރާމާރީގައި ދެ ޑޮކްޓަރުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. މާރާމާރީ ހިންގާފައިވަނީ އޮޕަރޭޝަން ތިއޭޓަރަށް ބަލިމީހަކު ވައްދާފައި އޮއްވަ އެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށެވެ. އެކަމާ ގުޅޭ އިތުތު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން މުލީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ނާފިޒް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާތީ، އެކަމާ ގުޅޭގޮތުން މިވަގުތު އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަނދިރި އަނިދިރިން

    ބަލިމީހާ ބާއްވާފަ ދެޑޮކްޓަރުން އަމިއްލަޔަށް އޮޕަރޭޝަންކޮށް ނިންމާލީ..ރަގަޅަށް ވިއްޔާ ތިވާނީ ބަލިމީހާއަށް ކޮއްމެވެސް އިހާނެތިކަމެކުރަން އިންޑިޔާ ޑޮކްޓަރު އުޅުނީމަ ނޭޕާލު ޑޮކްޓަރު ހުރަސްއަޅާނީ..އިންޑިޔާގެ ރޯ އެޖެންޓުން ޑޮކްޓަރުންނަވެސް ތިބޭނީ މިގައުމުގަ..

    144
    8
    • Anonymous

      އެމްޑިޕީ ވެރިކަމަށް އައިފަހުން އިންޑިއާ މީހުން ސައިޒު އޮޅިއްޖެ. ވަރަށް ގަދަ ކޮއްލާފައި އުޅެނީ ކޮންމެ ދިމާލަޖުންވެސް

      52
      3
      • ޅިއތަި

        މާރުކޭޓް ހުރިހާ ތަރުކާރީ ފިހާރަ އެއްގެ ސޭޓުންނައް އިންޑިއާ ގުންޑާއިން. ސިފައިންނާއި ފުލުހުން ތިބެނީ ތަޅުލާފަ ހުންނަ ދޮރު ވައްޓާ އެއްޗިސް ހިފަގެން ގަދަވެފަ. ދޮރުހުޅުވާގެން ގާނޫނާއި ހިލާފް ކަންތައް ކުރާއިރު ނުފެންނަ ބަޔަކައް ގޮސް ދޮރުހުޅުވާގެން ކޮންކަމެއް ވާނީ ލަލަލަަލަލ

        25
        1
  2. ޑޮކްޓަރު އެމްބީބީ

    މި 2 މީހުން ގެ ޔޫރިންގ ޓެސްޓެއް ހެ ދުމަށްފަހު މައްސަލަ ބަލަން ޖެހޭ

    90
    3
  3. ޒާ

    ކިހާ ބޮޑު މުސީބާތެއް. ކޮންކަހަލަ ޑަކްޓަރުންނެއްތަތީ؟ ދުވަހަކުވެސް ރާއްޖެ ނޭރޭގޮތަށް އަދި މީޑިއާގައިވެސް ނުބައި ރިޕޯޓަކާއެކު ބޭރުކޮށްލާ.

    87
    1
  4. އަލިބެއްޔާ

    އިންޑިއާ މީހެއްގެ މައްސަލަ ބަލާކަން މި ޤައުމުގަ ތަނެއް ނުދޭ.. އެމީހުންގެ އަމިއްލަ ތަނެއް މީ..

    96
    3
  5. ހުސޭނުބޭ

    ތިވާނީ ފަޅަންޖެހޭ ޑަކްޓަރާ އެދުމަތިކުރެވޭ ޑަކްޓަރ ކަނޑައެޅުމުގައި ކުޑަ ޚިލާފެއް އުފެދުނީކަމަށް!

    48
    3
  6. ކަރީމް

    2ޑރ ނެއް ނޫން 3 ޑރ މިކަމުގައި ހިމެނޭ.. ކުޑަކުދިންގެ ޑރ އަދި ހޭނައްތާ ޑރ 2 މީހުން ވެގެން އޮޕަރޭޝަން ޑރ ގައިގައި ތަޅައި ގަތީ..

    30
    1
  7. ތަޚާނުގެ ޢަލިދީދީ.

    އިންޑިޔާމީހުންގެ ކަންތައް ހަމަ ބޮޑީ.

    60
    2
  8. އަލީ

    ނޭޕާލް ޑޮކްޓަރަށް އޮތީ ކުޑަގޮލި ނުވަތަ ގައުމަށް އެއްވެސް އިނާޔަތެއް ދިއުމުގެ ޓިކެޓެއްނުދީ ފޮނުވާލުމެވެ.

    30
    5
  9. އަހްމަދު

    ފުރަތަމަ ހަމަލަދޭނީ އިންޑިޔާ މީހާކަން ޔަގީން.

    48
    1
  10. މާޅަވެލި

    ނޭޕާލު ޑޮކްޓަރުން ގޯސް ހެދީ

    1
    29
  11. ކާފޫރު ތޮޅި އަލިބޭ

    މަގާތު ގޯތި އަހައްމަ ދު ބުނީ އެމީހުން ރެސްލިން ކިޔާ އެއްޗެކޯ ކުޅުނީ ؟

    18
    1
  12. ޑިމަރޮކުސީޔޯ

    ރަށުން ބޭރުކުރޭ!

    16
    2
  13. ލީލާ

    ތިއީ އިންޑިޔާ އެމްބަސީގައި އުޅޭ ދިވެހި ދަންނަ މީހާކަން ޔަޤީން!
    ފުރަތަމަ ގޯސްހެދީ އިންޑިޔާ މީހާ.. އޭނަ ފުއްޕާފާޕަ މަމީ އިންޑިޔަން އެކޭ ކިޔާފާ މާރާމާރީ ހިންގީ..

    19
  14. މުލީ މީހާ

    ލަދުން ބޯހަލާކު. އަތޮޅަށް ވެސް ބަދުނާމް ވީ މި.

  15. ސީރިޔަސް

    ހަމަ މިހާރު ޑިޕޯޓް!!!!!

    11
    1
  16. ޢަމަަން ހަލީމް

    މި ދެމީހުންގެ ޔުރިން ޓެސްޓެއް ހަދައިގެން ނަމަވެސް މައްސަލަ ބަލަން ޖެހިއްޖެ !
    ???

  17. އަހުމަދު

    މަމީ އެދުވަހު ޑިއުޓީގަ ހުރި މީހެހް. އެ ނޭޕާލް ޑޮކްޓަރުގެ އެކަހަލަ ބައިވަރު މައްސަލަތަކެއް ބަލަމުން ދަނިކޮށް މިކަމެއް ހިނގީ. އޭނަ ހީވާނީ ހަމައިން ކެނޑިގެން އުޅޭ މީހެއްއްހެން. ފައިޓެއް ނޫނީ ޒުވާބެއް ނުކުރާ ދުވަހެއް ނުދެޔޭ ބުންޏަސް ހެޔޮވާނެ. އެދުވަހު އޭނަ ސްޓެރައިލް ނުވެ އޮޕަރޭޝަން ތިޔޭޓަރަށް ވަނީމަ ސާރޖަން އަކަށް ހުރި އިންޑިޔާ ޑޮކްޓަރ ރީތިކޮށް ބުނީ ވެސް، ހަޑިކޮށް ހުރެ ނުވަންނާށޭ. ނޭޕާލު ކުޑަކުދިންގެ ޑޮކްޓަރ އިންޑިޔާ ޑޮކްޓަރގެ މައިންބަފައިނާ އަޅުވާ އަދި ގައުމޭ ކިޔާފަ ވަރަށް ހުތުރު ބަހުން ހަޅޭއްލަވާފަ އައިސް ގަޔަށްބޮލައް އަރައިގަތީ. އެހިސާބުން އިންޑިޔާ ޑޮކްޓަރ ވެސް ތެޅީ. ސިޔާސީ ވިޔަސް ދޮގުނުހަދާ.

    5
    1