ބާރުތައް ހަވާލު ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުސަތު ނުދީ ވެރިކަމަށް އަންނަ މީހަކު ހުރިހާ ބާރުތަކެއް އެއްކޮށްގެން ކުރިއަށް މިގެންދާ ގެންދިއުމަކީ ފެހި ޤާނޫނު އަސާސީގައިވެސް އެކަން އޮންނަ ގޮތެއް ނޫން ކަމަށާއި، އަދި އެއީ ޑިމޮކްރެސީއެއްވެސް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

މ.ކުނޫޒްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރިޔާޒު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައިވެސް އޮތީ ތިން ބާރު ވަކިވެފައި ކަމަށެވެ. އަދި ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގައި ބާރުތައް ހަވާލު ކުރެވިފައިތިބި ފަރާތްތަކަށް އެ ފުރުސަތު ދީގެން ވެރިކަން ކުރުމުގެ ޤާބިލްކަން ހުންނާންޖެހޭ ކަމަށެވެ.

"ހުރި ބައެއް ރަނގަޅު ކަންތައްތަކުގެ ތެރެއިން ބައެއް މީހުން އޭގެ ނާޖާއިޒު ފައިދާއެއްގެ ގޮތުގައި އެކަން ކުރި ނަމަވެސް ރާއްޖޭގެ ޤާނޫނޫ އަސާސީގައި އޮތީ ތިންބާރު ވަކިވެފަ. އެހެންވީމަ އެއްވެސް ވެރިޔަކު ވެރިކަމަށް އައިސްފަ އެ ބާރުތައް ހަވާލު ކުރެވިފައިތިބި ފަރާތްތަކަށް އެ ފުރުސަތު ދެނީ ހުރިހާ ބާރުތަކެއް އެއްކޮށްގެން މި ކުރިއަށް ގެންދާ ގެންދިއުމަކީ ޑިމޮކްރެސީގަ، އަޅުގަނޑުމެން މިދެކޭ ފެހި ޤާނޫނު އަސާސީގަ މިކަން އޮތް ގޮތެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ކޮށްދެއްވި ޚިދުމަތްތަކަށް އަލިއަޅުވާލާ ރިޔާޒު ވިދާޅުވީ ޤައުމާއި ދީނަށްޓަކައި އެމަނިކުފާނު ކޮށްދެއްވި ޚިދުމަތުގެ ވާހަކަ ދައްކަން ފަށައިފިނަމަ ނުނިމޭނެ ކަމަށެވެ. އެގޮތުން ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގެެވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ޤާސިމް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް މަޢުމޫންގެ ވެރިކަމުގައި ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާންޖެހޭ ކަމަށާއި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެ އެންމެ ބޮޑަށް ވަކާލާތު ކުރެއްވީވެސް ޤާސިމް އިބްރާޙީމް ކަމަށެވެ.

"ދީނާއި ޤައުމަށްޓަކައި ޤާސިމް ކޮށްދެއްވި ޚިދުމަތުގެ ވާހަކަ ދައްކާ ކޮޅަކުން ނުލާނެ. ޤާސިމް އިބްރާޙީމް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓި ތަކާއި މި ޑިމޮކްރެސީ މިތަނަށް ގެންނަން ޖެހޭނެ ކަމާ އެކަކު މުށުތެރޭގައި ހުރިހާ ބާރުތަކެއް އޮންނަން ނުޖެހޭނެ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީ ޤާސިމް އިބްރާޙީމް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މިނިވަން ފިކުރުގެ 13 މެމްބަރުން ހިމެނުނު ޤާނޫނު ހަދާ މަޖިލީގެ ތެރެއިން ގެންނަން ބޭނުންވާ ގޮތަށް ޤައުމަށް ޑިމޮކްރެސީ ގެނެވުނީވެސް ޤާސިމް އިބްރާޙިމް ރިޔާސަތުގައި އިންނަވައިގެން ކުރެއްވި ބުރަ މަސައްކަތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ވަށަފަރުކޮޅު އުނބަށް ޖެހީ ދޯ

    2
    1
  2. އަސްލު

    ތެދެކޭ ރިޔާޒު އެބުނީ ވަރަށް ބޮޑުތެދެއް ކޮންމެމީހަކު ބުއްޏަސް ތެދެއްވާނީ ތެދަކަށްތާ!

  3. ހަލާކު

    ފެހިގާނޫނުގައި އޮތަސް ރީނދޫގާނޫނުގައި އޮތްގޮތައް އިބޫކަންތަ އްކުރާނީ އެބައިގަނޑާ ވެރިކަން ހަވާލުކުރީ އެކަން ނޭނގި ތިބެއެ އްނޫނެއްނު ދެންކޮން ފެގާނޫނޭ ރަތްގާނޫނޭ ހުދުގާނޫ ކިޔާކަށްތަ،

  4. ފިރައްޓޭ

    އަދިކިރިޔާތައެނގުނީ ޚޮދުމުޚުތާރު ވެރިކަމެއްކަން އެހެންތާވާނީ މަށައްނުދީ އެހެން މީހަކައްވިޔައެދިނީ ކަލޭމެން ލަދުގަންނަންޖެހޭނެ ދީނާ ޤައުމިއްޔަތޭ ކިޔަން ޤައުމައް ޑިމޮކުރަސީގެންނަން މަސައްކަތްކުރީއްޔާ މިޤައުމުހަލާކު ކުރަން އެންމެބޮޑައް މަސައްކަތްކޮއް ދިވެހިންގެ ތަރައްޤީ ހަލާކުކުރާމީހަކީވެސް ހަމަތިމީހާ އެވާހަކަވެސް ބުނީމަ ދައްކާވާހަކަ ދެކޮޅުޖެހޭނީ

  5. އަހްމަދު

    ކޮންހާއަންގައެއްތަޅާކައް އަވަހައްޖަލައްގެންދަނވީ.