އިޓަލީން ރާއްޖެ އައި ދިވެއްސަކު ކަރަންޓީންކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ، މިއަދު އިޓަލީން ރާއްޖެއަށް ދަތުރު ކުރި ދިވެއްސެއް ކޮވިޑް-19 އަށް މޮނިޓަރ ކުރުމަށް އެކަހަރިކޮށް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޓަލީގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުންނެވެ.

އެގޮތުން ރޭ 10 ޖެހުމާއި ހަމައަށް 3089 މީހަކު ވަނީ އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 295ގެ ހާލު ސީރިއަސް އެވެ. އަދި ރެެއާއި ހަމައަށް ކޮވިޑް-19 ޖެހިގެން 107 މީހަކު ވަނީ މަރުވެފައެވެ.

އިޓަލީން ގިނަ ގައުމުތަކަށް ދަނީ މި ބަލި ފެތުރެމުންނެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށެވެ.

މިހާތަަނަށް ރާއްޖެއިން ކޮވިޑް-19 ނުފެނުނު ކަމުގައިވިޔަސް، ރާއްޖެ އަށް ދަތުރު ކޮށްފައިވާ ދެ މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޗިލީއަށް ނިސްބަތްވާ ދެ މީހެކެވެ.

ކެވިޑް-19 އަށް މިހާރު ޕޮޒިޓިވް ވެފައިވާ ދެމީހުން ރާއްޖެ އަށް އައި ތާރީޚެއް ޗިލީ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ޗިލީ ސަރުކާރުން ބުނީ، އެމީހުން ފާއިތުވި އެއްމަސް ދުވަސް ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

މި ދެމީހުން ވަނީ މަސް ދުވަސް ތެރޭގައި ސިންގަޕޫރް، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ރާއްޖެއަށާއި، ސްޕެއިނަށް ދަތުރުކޮށްފައެވެ.

ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ ގިނަ ގައުމުތަކަކުން މިހާރު ވަނީ ވައިރަސް ފެނިފައެވެ. އޭގެ ތެރޭގައި ހިމެނޭ ޗައިނާއަކީ ރާއްޖެއިން އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީވެސް ޗައިނާގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮރަކަލި

    ބުއްޅަބޭގެ އެސްފިއްނާ ޖެހުނީ ދޯ

    28
  2. ތިރިނާާކޮޅު

    އޭ މޯދީ މެންގެ ރަށުގަވެސް އެބައޮތެވެ އެތަނުން އަންނަ މީހުންވެސް ކަރަންޓީނު ކޮށްބަލަ

    30
  3. އހ

    މީ ބުހުތާނު ދޮގު

    6
    15
  4. ކުޑަކަލޯ

    އާއްމު ސިއްހާތު ގަދަގައުމު ތަކަށް ވައިރަސް އެތެރެވިޔަސް ފެތުރުން ހުއްޓޭނެ! ސިންގަޕޫރަށް ކިތަށް ކޭސް ޗައިނާއިން އެތެރެވިތޯ! ސިންގަޕޯރ ބަލީގެ ސަވެލެންސް ވެސް އެހާވަރުގަދަ! ޢެހެންތޯ މިތަން މިއޮތީ! ޙިގާފައިދަމުން ކަރުކެހިފައި ކުޅުޖަހާފާނެ ފަހަތުން އަންނަމީހާ ގަޔަށް!

    32
  5. ޢލަި

    ކޮވިޑް 19. އެޖެންޑާ19. މީހައްތަހާވެސް ނުރައްކާތެރި ބަލި ސަމާލުވޭ

    37
    1
  6. ކޮރޯނާ

    ހެޔޮނުވާނެ ކަލޭމެން ދަތުރުފަތުރު ނުކޮށްބަލަ.... ދިވެހިންވެސް ދެން މި އުޅޭ ބޭރު އެއްޗެއްހިންނަށް ކޮންއިރަކުންބާ ވިސްނޭނީ.... މޮޅުކަން ލާރި އޮތްކަން އެހެންދުވަހަކުން އަހަރުންނައް ދައްކާ.....ތިއްތި ދެއްކެން ދެން މަށައް އިޓަލީއައްދެވޭކަން އަނގަން!!!!!-

    24
    2
    • ޟަރޫ

      އިޓަލީގަ ކިޔަވަން ހުރި ކުއްޖަކަށްވެސް ވެދާނެ ދޯ ހަމަ؟ ލާރި ހުރިކަން ދައްކަން އެކަނި ތަ މީހުން ދަތުރު ކުރަނީ

      30
      2
  7. ސަންސިއްޔާ

    ތިޔަމީހަކުތަ ހުޅުމާލެއިން ދެންމެ އެގެންދިއައީ؟؟ ކީއްވެ އެއަރޕޯޓުން ފެށިގެން ކަރަންޓީނު ނުކުރެވެންވީ؟؟ ދެން ބުނޭ އޭނަ އެއްވެސް މީހަކަ ކޮންޓެކްޓެއް ނުވެއޭ. އިޓަލީން ސީދާ އޭނާގެ ކޮޓަރިއަށޭ. އޭނަ ޓެލެޕޯޓްތަވީ؟؟

    32
    1
  8. Anonymous

    އިޓަލީން އާ ކުއްޖަކު ހެލްތާ ޕޮލިސް ގުޅިގެން ޖަހައިގަނެގެން ފިލައިފި އެވެ

    6
    1
  9. Anonymous

    ޙުރި ތަނެއްގަ ހުރީމަ ނިމުނީ،

  10. ރިސޯޓް ބޯއީ

    އިޓަލީން މިގަ އުމަ އް ދުވާލެކު އެތަ އް ސަތޭކަ ފަތުރުވެރިން އާދޭ. މިމީހުން ކަރަން ޓިނު ނުކުރަނީ ކީ އއްވެ.؟ އަހަރުން ރިސޯޓް ބޯ އިން މަރަންތަ؟