މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލެސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އަށް މާލެސިޓީގެ ރައްޔިތުން ދެއްވާ ވޯޓާއެކީގައި މާލޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ބޯހިޔާވަހިކަން ޔަގީންވެގެން ދާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އަލްހާން އަންނަނީ އޭނާގެ ސިޔާސަތުތައް އާއްމު ކުރައްވަމުންނެވެ. އެގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ކައުންސިލް އިންތިހާބުގައި މާލެއަށް ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓު ކަމަށެވެ.

"ވެރިކަންކުރަން ހަވާލުކުރަން ވާނީ މިނިވަނުންނާ. އެކަން މިއަދުގެ ދިވެހި ވެރިކަމުން ސާފު ފަތިހަކަށް އެހެރަގެން އަލިވިލެނީ. ތަފާތު ދައްކާަނަން،" އަލްހާން ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީންނާއި އެމްއާރްއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް އެއްވެސް ބެފުޅަކު ވާދައެއް ނުކުރައްވައެވެ. އެހެންކަމުން އަލްހާން ވަނީ އެ ދެ ޕާޓީގެ އާއްމު މެންބަރުންގެ ތާއީދު އޭނާއަށް ދިނުމަށް އެދިލައްވާފައެވެ.

އަލްހާން ވިދާޅުވާ ގޮތުގައި މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެގޮތުން މާލެސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އޭނާގެ މޭޔަރުކަމެއްގައި އެންމެ ކުޑަ އުޖޫރައަކީ މަހަކު 10،000 ރުފިޔާ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާނާއި އެކު މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ދެ ބޭފުޅެކެވެ. އެއީ ކުޜިގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނު ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގެައެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އަނަސް އަބްދުއްސައްތާރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މާމިގިލީ މީހާ

  ކަލޭތީ ބޮޓެއް. ދެފުއްކެހެރި އެއް. ކަލޭގެ ގޮތް ނޭގޭ މީހަކު މިރާއްޖެއަކު ނެތް. އެކަކުވެސް ކަލޭއަކައް ވޯޓެއް ނުދޭނެ. ގުރައިދޫ ހާއްސަ އެހީޔައް ބޭނުންވާ މަރުކަޒުގެ މީހުން ވެސް ކަލޭއަކަށް ވޯޓެއް ނުދޭނެ.

  47
  1
 2. މީކާނު

  އަލުހާނު އެވިދާޅުވީ ތެދުވާހަކައެއް. މާތްﷲ ގެ އިރާދަފުޅާއެކު އެކަން ކުރެވޭނެ.

  3
  30
 3. ޫެުހދހދހ

  ކަލޭ heekurii rayyithunnakii moyain kamah. ކަލޭ tikurimathilanii gaumuge verikamah ނަމަ thivaahaka kommeves bayaku gabool kurees .

  13
 4. ކަލޯ

  ކަލޯ ކޮންތާކުން ނެރިގެން ގެދޮރު ދެނީ.. ވެރިމީހާއަށް ނުވެގެން އުޅޭއިރު..

  38
 5. ވޯޓުފޮށި

  "އަޅުގަނޑަށް ދެއްވާ ވޯޓާ އެކީ މާލޭގެ ކޮންމެ ރައްޔިތަކު ހިލޭ ބޯޙިޔާވަހިކަން ޔަގީން ކުރައްވާ" ކޮންމެ ވޯޓަކަށް ފުލެޓެއް އަޅާދެއްވަނީތޯ!!!!!

  19
  1
 6. ފައްލަންބޭ

  ބުރޯ އަްޑޫ މޭޔަރުކަމަށް ލީނަމަ ރަނަގަޅުވީސް. މާލޭ މޭޔަރުކަމަށް ތިކަހަލަ މީހަކު، ނުހޮވާނެ.

  30
 7. ހުސޭނުބޭ

  މިކަލޭގެ ހަމައެއްނޫން! އިހަށް މީނަ ރުގްޔާކުރޭ! ނޫނީ މެންޓަލް ޖޮސްޕިޓަލަކަށް ފޮނުވާ!

  21
 8. ހަސަދު

  އަޚުލާގީފެންވަރު ދަށް، ދޮގު ހަދާމީހުން ސިޔާސީ ކަންކމުން ދުރުހެލިވެ ގައުމު ސަލާތް ކުރުމަށް ގޮވާލަން.

  28
  1
 9. ޔާމިން

  އެކަކުވެސް އަލްހާން ފަހުމީއަށްވެސް އަދި މޑޕ ގެ ކެޑިޑޭޓު އަނަސްއަށްވެސް ވޯޓު ނުދޭތި. މާލޭ ހުރިހާ ބޭފުޅުންވެސް މިފަހަރު ހޮވާނީ ބޮޑުތަނުއް ޑރ. މުއިއްޒަ އިންޝާﷲ. ހުރިހާބޭފުޅުންވެސް ޑރ. މުއިއްޒް އަށް ވޯޓުދެއްވާ އާދޭސްކޮށްފަމިބުނީ މީ ފަހުފުރުސަތު ނަގާނުލާތި. ނޫނީ ފަހުންކުރާ ހިތާމަ މާ ބޮޑުވާނެ.

  7
  3
 10. ެއުނގޫދޫ މީހާ

  މާ އެމެރިކާ ވެގެން ކެންޕޭން ކުރާނެ ކަމެއް ނެތް.ދިވެހިން ނަށް އިންގޭ ތީ ޓުރޭޑް(އައި ކިޔު އޮޕްޝަން)ކުޅެގެން ކައިބޮއި އުޅޭ މީހެއް ކަން.

 11. ކާފަބޭ2020

  ކަލޯގެއަމިއްލަލާރީގައަޅާފުލެޓުދެވިދާނެ ތިޔަގޮތަށް ސަރު ކާރުން ލޯނުނަގައިގެންހަފާފަހުންނަތަންތަން ބޭނުންހާބަޔަ ކަށްނުދެވޭނެ ކަލޯމޮޔަނުވޭ

 12. ބުލޭ

  މާލޭގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު ތައް ހިންގަނީ މާލޭ ސިޓީ ކައުނސިލުން ނޫންކަން ނޭގޭ މިހަކު މޭޔަރުކަމަށް ކުރިމަތި ލުމުން ހީވަނީ މުސާރަ އާއި އިނަޔަތްތަކުން މަހްރޫމް ވެފައި ހުރި މީހަކު މުސާރައެއް ލިބޭ މަޤާމަކަށް އިންތީޚާބް ވޭތޯ ޑެސްޕަރޭޓް ވެގެން ދައްކާ ވާހަކައެއްހެން. ބަލަ އަލްހާނަށް ދޭ ވޯޓާ އެކީ މާލޭގެ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކުރާށޭ ބުނުމުގެ ބަދަލުގައި އަލަހާނަށް ދޭ ވޯޓާއިއެކު އަލްހާނުގެ ގޭގައި ހުންނަ މިނީބާރ އިން ބޭނުން ކޮންމެ މީހަކަށް ބަނގުރާ ހިލޭ ދޭނަމޭ ބުނި ނަމަ ޤަބޫލު ކުރަން ތަންކޮޅެއް ފަސޭހަ ވީސް ތޯއްޗެއް!

 13. ޖަޒީރާ ބޯއީ

  ބަހާރު މޫސުމަށް ފޮޅޭ މާތަށް ހެން އިރުވަޔަށް އަންނަ ދޮންދޫނިހެން ކޮންމެ ދިމާލަކުން ވޯޓެއް އޮތަސް މިކަލޭގެ އެއަށް އެބަ ބޭނިގަނޭ. މީއަޅެފަހެ ކާކުތަ. ފައިސާ ބެހީމަ ވޯޓެއް ލިބިދާނެ އެކަމަކު ކާމިޔާބެއް ނުވާނެ.

 14. އެމަންޖެ

  ލިބުނީމަ މޑޕ އާ ގުޅޭނެ ވށހަކަވެސް ދަނނަވަން.