ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއްގަޑިއެއް ހާއިރަށް ގެކޮޅަށް ވަޑައިގަންނަވާނެ ކަމުގެ މައުލޫމާތެއް ލިބިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމަނިކުފާނު މިވަގުތު ހުންނެވީ މާލޭގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޔާމީން މިއަދު މާލެ އަށް ގެނައީ ހައި ކޯޓުގައި ކުރިއަށް ދިޔަ އެމަނިކުފާނުގެ އިސްތިއުނާފްގެ އަޑުއެހުމަކަށެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮަލަރުން ޖޫޫރިމާނާ ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތު ވުމުންނެވެ. އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރަން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށެވެ.

ޔާމީންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ގޮތެއް ނުނިންމައެވެ.

އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ވަކީލުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން މީގެކުރިން ތަކުރާރުކޮށް ގޮވާލެއްވިއެވެ. އެކަމަކު، މިހާތަނަށް އައި އިރު، އެމަނިކުފާނު ގެއަށް ބަދަލުކޮށްފައެއް ނުވެއެވެ.

ޔާމީން ގެއަށް ހާޒިރު ކުރަން އުޅޭތީ އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އެކަމަކު، ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންހެނާ

    އސަރުކާރުގެ ހެޔޮފުޅުކަން

    2
    35
  2. ސޮނިފުހޭ

    އަޅު ގަނޑު ގެ ރައިސް ރައިސް ޔާމީން މާތްﷲ ތިބާޔަތް ކާމިޔާބު ދެއްވާށި ތިއީ ދިވެހި ރާއްޖެދުށް ފަހުގެ ދޮންބަންޑާރައިން ދިވެހިރާއްޖޭގެ ސަލާހުއްދީނުލް އައްޔޫބީ މަރުހަބާ ބުރޯ

    65
    9
  3. ހަންހާރަ

    މިސަރުކާރަކައް ނުކެރޭނެ ރައީސްޔާމީން ގެކޮޅައް ބަދަލުކޮއްދޭކައް އެއައްވުރެ ފިނޑި ރައީސްޔާމީންދެކެ ބިރުގަންނަ ބައެއްތިބިސަރުކާރެއްމީ

    55
    6
    • ބުރޯ

      ސަރުކާރަށް ކެރޭނެތަ ހުރިހާ ގައިދީން ގެއަށް ބަދަލުކުރަން؟ ފިނޑި ދޯ

      6
      3
  4. ނަޖީ

    ރައީސް ޔާމޫނު ގެޔައް ބަދަލުކޮއްގެން މި ސަރުގަ ތިބިމީހުނައް ހަމަ ނިދިނުލިބޭނެކަމައް ދިރާސާތަކުން ދައްކަނީ
    ޢެކަމަކު މި ސަރުކާރަކައް 5 އަހަރުވަންދެން ދެމިއެއްނޮއޮވެވޭނެ ޜޔ ނަހައްގުން ޖަލުގެ ބާއްވާގެނެ

    10
    2
  5. މާމީ

    އަހަރުމެން ކިތައްމެ ވަރަކައް ތަޅާފޮނުވިަސް ދާނަން (މިހާރު ތަޅަން ނެރޭގުރޫޕު ކުދިންނަށް ބުނަންތަ ރަނގަޅު ވާހަކައެއް ކިތައްމެ ވަރަކައް އަހަރުމެން ތަޅާ ކޮއްޕިއަސް މިހާރު ކަލޭމެނައް ވަރައްރަގަޅު ހަދިޔާއެއް މިހާރު ތައްޔާރު ވެފަނޫންތޯ ހުރީ މިހާރު ކިތައް ރޭންކުތޯ އުވާލީ ހަހަހަހަހަ،

  6. އަބުސީ

    ރައީސް ޔާމީނު ސަލާމަތްކުރޭ ވައްކަންކުރާމީހުން މިސަރުކާރުގައި މަދީތަ ނަޝީދު މިހާރުވެސް ހުރީ ޖަލަށް ލާންޖެހިފައި