ޕްރޮޕަޓީ ރައިޓްސް އަދި އިންޑިވިޖުއަލް ރައިޓްސް ތަކަށް ބަލާ ކަމަށްވާ ނަމަ ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން މިހާރު ދިރާސާ ކުރަމުން ގެންދާ އެންމެ ކުޑަ އުޖޫރައަށް އާއްމުންގެ ހިޔާލު ހޯދުމަށް ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުއްޔަކީ އަމިއްލަ ފަރާތްތަކުން ކަނޑައަޅާ އެއްޗެއް ކަމަށެވެ. އަދި އެ ކުލި ކަނޑައެޅުމުގެ ހައްގު އަމިއްލަ ފަރާތްތަކަށް ލިބެންޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ އަމިއްލަ ފަރާތްތަކުން އިމާރާތް ކުރާ އިމާރާތްތަކާއި ސަރުކާރުން އިމާރާތް ކުރާ އިމާރާތްތަކާއި ތަފާތުތަކެއް ހުންނާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ އިމާރާތެއް ނަމަ އެ ތަންތަނުގެ ކުލި ކުޑަކުރަން އެއްބަސް ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ މީހާގެ ބިމުގައި ބޮޑު އިމާރާތެއް އަޅަނީ ބޭންކުން ލޯނު ނަގައިގެން ކަމަށާއި އަދި އެ ލޯނަށް އެތައް އިންޓްރެސްޓެއް ދައްކަން ޖެހޭ ކަމަށެވެ. އެވަރުގެ ބޮޑު އިންޓްރެސްޓެއް ދައްކަމުން ގެންދާއިރު ކުލި ކުޑަކުރަން ސަރުކާރަށް ބުނެވިގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެކި ފަރާތްތަކުގެ ހިޔާލު މިފަދަ ކަންކަމުގައި ވެސް ތަފާތުވާނެ ކަމަށެވެ. އެހެންނަަވެސް ސަރުކާރުން މަސައްކަތް ކުރަން ބޭނުން ވަނީ މެދުމިންވަރެއްގައި އެންމެންގެ ހިޔާލު ޝާމިލުވާނެހެން ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި މިނިމަމް ވޭޖު ބޯޑުގެ ރައީސާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިމަމް ވޭޖު ބޯޑުގެ ރައީސާ މަރިޔަމް ޚާލިދާ ވިދާޅުވީ މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.

"ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް އެބަ އިމްޕެކްޓް ކުރޭ. އަދި ރާއްޖެއަށް މާބޮޑަށް އިމްޕެކްޓް ކުރާނެ. އެހެން ވީމާ މިކަންކަމަށް މިވަގުތު އެބަ ރިއާޔަތް ކުރަން ޖެހޭ. އަޅުގަނޑުމެންނަށް ފެންނަނީ މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް މިނިމަމް ވޭޖެއް އިމްޕްލިމަންޓް ކުރަން،" ޚާލިދާ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މިނިމަމް ވޭޖް ބޯޑުން މަސައްކަތް ކުރީ މިނިވަންކަމާއި އެކު ކަމަށާއި އެބޯޑަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ހާލިދާ ވިދާޅުވީ އެހެން ޤައުމު ތަކުގައި މިނިމަމް ވޭޖް ކަނޑައަޅަނީ ވަރަށް ތަފްސީލް ދިރާސާތަކެއް ކޮށްގެން ކަމަށާ ކުރު މުއްދަތެއްގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅި ނަމަވެސް އެކަން ކުރީ ވަރަށް އިހުލާސްތެރި ކަމާއި އެކު ކަމަށެވެ.

މިނިމަމް ވޭޖާއި ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުން އޭގެ ރަނގަޅު އަސަރުވެސް ކޮށްފާނެ ކަމަށާއި އަދި ފަހަރެއްގައި ނޭދެވޭ އަސަރުކޮށް ވަޒީފާތަކެއް ގެއްލިގެން (އުވިގެން) ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ގޮތުން ސީދާ ވަކިގޮތެއް ނިންމާ، އެގޮތައް ވިދާޅުވާން ބޭނުން ނުވާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ މީގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅިފައި އޮތްނަމަ ރަނގަޅުވީސް ކަމަށާއި މިހާރު އިންކަމް ޓެކްސް އާއި އެފަދަ ބަދަލުތައް އަންނައިރު މިނިމަމް ވޭޖެއް ކަނޑައެޅުން އެއީ ގޮންޖެހުމެއް ކަމަށެވެ.

"ވަޒީފާދޭ ފަރާތްތަކަށް ވެސް މިކަމުން އަސަރުތަކެއް ކުރާނެ. ހެޔޮ އަސަރެއް ވެސް ކޮށްފާނެ. އަދި ގޯސް އަސަރެއް ވެސް ކޮށްފާނެ. ވަޒީފާދޭ ފަރާތައް މިނިމަމް ވޭޖް ނުދެވޭނަމަ ވަޒީފާތަކެއް ކޮންމެވެސް ވަރަކަށް ގެއްލުމުގެ ފުރުސަތު ވެސް އެބައޮތް. މުޅި އިޤުތިޞާދަށް ބަދަލުތަކެއް އަންނާނެ ކަމަކަށް ވާތީ ވަގުތު ކުޑަތަންވެފައި އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހާއި މަޝްވަރާ ކުރަން ބޭނުންވީ. އަދި އެޖެންޑާ 19 ގައި ވެސް އަދަދުތަކެއް ޖައްސަވާފައި އެބައޮތް." ފައްޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނަން

  ސަރުކާރަށް ޓެކްސް ފައިސާ ނަގަން ބުނަން ކެރޭ އަދި މަޖުބޫރު ކުރެވޭ؟؟ ގައިމު ޓެކްސް ފައިސާ ނުނަގާ ކަމެއް ނޯވޭ.. އެކަމަކު އިންޓްރެސްޓެއް ދައްކަން ޖެހޭތީ ސަރުކާރަށް ބުނެވިގެން ނުވޭ؟ މި ދެން ކިހާ މަޖާ ވާހަކައެއް. ތިހެން ވިއްޔާ އެއްވެސް މީހެއްގެ އަތުން ޓެކްސް ނަގަންވެސް ސަރުކާރުން މަޖުބޫރު ކުރެވިގެން ނުވާނެ.

  15
  1
 2. ރާބެ

  ތިޔަވިދާޅުވި އެއްޗެއް ވަރަށް ސާފު!ކުލި ކޮންޓްރޯލް ކުރެވޭނެހަމައެކަނި ގޮތަކީ ހަމައިން ނެއްޓޭއިރުވެސް ނުނެއްޓޭއިރުވެސް މާލެކަހަލަ ސިޓީތަކެއްގެ ގޮތުގައި އާބާދީބޮޑެތި ރަށްރަށް އުފައްދާ އެތަންތަނަށް މީހުން ހިޖުރަކުރެވިގެން! ތިޔަ މަނިއްޕުޅު ހަތަރު މަތިފުށް މާލޭ! ޢެހެންވީމާ އެކަން ހިތުގެ އަޑިން ގަބޫލެއް ނުކުރެވޭނެ! ދެން ކުއްޔެއްވެސް ކޮންޓްރޯލެއް ނުވާނެ! ޜީދޫ ގެރީގެ ތިޔަޕާޓީއަކީ ނަމުން ލާމަރުކަޒީ ކަމުން މަރުކަޒީ މުނާފިގުންގެ އުސޫލުގެ ބައެއްކަން މަމެންނަށް އެގޭ!

  11
  1
 3. މޯލީޗޯކީ

  ކުލިކޮންޓްރޯލް ކުރާނެގޮތެއް ނުފެނޭ. އެހެންވިޔަސް އެކަމަށް ހުރި ބޮޑެތި ހައްލުއެބަހުރި ކަމުގަ ގަބޫލުކުރަންޖެހޭ. މިސާލަކަށް މާލެ ސަރަހައްދުގައި 75000 ފުލެޓް ތަރައްގީކުރީމަ، ކުލިއެހުރީ ބޮޑުތަނުން ކުޑަކުރެވިފަ. މިކިޔަނީ 95 ރެސިޑެންޝަލް ޓަވަރު 3 އަހަރު ދުވަހުގެ ތެރޭގައި ނިންމާފަ ރައްޔިތުންނަށް ދޫކުރެވޭވަރުގެ ގާބިލުކަންހުރި ޑެވޮލޮޕަރުން ރެޑީގަ ތިބިވާހަކަ. ތިލަފަޅު ހިއްކާފަ މިކަންކުރީމަ މާލެ ސަރަހައްދަށް ބޮޑުލުޔިއެއް ލިބޭނެކަމަށް ގަބޫލުކުރެވެނީ. މާލޭގެ ރައްވެހިންގެ ތެރެއިން 1000 އަކަފޫޓު ހަމަނުވާ ބިންކޮޅު ސަރުކާރަށް ދޫކުރީމަ ފުލެޓްހިލޭ ދެވިދާނެ. މިބުނާއުސޫލުން ކަންކަން ތަރުތީބުކުރީމަ މާލެސިޓީގެ ރަށްވެހިންނަށް 1200 އަކަފޫޓްގެ 3 ކޮޓަރީގެ ފުލެޓެއް ހިލޭލިބުނީ. އަދި އަތޮޅުތަކުން މާލެސިޓީއަށް ހިޖުރަކޮށްފަތިބި ހުރިހާ އާއިލާތަކަށް 2 ކޮޓަރީގެ ފުލެޓް އަދި 3 ކޮޓަރީގެ ފުލެޓް އަތްފޯރާ އަގުގަ ދެވޭނެ.
  މިހިޔާލަކީ ދިވެހި ޒުވާން ވިޔަފާރުވެރިންގެ ކޯސިޓިއަމްގެ ވިސްނުމެއް.

  • މާާލެެމީހާ

   ހަމަހަަމަލަމަށްލޯބިކުރައްވާ....މާލެމީހާއަށްވެސް ރާއްޖެތެރޭމީހާއަށް އެއް ހަމައަކުން ކަންކުރަންޖެހޭނީ...މާލެ ބިންކޮޅުދޫކޮށްލީމާ ފުލެޓް ދިނުން ވަރަށް ތާއީދު...އެއަށްވުރެެ ތާއީދު ކުރަން މާލޭ ބިންކޮޅު ދޫކޮށްލީމާ ސީދާ ބިން ގެއާއިއެކު ދިނުމަށް...ހަމަ މިފަދައިން ރާއްޖެތެރޭމީހާއަށްވެސް މިއުސޫލު ހަމަ މިގޮތަށް އެއްވެސް ތަފާތު ކުރުމެއްނެތި އޮންނަންވާނެ....ކޮންމެ ތަނެއް ތަރައްގީ ކުރިޔަސް އެން،މެންގެ ފައިސާއިން އެކަން ކުރަނީ....

   1
   1
 4. ހުސޭނުބޭ

  ކަލޯ! ކަލޯޔަށް ކޮންޓްރޯލްކުރެވެނީ ކޮންކަމެއް! ރައްޔިތުން ހަދާނެގޮތް ހުސްވެ ތެޅި ބާލާއިރު ތިމާއާއި ތިމާގެ ޢާއިލާމީހުން ދައުލަތުގެ ބައިތުލްމާލު އަންބޮނޑިއަށް އަޅައިގެން ގެންގޮސް ހުސްކޮށްފި!

  6
  1
 5. ތެދުބަސް

  އެކަކުންޏެއް ހަރު ކޮށްނާނީ އެކަނުންޏެއްގެ ވަރުން.ކިތަންމެ ބޭނުން ވިޔަސް ހުންނާނެ ވާވަރު ކަންތަކާއި ނުވާވަރު ކަންތަށް.އެވަރުގެ ޤާބިލް ކަމެއްނެތި އެއްކަމެއްވެސް ނުވާނެ.ރަށްޔިތުންނަށް ކޮށްމެ ވެރިކަމެއްގަވެސް ދެނީ ދޯކާ.ދޮކާ ދީދީ ރަށްޔިރުން މިތިބީ ރަގަޅަށް ހޭނިފައި.މިހާރު ދެން ދޮގު ހެދިޔަސް ތެދު ހެދިޔަސް ރަށްޔިތުން ޤަބޫލެއް ނުކުރާނެ.

  7
  1
 6. ޝާނީ

  ތިކަމަށް ތާއީދު މަވެސް

 7. ކކކދ

  ބަލަ ދެން ކުއްޔަށް ދޭންނޫން ކޮންކަމަކު 12% ލޯނު ނަގައިގެން ގެ ހަދަނީ؟ މާލެ މީހުން ރާއްޖެތެރޭ މީހުން ރަށަށް ފޮނުވަން ބޭނުންވާނަމަ ގެ ހަދައިގެން ކުއްޔަށް ނުދޭނީ. ކޮން 12% ކިޔާކަށްްތަ؟ ހަމަ ޖީބަށް ބަރުކުރަން ނުއަގުގަ ކުއްޔަށްދެނީ..
  އަލިފާން ފޮށި ވަރު ތަނެއް 10000 ރުފިޔާއަށް. ސިޓިންގް ރޫމެއް ނެތް، ބަދިގެއޭ ކިޔާފަ އުނދުން ބޭންދޭވަރު ތަނެއް އެކަނި، ކައި މޭޒެއްވެސް ތަންކޮޅު ކުޑަ ކަމުން ނުބޭންދޭ، ކަރަންޓް ވަޔަރ ކޮށްފަ ބޭނުން ވައްތަރަކަށް. ބަލަ ބޮޑު އަގުގަ ދޭން މީ މެހެލް އެއްނަމަ ރަނގަޅު. އެކަމަކުވެސް އެއީ ލޯންގެ ސަބަބުން؟

 8. ހާސްނުވޭ

  މި ސަރުކާރަށް ކުލި ކޮންޓްރޯލް ނުކުރެވުނަސް ކުލި ދައްކުރުމަށް ޔާމީން ސަރުކާރުން ފަށާފަ ހުރި މަޝްރޫޢުތަކުގެ ރަގަޅު އަސަރު މިހާރުވެސް ފެންނަންފަށާފި. މިހާރު އަމިއްލަކުންފުނިތަކުން އަޅަމުންދާ ފުލެޓް ތައް ގާތްގަޑަކަށް 1000 އެއްހާ ފުލެޓް ހުޅުމާލޭގައި ނިމެނީ. ސިފާތް ޕޮލިހުން ގެ އިމާރާތް ތަށް ނިމެނީ. ފުރަތަމަ ބަޑޭރި ކޮށީ މީހުން އެތަނަށް ބަދަލުކޮށް ބަޑޭރިކޮށީގަ 27 ބުރީގެ އެކޮމޮޑޭޝަން ބްލޮކެއްހެދީމަ ކުލި ކޮންޓްރޯލްވާނެ. ޔާމީންގެ މި ޕްލޭން ކުރިޔަށް ގެންދޭ.

 9. އިލްޔާސް

  ޓުރަފިކު އެންމެބާރުބޮޑުުުުުުުުުުގަޑީގަ މަގުބަންދުކޮއްލާގެން އެމަގުގެކާނުސާފުކުރަން އެއްމަސްދުވަސް ނެގީމަ ފައްޔާޒުމެންނައް އެވަރުވެސް ވަރައްއަވަސް

 10. އަސްލުމީހާ

  ދެން ކީއްވެގެންބާ ޓެކްސީގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަނި. ޓެކްސީކުރުމައްޓާކާ ކާރުވެސް ގަންނަނީ ބޭންކް ތަކުން ލޯން ނަގާގެން. ޢަދި ނުވިތާކަށް އެކާރު ދުުއްވެނީ އަހަރީ ފީޔާ އަދި ވެސް އެތައްބައިވަރު ރުފިޔާއެއް ސަރުކާރައް ދައްކާގެން.

 11. ފެކްޓް

  އާނ ތިޔަ ކަމުން ވެސް އަސަރު ކުރާނީ މިމީހުންގެ ޖީބަށްު! އެއީ ބިރު އެގަންނަ ތަންކޮޅަކީ! ސަރުކާރަށް ،ތާކުންތާކު ނުޖެހޭ ކަނތައްތައް މަޖުބޫރު ކުރެވޭ! އިންޓެރެސްޓާ ހެދި ނުވަންޏާ އިންޓެރެސްޓް ކުޑަ ނުކުރެވޭތަ!
  ދައްކަންވީ ވާހަކަތައް ގިނައީ