މާލޭގެ ރައްޔިތުން އެ ސިޓީއާ މެދު ސީރިއަސް ވިސްނުމެއް ގެންގުޅޭ ނަމަ، މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވުރެ ވަކިން ގާބިލް ބޭފުޅެއް މިފަހަރު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އިއްޔެ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް، އަދި އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި މުއިއްޒަށް ވުރެ ވަކިން ތަޖުރިބާކާރު، އިލްމީ އަދި ހިލްމީ ކެންޑިޑޭޓަކު މާލޭގެ މޭޔަރު ކަމަށް މިފަހަރު ކުރިމަތިލައްވާފައި ނެތް ކަމަށެވެ. އަދި މުއިއްޒަކީ "ނަންބަރު ވަން މޭޔަރަކަށް" ވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ނިކުންނަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް މިފަހަރު މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައެވެ.
"މާލެ ރައްޔިތުން މާލެއާ މެދު ސީރިއަސްކޮށް ވިސްނުން ގެންގުޅޭ ނަމަ މިފަހަރު މުއިއްޒަށް ވުރެ ވަކި ތަޖުރިބާ، އިލްމީ، ހިލްމީ ކެންޑިޑޭޓަކު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައި ނެތް. މިއީ ނަންބަރު ވަން މޭޔަރަކަށް ވާނެ ބޭފުޅެއް،" ނިހާން ވިދާޅުވިއެވެ.
މުއިއްޒު ކުރިން ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރު ކަމަށް ރައްޔިތުން އިންތިހާބުކޮށް ދެއްވައިފި ނަމަ، އެންމެ އިސްކަން ދޭނީ އިސްލާމް ދީނަށް އިހްތިރާމް ކުރާ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވައި އިސްލާމް ދީނަށް މީހުން އަހުލުވެރި ކުރުވައި ދީނީ އިލްމުވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަކީ މުއިއްޒު އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށާއި ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަކީ މުއިއްޒުގެ ވައުދެކެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ދެ ކަންތައް ހާސިލްވެއްޖެ ނަމަ، މާލޭގެ މަގުތައް އަމާންވެ، ސުލްހަވެރިކަމާ އެކު ދިރިއުޅުމުގެ މަގު ރައްޔިތުންނަށް ތަނަވަސްވާނެއެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލެއަކީ ރައްޔިތުންގެ ފަހުރަކަށް ހަދައި، ގައުމީ އަދި ދީނީ ވިސްނުމެއްގައި މާލޭގެ ރައްޔިތުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށް ވެސް މުއިއްޒު ކުރިން ވިދާޅުވިއެވެ.
އަދި ވިދާޅުވެފައިވަނީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލީ މާލެއަކީ ރައްޔިތުންގެ ފަޚުރަކަށް ހަދައި، ޤައުމީ އަދި ދީނީ ވިސްނުމެއްގައި މާލޭގެ ރައްޔިތުންނަށް ކޮށްދެއްވެންހުރި ހުރިހާ ކަމެއް ކޮށްދެއްވުމުގެ އަޒުމުގައި ކަމަށެވެ.
"މާލެ ސިޓީ ރަނގަޅުވާން ދެން އޮތީ މާލެ ސިޓީ ކައުންސިލަށް ތަރައްގީގެ ފިކުރުގައި ތިބި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރުމުން،" މުއިއްޒު ވިދާޅުވިއެވެ.
އެބަރަނގަޅުވޭ. އަދިކިރިޔާ ރަނގަޅު ލަވައެއް ކިއަން ތިއުޅެނީ. މީ މުޢިއްޒު ގެ ފަހަރު . އަހަރެމެން ހޮވަނީ މުޢިއްޒު. އަހަރެމެން ޤަބޫލް ކުރާނީ އެއްބުރިޖް އެޅި މީހަކަށޭ ދެންވެސް ބުރިޖެއް އެޅޭނީ . މުޢިއްޒު މެންގެ ތަރައްޤީ ވަށައިގެން ބަލާލި ކޮންމެ ދިމާއަކުންވެސް. ޝުކުރިއްޔާ މުޢިއްޒު.
ޖޭޮޕީ އޮތީ ފަނާކުރަނިވި ފިކުރާއެކީ!! އެހެންވީމަ ކަޑަ! އަދި ކޮރޯނާ ވައިރަސް އިދިކޮޅަށް ޖައްސާފަ އިންޔިޚާބު ކާމިޔާބު ކުރާނަމޭ ބުނީވެސް ފަނާކުރަނިވި ފިކުރަށް ނިސްބަތްވާ ޕާޓީގައި ހުރި މަޖްލިސް މެމްބަރެއް! މިކަހަލަ ވިޔާނުދާ ގޮތްކުޑަ އަޑިނުބައި ހިޔަޅު ޕާޓީއަކާއެކު ބައިއަތު ހިފަައިގެން ޖޭޕީ އޮތީމަ ކަމަކު ނުދޭ! ދީނަށް ފުރައްސާރަކުރާ ލާ ދީނީ ބަައިގަނޑަކާއެކު ޖޭޕީ ބައިއަތު ހިފައިގެން އޮތީމަ ކަމަކު ނުދޭ!! ވައްކަމާ ކޮރަޕްޝަން އިންތިހާއަށް ބޮޑު ބައިގަނޑަކާއެކު ޖޭޕީ އޮތީމަ ކަމަކުނުދޭ!! މިހެންވީމަ ރައްޔިތުން މިހާރު ނިންމަައިފި މިރާއްޖޭގައި އޮތް ހަމައެކަނި ބިނާކުރި ފިކުރަކީ ޕީޕީއެމް ކަމަށް! އަދި ޕީޕީއެމްއަކީ ދީނާ ގައުމިއްޔަތު ހިފަހައްޓާ ޕާޓީކަންވެސް! އެޕާޓީގެ ލީޑަރު ޔާމީނަކީ އެހެން ޕާޓީތަކުގެ ލީޑަރުންފަދަ ތުންފުއްސެއްވެސް ނޫންކަމަށް! ރައްޔިތުންނާ ގައުމުދެކެ ޙަގީގީ ލޯބިވާ ލީޑަރަކީވެސް ރައިސް ޔާމީންކަން ރައްޔިތުންނަށް އެނގި ސާފުވެއްޖެ! ސެއި ނޯ ޓު އެމްޑީޕީ އެންޑް ދެއަރ ކޯލިޝަން!
ޑރ. މުޢިއްޒަކީ، ޢިލްމީ އަ ދި ޤާބިލް ބޭފުޅެއް.
ޤައުމީ ކަންތައްތަކުގައި، އަމިއްލަ މަޞްލަޙަތާއި، ޕާރޓީގެ މަޞްލަޙަތު އިސްކުރާކަށް ނުޖެހޭ.
އަ ދި ހޮވިވަޑައިގަންނަވާ ބޭފުޅަކުވެސް ވިސްނަވަންވާނީ، ޤައުމީ ޚި ދުމަތަށް. ޕާރޓީގެ ސަބަބުން، ޒާތީ ވާކަށްވެސް ނޫން.
މިކަލޭގެ ބުރުމާގެ ބޮލައް ވަދެގެން މާމިގިލީ އެޔާޕޯޓްގެ މެނޭޖަރު ކަން ހޯދައިފި. އެތާ ހުރި މެނޭޖަރު ބޭރު ކޮއްފަ. ބުރުމާއަކީ ބޯގޮވިއެއް. މިމީހުންގެ ތާއީދު މިހާރުވެސް އޮތީ ޔާމީނައް.
ގާސިމު ޕާޓީ އަށް ދިޔަ ތަން މަހެއް ނުވޭ،
ނިހާނުއަށް ޔާމީނުވަރެއް ނުހުންނާނެ ނިހާނަކީ ހަކުރުދެންޔާ ބޮޑުބޭބެވާ މީހެއް ޔާމީނު އަތުން އެވަރަށް ކައިފަ އެއްޗެއް ނުލިބެންފެށީމަ ސޭޓު ކައިރިއަށް
މުއިޒަށް ލިބިއްޖެނަމަ މުޅި މާލެ އަށް ދޮންކެޔޮ ބަހާނީ
ޑރ މުޢިއްޒުއަކީ ބަލާލި ކޮބްމެދިމާލަކުން ވޭތުވެދިޔަ ފަސް އަނހަރުތެރޭގަ ފެންނަންހުރި ތަރައްޤީގެ މޭސްތިރިޔާ އަރިހުގަ ތަރައްޤީގެ މަސައްކަތުގަ ޢަމަލީގޮތުން ބައިވެރިވެ އެމަސައްކަތް ހިންގެވި އެމަސއްކަތުގެބައިވެރިޔާ ރަނގަޅު ޢިލްމީ މަސައްކަތްތެރި ހުނަރުވެރި ކަމައްޤާބިލްމީހަކައްވޯޓްދެއްވާނަމަ ޑރ މުޢިއްޒުއައް ވޯޓްދެއްވާ މުޢިއްޒުއައްދެއްވާ ވޯޓަކީ ތަރައްޤީއައްއެޅޭ އިތުރުފިޔަވަޅެއް
ތި ދައްކަނީ ޖަމަލު ފޮޑީގެ ވާހަކަ. ރައްޔިތުންނެއް ނޫލެ ރައްޔިތުންގެ ޙަޒާނާތައް ލޫޓުވި ބަޔަކަށް ވޯޓު ދޭކަށެއް. ކޮސްނުގޮވާ. ބެރިކޭޑު މަތިން ހައިޖަމްޕް ޖެހި މައްސަލަ ބެލުން އޮތީ މިހިރަ މިހިރަ ކަންކަން ނިމުނީމާ ﷲ ގެ ހެޔޮރަހުމަތުން.
"މާލެ ރައްޔިތުން މާލެއާ މެދު ސީރިއަސްކޮށް ވިސްނުން ގެންގުޅޭ ނަމަ މިފަހަރު މުއިއްޒަށް ވުރެ ވަކި ތަޖުރިބާ، އިލްމީ، ހިލްމީ ކެންޑިޑޭޓަކު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައި ނެތް. މިއީ ނަންބަރު ވަން މޭޔަރަކަށް ވާނެ ބޭފުޅެއް،"އެންމެންގެ ވޯޓް މުއިއްޒު އަށް.މީރަގަޅު ބަދަލެއް ކަން ޔަޤީން.ތަފާތު ފެންނާނެ އަދި ތަފާތު ދަށްކުވަދޭނެ އިންޝާ ﷲ.
ދޮންކެޔޮބުރޯއަކީީވެސް ހޮޅިމުއިއްޒާގުޅިގެން ރައްޔިތުންގެފައިސާ 7 އަހަރު އިސްރާފްކުރި މީހެއް