މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް، ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.

މި މަޤާމަށް ޢައްޔަނު ކުރެއްވުމުގެ ކުރީން ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައެވެ.

ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އޭނާ ވަނީ 26 އަހަރުގެ ދިގު މުއްދަތަކަށް ތަޢުލީމީ ދާއިރާގައިވެސް ޚިދުމަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިރު

    ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު މުވައްޒަފުންނާ ކުންފުނިތަކުގަ މަސައްކަތް ކުރާ ނިކަމެތިންގެ އޯޓީ ކޮޅު ކަޑާލީ

    20
    • ހުސޭނުބޭ

      ސޯލިހުބޭ ކައިރީ އަހާލަބަލަ ޚަރަދުކުޑަކުރުމުގެ ގޮތުން އެންމެ ފަހުން މަޤާމް ކަނޑައެޅި މީހުން މަސައްކަތްކޮށްދެނީ ހިލޭ ސާބަހަށް ހޭ!

      14
  2. Anonymous

    ރައްޔިތުންނޭ މީ ސަރުކާރުން ހަރަދު ކުޑަ ކުރާގޮތް. ނިކަމެތި މުވައްޒަފުންނަށް އެއްޗެއް ދޭންޖެހުނީމަ ފޭޔަށް

    19
  3. ރައްޔިތެއް

    މިނޫން މީހެއް ނެތީތަ؟

    15
  4. އަހުމަދު މުހައްމަދު

    މިފަދަ ހާލަތެއްގައި ދުނިޔެ އޮތް އިރު މަޤާމުތައް އުފެއްދުން އެއީ ރަނގަޅު ކަމެއް ކަމުގައި ނުދެކެމެ. ބޭކާރު ގިނަ ފައިސާ ދާ މަޤާ،ުތަކެއް ހެދުމުގެ ބަދަލުގައި ގިނަ ކޮންމެސް އެއްޗެއް ދެވޭ ގިނަ މަޤާމުތަކެއް އުފެއްދިއްޖެ ނަމަ ގިނަ ބައެއް އެކަމުން އުފާ ވާނެއެވެ. މިހާރު ޢަމަލު ކުރެވެމުން ތި ދާ ގޮތުން ގިނަ ބައެއްގެ ނަފްރަތު އުފެދި ސަރުކާރަށް ވެސް އެކަމުގެ ސަބަބުން ގެއްލުން ވާނެކަމީ ޝައްކެއް އޮތް ކަމެއް ކަމުގައި ނުދެކޭ ވާހަކަ ސަރުކާރު ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ބުނެލަމެވެ.

  5. ދިވެއްސެއް

    އަޑު އިވުނު މިއީ ކޮރަޕްޝަނުން ފުރިފާވާ މީހެކޭ