ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑެވެއްޔަށް ވަޑައިގަތުމުން، އެރަށު ރައްޔިތުން ނުކުމެ މުޒާހަރާކޮށްފިއެެވެ.

ރައީސް ނަޝީދު މަޑެވައްޔަށް ވަޑައިގަތީ، ހޯނޑެއްދޫ ހުރެފައި، ދެ ރަށް ގުޅުވަދޭ ކޯޒްވޭއިންނެވެ. ރައީސް ނަޝީދު މަޑެވެއްޔަށް ވަޑައިގަތީ މިއަދު ހަވީރު 17:15 ހާއިރުއެވެ.

އެ މުޒާހަރާގައި ބައިވެރިވި އިދިކޮޅު ޕީޕީއެމްގެ މެންބަރަކު "ވަގުތު"އަށްް ބުނީ، ރައީސް ނަޝިދު އެރަށަށް ވަޑައިގަތުމުން އެރަށުން 75 ވަރަކަށް މީހުން މުޒާހަރާއަށް ނުކުތް ކަމަށެވެ.

"އެއީ ފުރަތަމަ،ދެން ފަހުން ގާތްގަނޑަކަށް 150 އޯ 200 މީހުން ނުކުމެ އުޅުނު،".

އެރަށުގެ ރައްޔިތުން މުޒާހަރާކޮށްފައި ވަނީ ރައީސް ނަޝީދު، ނޭޅޭނެ ކަމަށް ވިދާޅުވި، ކޯޒްވޭ މަތިން އެމަނިިކުފާނު ވަޑައިގަތުމުންނާއި،އަދި އެމަނިކުފާނު ދީނީ ގޮތުން އެދައްކާ ވާހަކަތަކާއި ދެކޮލަށް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެމްޑީޕީން މެންބަރުން ކޮވިޑް-19 އާ އިދިކޮޅު ފަރާތްތަކާއި ގުޅުވައިގެން ބަދު ދުއާ ކުރި ކުރުން ކުށްވެރިކޮށް އެކަމާއި އަޑު އުފުލި ކަމަށެވެ. އަދި މި ސަރުކާރުން އެރަށަށް އެއްވެސް ކަމެއް ކޮށްނުދޭތީ އެކަމާއި ދެކޮޅަށްވެސް އަޑުއުފުލި ކަމަށް އޭނާ ބުންޏެެވެ.

އެ މުޒާހަރާ ކުރަމުންދިޔަ ގަޑީ އެ ސަރަހައްދަށް ފުލުހުންވެސް ވަނީ އެއްވެފައެވެ.

ރައީސް ނަޝީދު ގދ،. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އެމްޑީޕީގެ އިސްވެރިންވެސް ދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މުހައްމަދު

  ކޮވިޑް 19 އަށް ތާއީދު އޮތް މިންވަރު އެބަ އިނގޭދޯ . ކޮވިޑް ނަޝީދު. ދެން އަވަހަށް އިންތިޚާބު ލަސްކުުރުމަށް ގޮވާލާ . ދިވެހިރައްޔިތުންގެ ލޮލުގަ އަނދުން އެޅުވޭތޯ.

  61
  1
 2. ާއަފްލާ

  ނަގާ އެއްލާލި ނަމަ ކަނޑު އޮޅިއައް

  90
  1
 3. Anonymous

  މުޒާހަރާއަށް ނުކުންނާނެ މީހަކު ނެތެއްނު ހާދަދެރައޭ

  20
  38
 4. ޝަމީމް

  ޚަބަރު ރަގަޅު އެކަމަކު މީހުންގެ އަދަދު ގޯސް މުޒާހަރާ ފެށުނީއްސުރެ ނިމެންދެން ވީޑިއޯ އެބަހުރި ދެމައިކު ހިފައިގެން އުޅުނު މީހުންގެ އަދަދު 30 ވުރެ ގިނައެތް ނުވާނެ އަނެއްކޮޅުން އިއްޔެއިން ފެށިގެން ކެމްޕެއިން ޤާނޫނީ ގޮތުން ކުރެވޭނެ ކެމްޕެއިން ކުރުމައް ހުރަސް އެޅުމީ ޤާނޫނީ ކުށެއް ސަރުކާރުން ރަގަޅުވީމަ އެމީހުން އުފްރާނުލީ

  13
  89
  • ފެއިލް

   ލާދީނީ ސެކިއުލާ ފަތުރަން މަގުފަހިކުރަން އެދުަނީ ނިކަން އުުފުރާބަލަ މީ ފެއިލްވެފަ އޮތް ައިގަޑެއް

   62
   3
 5. ތެދުބަސް

  އިބުލީހުން ގިނަދުވަހު ދުނިޔޭގައި އުޅޭނެ.ރާއްޖޭ ގަވެސް މިހާރު އޭގެތެރެއިން އެއްއިބުލީސް ފާވެގެން އެބައުޅޭ.މީއިބުލީހުގެ ކިބައިން ސަލާމަތް ނުވެވިގެން ދިވެހި ރައްޔިތުން މިއުޅެނި.

  80
  2
 6. ީިިގުދު

  ބުއްޅަބޭ ދަސްކޮއްދިން ކަންތައް ކުރީމަ ޖެހޭތަ ހައްޔަރު ކުރަން ކާފަބޭ ހަދާހެން މިހާރު ތިހަދަނީ

  72
  1
 7. ޔާމިން

  ހުރިހާ ރަށަކުންވެސް މަޑަވެލި ނަމޫނާ ައކަށް ބަލަ އިގެން އުޅުނީމަ ރަގަޅުވާނެ. ރާ އްޖޭގެ ހުރިހާ ރަށަކުންވެސް ލާދީނީ ނަޝީދު އާ އި ދެކޮޅަށް ވަރުގަދަ މުޒާހަރާތަ އްކުރުމަށްގޮވާލަން ތި މޑޕ ބަ އިގަޑަކީ އިސްލާމްދީންފޮހެލުމަށްޓަކަ އި ހުޅަގުގެ ގަ އުމުތަކުންފޮނުވާފަ އިވާ ޔަހޫދީ ބަ އިގަޑެ އް.

  11
 8. މަކިނބޫ އެޓް ދުބާއީ

  އާނ ވާނެ މޫދައް އެރި މަޖާ ކޮށް މޮޔަވާން ދާ ތަނެއް ތީ.

  18
 9. ބޭރުކުރޭ

  ހުރިހާރަށަކުންވެސް ހަދންވީ ތިހެން ރަށަށް ވިގަނި އެއަރަނީ ކޮވިޑް19 ތީ އެހެންވެ ރައްޔިތުން އެބަޖެހޭ ނިކުމެ ރަށުން ބޭރުކުރަން ތީ ވިގަންޏޭ އިންޑިޔާއަށް ގޮސް ފައައިސް ޕާޓީގެ އމޕ އެއް ބުންޏެއްނު ކޮވިޑް ހިފާގެންނޭ މިދަނީ ތީ މިގައުމަށް ޖެހިފާވާ މުސީބާތާ ބަލާވެރިކަން

  13
 10. ނޫނު

  އިންޑީޔާއިންއެއައީ ކޮރޯނާހިފައިގެ

  28
 11. ދޮންކަލޯ

  މިހާރު ކުރީގަ ހައްޔަރުކުރާހެން ހައްޔަރެއް ނުކުރެވޭނެ މިހާރު މީހަކު ހައްޔަރު ކުރަންޏާ ހައްޔަރުކުރާ ސަބަބާ ޤާނޫނުއަސާސީގެ ކޮންމާއްދާއެއްގެ ދަށުންކަން ހައްޔަރުކުރަނީ ހައްޔަރުކުރާފަރާތައް އަންގަންޖެހޭނެ ޤާނޫނުއަސާސީގަ ބުނަނީ ކޮންމެ މީހަކައްވެސް އެއްވެއުޅުމުގެ މިނިވަންކަންލިބިގެންވެއެވެ ދެންކިހިނެއް ތިހާފަސޭހައިން ހައްޔަރުކުރާނީ

 12. ޚާލިދު

  ހައްދުފަހަނައަޅާފައިވާ ރައީސް ނަސީދު އައުމުން މުޒާހަރާކޮއްފި

  25
  1
 13. ބޮލާބޯ

  އާނ ދާނެ އެވައިރަސް ކަހަލަ ހައްދުފަހަނަ އެޅި ވައިރަސް އުޅޭނެ ހައްދުފަހަނަ އެޅި ލާދީނީ ބައިގަނޑުގެ ތެރޭގަ އުޅޭނެ ދެން ގޮސް ހުރިހާ މަޖާ ކުރުމެއް އޮންނާނެ. އެޖެންޑާ 19 ދުވެލި އެއްގަނޑުން ބާރަށް ދުވުން. އެއިރުން ކިޔާނީ 'އެޖެންޑާ ކޮވިޑް 19 ' އެންމެ ފުުލުފުލުން

  10
 14. މާހިރު

  ތީތަފާތަކީ އަހަރެމެން ރަށައްކުރީގެ ރައީސް ވަޑައިން ދުވަހު މަނިކާ ރޯއްޖާ ހީވަނީ ޓްރަމްޕް ވައްޓާލިހެން ކަނޑާ ވަޔާ އޮޔާ ޖައްވާ ފަޒަޔާ ބިމާ އެދެމެދުގައިވާ ހުރިހާއެއްޗެއް ބަންދު ރަށްވެސް ބަންދު ހިންގާފަވެސް ނުދެވެ އަނެއްކާ އެއޮށްވައްޓާލި ބިންބިފޯހެކޯ މީހުންގަނޑު ހީސްލެވި ނެޕީހުސްވެ ދުވަހަކުވެސް ހަނދާން ނުނެތޭނެ ބަލިމީހަކަށް ހިފައިގެންދިޔަ ކާއެތިކޮޅު ނުބައިވީއިރުވެސް އެހިސާބަށް ނުވަދެވި ކަލޯއެއީ ދުވަހެއް މަވާ ހިތައްއެރި ސަހަރޯއޭ އަދިބަޔަކު ރަނގަޅައްް ލީޑަރަކަށް ބަލައިފިއްޔާ...ދޯ

  4
  2
 15. ޭއެގޮލާ

  ރަށަށް ކަންކަން ކޮއްދިން މީހާ ކަމުނުގޮސްގެން އެއްލާލީ. ޖެހުނީ ޖަޒީރާ އަވައިގަ. ބޭނުންވީ ރަށްފުށު ދިރިއުޅުން. މިއަދު މިފެންނަނީ ރައްޔިތުންނަށް އެމީހުންގެ ހައްގުމިންވަރު. ގޯހެއްނޫން.

  4
  1