ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރަން ފަށާ މިހާރު ނިމި، ބޭނުން ކުރަން ފަށަން ތައްޔާރުވެފައިވާ 7000 ފްލެޓް، ޙައްޤުވެރިންނަށް ދީފައި ވާނީ އަމާނާތްތެރިކަމާއި އެކުގައި ކަމަށާއި، އެކަން މިހާރު ފްލެޓްތައް ދިން ގޮތް ބަލަމުން ގެންދާ ފަރާތްތަކަށް ވެސް އެނގޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު މިރޭ ބޭއްވި ކެމްޕޭން އެއްވުމެއްގައި ވިދާޅުވީ އޭނާ އަށް މާލޭގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ފުރަތަމަ ވަގުތުން ފެށިގެން މިހާރު ވެސް ލިޔުން ލިބިފައިވާ ފަރާތްތަކަށް ފްލެޓްތައް ހަވާލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަ ބަޔަކަށް މާލޭ ރައްޔިތުން ވެގެން ނުވާނެ. އެފުރުސަތެއް މާލޭ ރައްޔިތުން ނުދެއްވާނެ. އަޅުގަނޑުމެން އެފްލެޓްތައް ދީފައި ވާނީ އަމާނާތްތެރިކަމާއި އެކު، އެކަން މިހާރު އެކަން ބަލަމުންދާ މީހުންނަށް ވެސް އެނގޭނެ. އެފަރާތްތަކަށް ފްލެޓްތައް ހަވާލު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެމަސައްކަތް ޤާނޫނީ އެންމެ ފުޅާ މިނުގައި ކުރާނަން. އެމަސައކްަތް އެންމެ ފުރަތަމަ ވަގުތުން ފެށިގެން ކުރާނެ ކަމުގެ ޔަގީންކަން މާލޭ ރައްޔިތުންނަށް އަރުވަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި ގެދޮރު ބިނާ ކުރުމަށް ފަހި ފުރުސަތުތަކެއް ލިބެން ޖެހޭ ކަމަށާއި ކުދިކުދި ބިންތައް އޮތްނަމަވެސް އެބިންތައް ތަރައްޤީ ކުރުމަށް ބޭންކްތަކަށް ދިއުމުން ހުރަސްތަކެއް މިހާރު އެބަހުރި ކަމަށެވެ. "ނަމަވެސް މިއީ އަތްފޯރާ ފަށުގައި ކުރެވެން ޖެހޭނެ ކަމެއް. މޯގޭޖް ކުރެވޭނެ ބޮޑެތި އެސެޓްތައް ނުބަހައްޓާ ލޯނުތައް ލިބެން ޖެހޭނެ. އަޅުގަނޑު ޔަގީންކަން މިދެނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވަރަށް ގިނަ މައްސަލަތައް މާލޭގައި އެބަހުރި ކަމަށާއި އެމައްސަލަތައް ހައްލުކޮށް ކަންތައްތައް ކުރާނެ ވާހަކަ ދައްކަނީ އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ރައްޔިތުން ވެސް މިއަދު ގަބޫލު ކުރާނެ އަޅުގަނޑުމެން ކަމެއް ކުރާނެ ވާހަކަ ބުނެފިއްޔާ އެކަމެއް ކުރާނެކަން. އަޅުގަނޑުމެން އެވަނީ ބުރިޖު ވެސް އަޅާފައި، އަޅުގަނޑުމެން އެވަނީ ހޮސްޕިޓަލް ވެސް ބިނާކޮށްފައި، އެވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ވެސް ހިއްކާފައި، ޕާކްތައް ވެސް ހަދާފައި، ރަސްފަންނު ވެސް ހަދާފައި. ރަސްރަނި ބަގީޗާ ހަދާފައި. މާލޭގެ ރިންގް ރޯޑް ހަދާފައި." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަދިވެސް ކުރި އެތައް މަސައްކަތެއް ދެއްކެން އެބަހުރި ކަމަށެވެ.

އޭޕްރީލް 04 ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ އަނަސް އަބްދުލްސައްތާރާއި، އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކަދުރު

    ހުސްދޮގު. ހައުސިންގް މިނިސްޓރީގެ ނާއިބު ޒަރީރު، ކޯޑިނޭޓަރު ޖަމްސީދު، ސަލާމް، ޖަމްސީދާ، ސާވީ، ހަސަން އަލީ މި މީހުންނައް ފުލެޓް ދިނީ ކިތައް ޕޮއިންޓް ލިބިގެންތޯ، މީ އަދި އެއްބައި ހުރިހާ ނުބައެއް ހިންގީ ޖަންސީދުބެ ލައްވާ.

    21
    29
  2. ައަލިބެ

    ޙިނި އަންނަނީ........

    17
    10
  3. ނަން

    އަމާނާތްތެރިކަމާއެކު ފްލެޓް ދީފައި އޮތީމައި ދޯ، ރަށުގައި ވަޒީފާ އަދާކޮއް ދަރިން ގޮވައިގެން އަމިއްލެ ރަށުގޭގައި އުޅެމުން އާ ބައަކަށް ފުލެޓް ދިނީ. މާލޭ ގައި އުޅޭތާ 30 އަހަރަށް ވުރެ ގިނަ އަހަރުު ވެއްޖި. ކުއްޔަށް މިއުޅެނީ، ވަޒީފާއަށް މިހާރު މިދަނީ ކުލި ދައްކަން. އެވެސް ރަގަޅަށް ނުކައި. ލިބޭ ހުރިބާ ފައިސާއެއް ކުއްޔައް. މި ކަމަކީ މި މާލެއިން ނޫނީ ހިދުމަތަކާއި، ވަޒީފާ ނުލިބޭ ގޮތަށް ގައުމު ބިނާކޮއްފައި އޮތުމުގެ ސަބުން ޖެހުނު ބަލާ.

    25
    21
  4. ސިނެކް

    ރައީސް ޔާމީނު ގެ ސަރު ކާރުން އަޅުގަނޑު މަށްމަ ޔަށްދިން ފުލެޓު މިސަރު ކާރުން ފޭރިގަނެފި
    43ވޯޓު މުޢީޒައް ސާފު ވެއްޖެ ތޯ

    35
    14
  5. ބްރޯ

    ރައްޔިތުން ވިސްނިނަމަ އަދި ސަރުކާރު ބަދަލުނުކުރިނަމަ 7000 ގެ އިތުރުން މިހާރު ބިމުގެ އޑީގެ ބައި ނިންމަފަ ހުރި 4000 ވެސް ހުރީހީ ނިމި އެތަންތަނުގަ މީހުންތިބެނީ ދިރިއުލެންފަށާފަ. އަދި ރަވާފަ އޮތްގޮތުން އެނެއް 7000 ގެ މަސައްކަތް ވެސް ހުންނަނި ފައުންޑޭސަންގެ ކޮންކްރީޓް ފެއްޓިފަ. ކީއްކުރަނީ ދިވެހި ރައްޔިތުންނަކީ ދޮގުވާހަކަތައް އަހާ ދޮގު ގަބޫލުކުރާ ބައެައް ނަސިދު ވިދާޅުވި އަޑުއެހިން ދޮގުވާހަކަ ގިނަމިހުންގަބޫލުކުރާނެކަމަާގިނަގިނައިނަ އެދޮގުވަހަކަ ދައްކަންފެށީމަ ތެދެއްކަމަށް މީހުން ގަބޫލުކުރާނެއޭ މިވަރު ދިވެހިންނަށްނެގޭ ކަމީ ހިތާމަ ހުރިކަމެއް .ވިސްނަބައްލަވަ މަހުގެ ހަމައަގަކި ކޮބަ؟ހަމައަގު ހޯދަދޭ ނަމޭ ބުނީމަ ތިބެފަ އަތްޖަހަނީ ހަމައަގަކީ ކޮބައިކަން ހޯދަދޭން ބުނާމީހާ އަށްވެސް ނޭގެ. މަހުގެ ހަމައަގު ލިބެންއޮތީ އެންމެ ގޮތެއް އެއީ މަސް ދޫނީގެ އޯނަރު އަމިއްލަޔަސް މަސް އެކްސްޕޯޓް ކުރަންފެށޭ ދުވަހެއް އައުމުން. އެހެން ނޫނީ ދުވަހަކުވެސް މަހުގެ ހަމައަގު ލިބޭނެ ދުވަހެއްނާންނާނެ. ހަމަ އެހެން ކުޑަ އުޖޫރަޔަކީވެސް މިހިސާބުގަ އޮތްކަމެއް މީހުން ވާވެއްދުމަށްދައްކަވަހަކައެއް މިއީ ވިޔަފަރި ވެރިޔާ މުދަވިއްކުމަށްފަހު މުދާގަންނަން ކުރި ހޭދަޔާ ތަނުގެ ކުއްޔާއި ކަރަންޓާ ފެނާ މަރަމަތާ އެނޫންވެސް ކުރަންޖެހޭ ހިންގުމުގެ ހަރަދުތައްކަނޑާ ހުންނައެއްޗަކުން މުސާރަ މިދެނީ މުސާރަދީފަ ތަކެތީގެ ވެރިފަރަތަށްވެސް އެއްޗެއް އޮންނަންޖެހޭނެ ދޯ ހިލޭސާބަހަށް ކަންކަން ކޮށްދެވޭ ފެންވަރުގެ މީހަކު ދިވެހި ގައުމަކު ނެތް. ހުރިހަކަމެއްގެ ވަހަކަވެސަ މިދައްކަނީ އޮޅުވަލުމުގެ މަގުސަދުގަ ނޫންނަމަ ބަލާފަ ސަރުކާރަށް ހުށަހެޅިފަ ހުރި ހިސާބުތަކުން ބަލާފަ ކުޑަ މުސާރަ ހަމަނުޖެއްސެންވީ ކީއްވެ ؟

    29
    9
    • ޒ

      ބަލަ ތިބުނާހެން ވިއްޔާ ސިފައިންނާއި ފުލުހުން އުޅޭނީ ފްލެޓްތަކުގައި ނޫންތޯ!!... ވަގުތު ނުލިބޭތޯ އެތަންތަން ނިންމަން. މުޅި ދައުރު އެއްކޮށް އެކަމަށް... ނަމަ ކިޔާނެކަމެއް ނެތް.

      11
      5
  6. މުގައްދަރު

    ތިޔަފުލެޓަކީ އެދިގުރާސްތާ 30 އަހަރު ރައްޔަތުން އަޅުވެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން އިންދި އޮށެއް މިހާރު އެއޮށުން މޭވާއަޅާ ފައްކާކޮއް ތިގެން ދަނީ މިބުނިބޭނުން ހިފަމުން 1978 އަހަރާ ހަމަޔައް ރައްޔަތުން އުޅެމުންއައީ އަމިއްލަޔަގެދޮރު އަޅައިގެން އުފާވެރިކަމާއެކު އެދިގުރާސްތާ 30 އަހަރު ހަމައެކަނި މާލޭގެ މީހުންނައް ގޯތި ނުދީ ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހިންގަން ފެށީ މިހާރުވެސް ތުލުސްދޫން އެއުޅެނީ ގޯތި ދޭން މިމާލޭގެ ރައްޔިތަކައް ގޯއްޗެއް ދޭންވިމަ ބިމެއް ނެތޭ މާރީ ބުރައުން އަޅަންވީމަ ބިން ހުރެފައި މުސްސަދިން ފުލެޓް އަޅައިގެން ބޮޑުއަގުގައި ވިއްކަން ވިމަ ބިންހުރެފައި މީތޯ ތިޔަ ވިދާޅުވާ މޮޅުޑިމޮކްރަސީގެ ހަމަހަމަ ކަމަކީ ނަސްލީ އިމްތިޔާޒް ނަންވާނީ ސައުތް އެފްރިކާ

    12
    1
  7. ވނވ

    ވީމާ ޕޕމ ސަރުކާރެއްގައި ހޮވާނަން. މިފަހަރަކު ނޫން. މިބުނީ ތިފަރާތަށް ސަރުކާރާއި ގުޅިގެން ކަމެއް ކުރަން ނުކެރޭނެތީ. ޖެހިފިތިފަ ތިބޭ ފަރާތްތަށް ކިހިނެއް ނިއުޓްރަލް ކޮށް ކަމަކާ މަޝްވަރާއެއްވެސް ކޮށްލެވޭނީ. ދެއްތޯ.

    9
    7
  8. މާހިރު

    ނޫނޭ މުއިޒު ރަނގަޅު ދެންއެވީ ގަބޫލްކުަރަން ހުންނެވިނަމަ ހުންނާނީ ނިމިފައޭ ކިޔާއިރު އެނގޭމީހުން އެބުނަނީ ކަންނެލިދޯންޏެއް ބަރުކުރާހާ ފައިސާ ނިންމާލިބަޔަކުވީ ފަރިއްކުޅުއްވާފައޭ ގައިމު އޭތިކޮޅު ބެހެއްޓިނަމަވެސް ދެންއައި މީހުނަށްވެސް މިހާރު ކަމެއްކުރެވިއްޖެއީސްދޯ ދެންފުލެޓްތައް ހަމައޮޅާލީ ބަހާލީ....މީހުން އެވާހަކަ ދައްކަނީ ބަލައިފަ މިހާރަކު އެކަކަށް އެއްކަމެއްވެސް ސިއްރެއްނުކުރެވޭނެ

    8
    13
  9. ބަޑަންޑޫ

    އަމާނާތްތެރިކަން ބޮޑުކަމުން މިނިސްޓަރު ވަކިލިސްޓެއް ހަދައިގެން ޕޮއިންޓު ނުދީ އިވެލުއޭޓް ނުކޮށް މިނިސްޓަރ ލިސްޓް މީހުންނަށް ފްލެޓް ދިނީ އެވަރަކަށް ދެން އަމާނާތްތެރި ވެވޭނީދޯ

    13
    11
  10. އިބްރާ

    ހުރިހައި ސަރުކާރަކުންވެސް ނުބައިކޮށް ކަންކަން ކުރޭ. ނަމަވެސް މިހާރު މިއޮތް ލާދީނިއްޔަތަށް ފާޅުގައި ސަޕޯޓްކުރާ ސަރުކާރަށްވުރެ ޔާމީނު ސަރުކާރު ދީނީ ކަންކަމަށާއި ، ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްތަށް ބޮޑުތަނުން އިތުރުވެފައި ރަނގަޅެވެ.

    10
    4
  11. މަރީ

    ކޮންކަހަލަ އަމާނާތެއް. މަކަރު ވެރިއެއް.

    8
    3
  12. ޟުހާ

    މުއިޒު ކަލޭ ފުލެޓް ބަހާފަހުރީ ވ ބޭއިންސާފުން ރާއްޖެ ތެރޭ ގައި ދިރި އުޅޭ އެތައްބަޔަކައްވެސް ފްލެޓް ދީފަ އެބަހުރި ބޭފުޅާ މިކަން ކަން ގަބޫލު ކޮށް މާފަށް އެދެން ޖެހޭ

    10
    3
  13. ފުލްސަޕޯޓަރ

    މަގޭޭވޯޓު މުއިއްޒަށް ވަރަށްސަޕޯޓްވެސް ކުރަން. އެކަމަކުތީ ވަރަށްބޮޑު ދޮގެއް. އިތުރުވާހަކަ ދައްކަންވެއްޖިއްޔީ މުއިއްޒު އޮރިޔާންވެދާނެ. ވަރަށްސަލާމް

    6
    2
  14. ނަސީދު

    ހިޔެއްނިވޭ ތީމާ ރަގަޅު ވާހަކައެއްހެން ކުލަޔައްބަލާފައި ބަހާލާފައި އޮތީ

  15. ގާރލް

    ޖޯކް އޮފް ދަ ޑޭ. ނެކްސްޓް ޖޯކް ޕްލީޒް! ލޮލް!

    1
    3