ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ މަޝްވަރާތައް ކުރަމުންދާ އިރު، މުސާރަ ކުޑަ ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން އެއްބަސްވެވަޑައިގެންނެވި ނަމަވެސް ބައެއް މެމްބަރުން އެކަމާ ދެކޮޅު ހައްދަވާފައިވާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރޭ ވިދާޅުވެއްޖެއެވެ.

ސީއެންއެމް އިން ގެނައި ޕްރޮގްރާމެއްގައި ބޮންޑޭ ވިދާޅުވީ މުސާރަ ކުޑަކުރުމާ މެދުގައި ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމަކު، އަދި މިކަމުގައި ކޮޅެއް ޖެހިފައި ނުވާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"މުސާރަ ކުޑަކުރަން މިހާރު އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަކުރަން. އަދި ކޮޅެއްގަ ނުޖެހިގެން މިއުޅެނީ. ޕާލިމެންޓްރީ ގްރޫޕުގައިވެސް މަޝްވަރާ އެބަ ކުރެވޭ. ބައެއް މެމްބަރުން އެކަމާ ދެކޮޅު ހައްދަވާ. އެކަމަކު ގިނަ މެމްބަރުން އެއްކޮޅު. މިކަން ކުރަން ތިއްބެވީ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ހަރަދު ކުޑަކޮށްގެން ލިބޭ ފައިސާ ބޭނުން ކުރަންވީ ސިއްހީ ދާއިރާގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ކަމަށެވެ. އަދި އެ މީހުންނަށް ބޯނަސްގެ ގޮތުގައި އެއްޗެއް ލިބުމަކީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ދައުލަތުން މިކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ އިރު، މެމްބަރުންނާއި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އިން ކޮންމެވެސް މިންވަރެއް ހަރަދުކޮށްގެން ނޫނީ މިކަމެއް ނުކުރެވޭނެ ކަމަށެވެ.

ބޮންޑެ ވިދާޅުވީ ޚަރަދު ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަރަށް މަސައްކަތްކުރައްވާ ކަމަށާއި، އެގޮތުން މިއަދު ވެސް އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"ދައުލަތުން މިކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެ. އެހެންވީމަ މެމްބަރުން ވެސް އަދި ސަރުކާރުގެ ބޮޑެތި މުސާރަތަކުގަ ތިއްބެވި ބޭފުޅުން ވެސް ކޮންމެވެސް މިންވަރެއް އެ ފަރާތްތަކަށް ހޭދަކުރީމަ އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ. ދެކޮޅު ޖެހޭނީ. އެހެން ނޫނިއްޔާ ދައުލަތް މަޑުމަޑުން ދަރަނިވެރިވަމުން ގޮސް، މިރާއްޖެ ބޮޑު ދަރަންޏެއްގެ ތެރޭގައި މިއޮތީވެސް. ދަރަނި ދައްކަން ޖެހޭނެ އަޅުގަނޑުމެން،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުސިލްތަކުގެ އިންތިޚާބު ފަސްކުރުން ރަނގަޅު ކަމަށެވެ. އަދި ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅެ އެކަހެރިކޮށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. އިބްރާހިމް ފުޅު

  އިއްޒަތްތެރި މެމްބަރުންގެ ފަރިއްކޮޅު ކަޑާލިއަސް ތިކަންހަމަޖެހޭނެ. ފަރިއްކޮޅައް އެކަނިވެސް ............ ފައިސާ ޚަރަދުވެ. ކީއްތޯ ވާނީ މިދުވަސްކޮޅު ގޭން ފަރިއްކުޅުވިއަސް...

  91
 2. ހޫދު

  އަދިވެސް ނިކަމެތި ރައްޔަތުން ފެލަން މަސައްކައްކުރޭ...

  68
  2
 3. Anonymous

  ތިޔަ މެމްބަރުންނަކީ އެކިއެކި ވިޔަފާރިތަކުން ނަފާ ލިބޭ ބައެއް ދައުލަތުގެ ވަޒީފާތަކުގައި ބޮޑު މުސާރަ ލިބޭ އެންމެނަކީ އެފަދަ ބައެއްނޫން. ބޮޑު މުސާރައެއް ލިބުނަސް އެ މުސާރައިން ބޮޑުކުލި ދައްކައިގެން ޟަރޫރީ ބޭނުންތައްވެސް ހަމައަށް ނުފުއްދި ކިތައް ޢާއިލާ އުޅޭތޯ. އަނެއްބަޔަކީ މާލޭގައި ގެދޮރު ހުރީމާ އޭގެ ނާޖާއިޒު މަންފާ ނަގާބައެއް. މުސާރަ ކުޑަކުރާކަަމަށްވާނަމަ އޭގެ ކުރިން ހަމަ އެޕަސަންޓުގެ ކުލިތައް ކުޑަކުރަންޖެހޭނެކަމަށް ބިލެއް ފާސްކުރޭ. މުސާރާއާ ކުޅުމަކީ ގިނަ ބަޔަކު މަގުމަތިވެދާނެ ކަމެއް.
  ފަހުބަހަކީ ކަމެއް އަންނައިރަށް ޢާންމު ދިރިއުޅުމަށް ބުރޫ އަރުވާކަހަލަ ކަންތައް ކުރާނަމަ އެންމެ މަޞްލަޙަތު ހުރިގޮތަކީ މަޖިލީހުގެ ރައީސްއާ ރައީސް ޞާލިޙު އިސްތިއުފާދިނުން. މިއަށްވުރެ މާބޮޑެތި މުޞީބަތްތައްވެސް އިހުތިބި ވެރިން ތަޖުރިބާކުރި އެކަމު މުސާރައަކާ ނުކުޅެ

  56
  7
 4. ޓަކަފިރޯށި

  ބޮންޑަގެ ބައްޕަގެ ދެގޯތިއެބަހުރި މާލޭގަ އަދި ބޮންޑަގެ މިލްކިއްޔާތުގަ ހުރިއަދަދުވެސް ނޭގޭ އަހަރެމެން މެންބަރު އުޅެންޖެހެނީ ބޮޑުކުލިދީގެން މާލޭގަ ވީމާ ތިކަމަށްއެއްބަހެއް ނުވެވޭނެ. އަބަދުވަސް އުޅޭނީ ކުޅަނދުމަދު ބަޔަކައް އަހަރެމެންހަދަން

  30
  19
  • Anonymous

   އެކަމަކު އާންމު ރައްޔިތުންވެސް އެ އުޅުއްވަނީ 10،000 ވެސް ހަމަ މުސާރައަށް ނުޖެހި. ވީއިރު މެމްބަރަކަށް 50،000 މުސާރަ އަދި، އެހެނިހެން ސިޔާސީ މަގާމުތަކުން މުސާރަ ކުޑަކޮށްލުން އެއީ ދައުލަތަށް ލިބޭ ކިހާ ބޮޑު ލުޔެއްތޯ؟

 5. ރަނާ

  ތިހުރި އިޚްލާސްތެރިކަން ތި ހާމަވީ،
  ދެން އެއްކަލަ ސިވިލްސާވަންޓުންގެ މުސާރައާ އިތިރުގަޑި ކަނޑާލީމަ އެވީ،
  މިހާރު އޮފީސްތަކަށް އެ އޮތީ ފިނޭންސުން ސަރކިޔުލަރ ފޮނުވާފަ.
  ހުރި ނުބައިކަމެއްގެ ބޮޑުކަމާ،

  62
  3
 6. ނާނި

  ސިވިލްސަރވަންޓުން ވެސް އެއްބަހެއްނޫން މުސާރަޔާ އިތުރުގަޑި ކަނޑާކަށް، ރޮއެރޮއެ އޮއްވަ ކަނޑާލަނީ.

  63
  3
 7. ބައްކެ

  އަހަރުމެން ވޯޓް ދީގެން ހޮވާފަ ތިބި ބައެތްތީ ރައްޔަތުން ގެ ލާރިން މުސާރަދޭ ބައެއް ތީ

  39
  1
 8. މަހޭޝް

  ކައުންސިލް އިންތިޚާބު ތި ދެން ކާމިޔާބުވީ

  34
  1
 9. ާއަހުމަދު

  ާސަރުކާރުން ޕާޓީތަކަށް ދޭލާރިކަޑާލަބަލަ މުއްސަދިން ޕާޓީހިންގަން ލާރިދޭކަށް ނުފެނޭ

  39
 10. ާސީލެކްސް

  ޢިގޭ ކުރިންވެސް ބޮންޑޭއަށް އޮޅުނީތާ ދޮއްތޮ؟

  19
 11. ކަބުލޮ

  ތިޔަހަރަ އިހުލާސްތެރިކަމަށް ޝުކުރިޔާ...ސިވިލްސާވަންޓުންގެ މުސާރަކުޑަކޮށްފަ އޯޓީ ކަޑާލީ އެމީހުންގެ ރުހުމުގަތަ... ދެޖީބު ފުރާ ލާރިން ކުރަންޖެހޭ ކުރަންބޭނުންވާ ކަންތައް ހުންނާނީ ހަމައެކަނި ތި ގެރިކޮށްޓެއްގެ މެމްބަރުންގެ އެކަނިދޯ...ބަލަ ހިތައް އަރުވާލަބަލަ ވިސްނާފިކުރު ކޮށްބަލަ މި ދުވަސަވަރު ރިސޯޓު ތަމުގެ މުވައްޒަފުންގެ ހާލަތާމެދު...މީހާކާނީދެ ދަރިން ނެތް އެންމެ ދެ މީހެއް ތިންމީހެއް ތިއްބަސް ގިނަވާނީ އަބިދަރިން ތިބި މީހުން...އެމީހުންގެ އަބިދަރިންގެ ހާލަތާމެދު ވިސްނާލަބަލަ...ތި މަޖުލީހުގެ މެމްބަރުން މީރު އަގުބޮޑު ކާނާ ކައެގެން ބަޑުފުރާލައިގެން ތިބޭއިރު ރިސޯޓު މުވައްޒަފުން ދުވާލު ހަތަރުދަމު އެއްގަޑިއިރު ލިބޭކާއެތިކޮޅު ކެވޭވަރު ނުވާއިރުވެސް ގަދަކަމުން ކައިގެން އެތިބެނީ...އަބިދަރިންގެ ހައްގުގަ...ކުރާ މަސައްކަތުން ލިބޭއެތިކޮޅު މިހާރު އެވަނީ މަދުވެފަ...އެވަޒީފާގަޑު ފިޔަވާ އިތުރު ގޮތެއް ނެތްކިތައް ބަޔަކު އެބަތިބިކަން ހިތައްއަރުވާބަލަ....ތި މެންބަރުންގެ ބޮޑެތި ކުންފުނިތަކާ އޮފީސްތަކާ ގެސްޓުހައުސަތަކާ އެއްޗެހިތިބޭތި އާދައިގެ ނިކަމެތި ރައްޔިތުމީހާ ފެންނަނީވެސް ކުޑަކުޑަ މަދިރިއެއްގެ ސިފައިގައި....މިކަހަލަ އިހުލާސްތެރިން އަދިވެސް ހޮވާފަ ސަރުކާރު ތެރެއްއައް ފުނިޖަހާފަ އަތްޖަހަންތިބޭ.....

  21
 12. ބިންގޯ

  ކޮރޯނާ ފަންޑް ގެ ނަމުގަ ފަންޑެއް ހުޅުވަބަލަ.

  15
 13. މުސާރަ

  ނުވާނެއޭ އެނގޭ ނުވާނެކަން ތިވެސް އެއިން އެކަކު އަރާހުރެ އެބަ ބުނެއެއްނޫން ބައެއްމެންބަރުން އެއްބަހެއް ނުވިއޭ

  16
 14. ކަންނެލިއޮޑި

  މުސާރަ ކުޑަ ކުރާނެ ކަމެއްނެތް ސިޔާސީ މަޤާމުތަކެއް އުފައްދާ ބޮޑުމުސާރަދީ އަދި "ކޮވިޑް 19" ގެ ނަމުގައި ކޮމިޓީއެއް އުފައްދާ

 15. ރާއްޖެތެރެ

  ގޮތެއް ފޮތެއް ނެތޭދޯ. ބަލަ ކަލޭމެންގެ ތަރިކަމުދާތަ ތީ ބޭނުން އަދަދަކުން މުސާރަ ހަދަން. ސިޔާސީ ހުރިހާ މަގާމަކަށް މުސާރަ ފާސްކުރަން ޖެހޭނި ރައްޔިތުން. ވޯޓް އެކަންޏެއް ނުން ދޭން ޖެހޭނީ.

 16. ފަނާ

  ފަނާކުރާ ސަރުކާރު އިސްތިއުފާ!

 17. ނަސީދު

  ބޮންޑެމީހުން ވީ ފިލްމުކުޅެން ދާން އެތާގައި ބޮންޑޭއައް އެކޮޖައްސަން ފަސޭހަވާނީ މިފަހަރު މިފަހަރު ސަރުކާރުވަޒީފައިން އެއްވެސް އެއްޗެއްކެޑޭނީ ފުރަތަމަ މެންބަރުންގެ މުސާރަ ކުޑަކުރުމައްފަހު މީލައްކަވާހަކަ

 18. ސަޓޯ

  ނަޝީދު އަކީ ބޮޑު ނޮހޮރޮއްޕާނެއް... ނިކަމެތި ސިވިލް ސާވަންޓުންގެ މުސާރަތައް ކުޑަކޮއްފަ ތަރައްގީގެ އެއްވެސް ކަމެއް ނުފެންނާނެ.. އޭނާ ދައުލަތުން ކުރާ ވައްކަން މިއީ

 19. އަހްމަދު

  މުސާރައިން ބައެއް ކަނޑަން އެއްބަސް ނުވަނީވެސް އެމްޑީޕީ އެމްބަރުން.

 20. ޖީބު

  މުސާރައިން ބައެއް ކަނޑަށް އެއްބަސް ނުވަނީ އެމްޑީޕީ މެމްބަރުން އެހެންވީމަ އެނގެ އެއްނު ޖީބަށް ބޮޑުރުރާން އުޅެނީ ކޮންބައެއްކަން ތިރީނދޫ ބައިގަނޑަކީ ލާރިޔާހެދި މުއްދު ވެފަތިބި ބައިގަނޑެއް!

 21. ވަގުއަންނި

  ކޮބައިތަ ފައިސާ ފައިސާ އެފައިސާ މިފައިސާ އޭކިޔާފަ ހަޅޭލެވި ރީނޑޫ ވަގު ގުންޑާތައް މެމްބަރުން ގެ މުސާރަކުޑަ ކުރުމާ ވެސް ދެކޮޅު!