ފަސް މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ގިރިއަކަށް އަރައި ދިޔެވެގެން އަޑިއަށް ހިނގައްޖެއެވެ. ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބި ފަސް މީހުން މިހާރު ވަނީ ސީއެނބިއުލެންސަކަށް ނަގާފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "މާވަށް ސްޓާ" ނަމަކަށް ކިޔާ 100 ފޫޓްގެ މުދާ އުުފުލާ ދޯންޏެއް ވ.ފުލިދޫ ހުޅަނގުން 4.7 މޭލުގައި އޮތް ގިރިއަކަށް އަރައި ދިޔަވެ ދޯނި އަޑިއަށް ގޮސްގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ ދޯނީގައި ތިބީ ފަސް މީހުން ކަމަށާއި އޭގެތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު ހެނދުނު 06:15 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚުލުއަތެ

    ފުލިދޫގެ ހުލަގުގަ ގިރިޔެ ނުހުނނާނެ

  2. ޚުލުއަތެ

    ފުލުދޫގެ ހުޅަނގުގަ ގިރި ހުރޭތަ މާ ކަނޑުގަ ގިރި ހުނނާނީ ދެކުނުގަ