މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލެވެ.
00:52
މިނިސްޓަރ އަމީން: ޓެސްޓްގެ ނަތީޖާ ލިބެން މެޝިނަށް ލުމަށް ފަހު ހަގަޑިއިރު ނަގާނެ.
00:51
މިނިސްޓަރ އަލީ ވަހީދު: ކުރެއްދޫ އަށް ދިއުމަށްފަހު މިރޭ އިރުއޮއްސުމުގެ ކުރިން އެރަށުން ފޭބި ނަމަވެސް ކަމާބެހޭ ފަރާތްތަކާއި މައުލޫމާތު ހިއްސާކުރުން އެދެން.
00:43
މިނިސްޓަރ އަލީ ވަހީދު: ރައްޔިތުން ޕެނިކަށް ދާވަރުގެ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. ނަމަވެސް ހުރިހާ އެޖެންސީތައް ވަނީ ތައްޔާރުވެފައި. ސިފައިންނާއި ފުލުހުން ވެސް ތިބީ ތައްޔާރީ ހާލަތެއްގައި. ކައުންސިލް އިންތިޚާބު ކެންސަލް ކުރުމެއް އަދި ނެތް. ނަމަވެސް ޕޮޒިޓިވް ކޭސްއެއް އައިސްފިނަމަ ބަދަލުތަކެއް އަންނާނެ.
00:33
މިނިސްޓަރ އަލީ ވަހީދު: ފަރުކޮޅުފުއްޓަށް މިގެންނަނީ އަލާމާތްތަކަށް ބަލާފައި ފަރުވާ ދޭން ޖެހިދާނެ ކަމަށް ބަލާފައި.
00:25
މިނިސްޓަރ އަމީން: މިހާތަނަށް ރާއްޖެ އަށް ބަލި ނައިސް މިއޮތީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން.
00:20
މިނިސްޓަރ އަލީ ވަހީދު: ކޮރޯނާވައިރަސް ރާއްޖެ އައުން އެއީ ސަޕްރައިޒަކަށް ވެގެން ނުވާނެ. ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކަށް ވައިރަސް ހިނގައްޖެ. ވަށައިގެން ހުރި ހުރިހާ ގައުމަކުން ފެނިއްޖެ. ސަރުކާރުގެ ޚަރަދު ކުޑަކުރާނެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރާނެ. ޚަރަދު ކުޑަކުރާނީ ސަރުކާރުގެ ދަތުރުތަކާއި ހިންގުމުގެ ޚަރަދުތައް ކުޑަކޮށްގެން.
00:18
މިނިސްޓަރ އަލީ ވަހީދު: ރޯދައިގެ ފަހަށް ވާވަރަށް ހުރިހާ ދިވެހިންނާއި ބިދޭސީންނަށް ވާވަރަށް އެސްޓީއޯގައި އެބަހުރި. ނަމަވެސް އެންމެ މީހަކު ގޮސް ގަނެފިނަމަ ހުސްވާނެ. ކާޑު އެބަހުރި. ކާޑަށް ދަތިނުވެ މިސަރުކާރުން ގައުމު ހިންގާނެ.
00:04
BREAKING NEWS: Covid-19: Raajje In 6 Meehun Quarantine Kohfihttps://t.co/nosE1OhAWM
— Vaguthu Online (@VaguthuOnline) March 6, 2020
23:58
މިނިސްޓަރ އަމީން: ހުރިހާ ގައުމެއްގައި ވެސް މިއީ ގޮންޖެހުން ބޮޑު ކަމެއް. ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް މިކަމާއި ކުރިމަތިލެވޭ ވަރަށް ތައްޔާރު ވެވިފައިވާ ކަމަށް.
23:53
މިހާރު ކަރަންޓީން ކޮށްފައިވާ އިޓަލީ މީހާ އާއި ދިވެހި މީހާގެ ޓެސްޓްގެ ނަތީޖާ ލިބޭނީ މާދަމާ.
23:53
މިނިސްޓަރ އަލީ ވަހީދު: އަޅުގަނޑުމެން މިވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. މާސްކޮށް ފެތުރިއްޖެނަމަ ކަންތައްތައް ކުރާނެ ގޮތް ވެސް ވަނީ ރޭވިފައި.
23:49
BREAKING NEWS: Covid-19: V.Thinadhoo Ah Meehun Erumaai Feybun Manaakohfihttps://t.co/JSekVZlrjv
— Vaguthu Online (@VaguthuOnline) March 6, 2020
23:48
BREAKING NEWS: Italy In Raajje Ah Meehun Aun Manaakohfihttps://t.co/dFeAGNecpP
— Vaguthu Online (@VaguthuOnline) March 6, 2020
23:44
މިނިސްޓަރ އަމީން: ވ.ތިނަދޫން ފެނުނު މީހާ ޓެސްޓް ކުރުން ކުރިއަށް އަބަދޭ. ތިނަދޫ އަށް މީހުން އެރުމާއި ފޭބުން ވަނީ މަނާކޮށްފައި.
23:43
ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.
23:40
ފަލަސްތީންގެ ހުޅަނގުއައްސޭރިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް ފަލަސްތީނުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 16 އަށް އަރާފައި.
23:36
ހެލްތު މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ އަދި ފަށާފައެއް ނުވޭ. ނޫސްވެރިންގެ ބައްދަލުވުން ފެށުމުން އަޕްޑޭޓް ގެނެސްދެވޭނެ.
23:24
ކޮވިޑް-19 އަށް އިތުރަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމުތަކާއި ޖުމްލަ އަދަދުތައް
އިސްރާއީލުން 02 މީހަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 21
ލުބުނާނުން 06 މީހަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 22
ޖަރުމަންވިލާތުން 92 މީހަކު ޕޮޒިޓިވް، މިހާރު ޖުމްލަ އަކީ 670
23:22
ވިއެޓްނާމުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. ކޮވިޑް-19 އަށް ވިއެޓްނާމުން މީހަކު ޕޮޒިޓިވް ވެފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހު. ވިޓްނާމުން މިހާތަނަށް 17 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. މިއަދު ޕޮޒިޓިވް ވެފައިވާ ފިޔަވައި މީގެ ކުރިން ވިިއެޓްނާމުން ބަލި ޖެހުނު އެންމެން މިހާރު ވަނީ ރަނގަޅު ވެފައި.
22:46
Covid-19: Kulli Noosveringe Bahdhalvumeh Mireyhttps://t.co/FnJavYFlxv
— Vaguthu Online (@VaguthuOnline) March 6, 2020
22:40
BREAKING NEWS: Italy In Ithuru 49 Meehun Maruvejjehttps://t.co/F5nwam7QB0
— Vaguthu Online (@VaguthuOnline) March 6, 2020
22:31
Naifarugai Thibi Kurehdhoo Muvahzafun Aamunge There Ah Nunikuhnan Ilthimaaskohfihttps://t.co/KQEB2nEyYW
— Vaguthu Online (@VaguthuOnline) March 6, 2020
22:06
ކޮވިޑް-19 އަށް އިތުރަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމުތަކާއި ޖުމްލަ އަދަދުތައް
ޖަޕާނުން 39 މީހަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 420
ކްރޮއޭޝިއާ އިން އެކަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 11
ސްލޮވޭނިއާ އިން އެކަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 07
ޕޮލެންޑުން ހަތަރު މީހަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 05
ބޮސްނިއާ އިން އެކަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 03
21:53
BREAKING NEWS: Covid-19: Muvahzafaku Positive Vumun Facebook London Office Thah Bandhukohfihttps://t.co/y6hImk9VKo
— Vaguthu Online (@VaguthuOnline) March 6, 2020
21:41
BREAKING NEWS: Covid-19: Kurehdhoo Resort In Meehun Feybumaai Erun Manaakohfihttps://t.co/9JFTWc3SZZ
— Vaguthu Online (@VaguthuOnline) March 6, 2020
21:23
ކޮވިޑް-19 އަށް އިތުރަށް މީހުން ޕޮޒިޓިވް ވެފައިވާ ގައުމުތަކާއި ޖުމްލަ އަދަދުތައް
އޮސްޓްރިއާ އިން 08 މީހަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 55
އައިސްލޭންޑުން ހަތަރު މީހުން ޕޮޒިޓިވް، މިހާރު ޖުމްލައަކީ 08
ޔޫއޭއީ އިން އިތުރު އެކަކު ޕޮޒިޓިވް، މިހާރު ޖުމްލައަކީ 29
މިއަދު މިހާތަނަށް 2457 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. މިއީ އިއްޔެއަށް ވުރެ އިތުރު އަދަދެއް.
މިއަދު މިހާތަނަށް ހަތް ގައުމަކުން މުޅިން އަލަށް ކޮވިޑް-19 ފެނިއްޖެ.
20:59
Anna Mahu, Corona Virus Ah Vaccine Eh Beynun Kureven Fashaane Kamah Bunefihttps://t.co/ygI2R15iGn
— Vaguthu Online (@VaguthuOnline) March 6, 2020
20:43
ގަތަރުން ކޮވިޑް-19 ޖެހިފައިވާ އިތުރު ތިން މީހަކު ފެނިއްޖެ. އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައި.
20:37
BREAKING: Togo In Covid-19 Fenijjehttps://t.co/QMsRwpe5wh
— Vaguthu Online (@VaguthuOnline) March 6, 2020
20:09
ޗެކްރިޕަބްލިކް އިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 18 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވޭ.
20:08
ބަހްރެއިން އިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މި ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރާފައި.
19:39
އިސްރާއީލުން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސްއަށް ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވް ވެފައި.
19:38
ދެކުނު ކޮރެއާއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ. އެޤައުމުން މިހާތަނަށް ވަނީ މި ވައިރަސް ޖެހުނު 43 މީހަކު މަރުވެފައި. ދެކުނު ކޮރެއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ޤައުމު. މިހާތަނަށް އެޤައުމުން 6593 މީހަކަށް ވަނީ މި ވައިރަސް ޖެހިފައި. އޭގެތެރެއިން 52 މީހެއްގެ ހާލު ސީރިއަސް.
19:35
ޕޯޗުގަލް އިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 14 އަށް އަރާފައި.
19:35
ސްވިޒަލޭންޑުން އިތުރު 82 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 214 އަށް އަރާފައި.
19:34
ޖާމަނީ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މި ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 578 އަށް އަރާފައި.
19:33
އިނގިރޭސިވިލާތުން އިތުރު 47 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މި ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 163 އަށް އަރާފައި.
19:33
އިންގްލޭންޑުން އިތުރު އެކަކު ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ. މިހާރު އިންގްލޭންޑުން ކޮވިޑް-19 ޖެހިގެން ޖުމްލަ ދެ މީހަކު ވަނީ މަރުވެފައި. އިންގްލޭންޑުން އެންމެ ފުރަތަމަ މި ވައިރަސް ޖެހިގެން މީހަކު މަރުވެފައި ވަނީ އިއްޔެ.
18:58
BREAKING: Peru In Covid-19 Fenijjehttps://t.co/J2zBSd9uhl
— Vaguthu Online (@VaguthuOnline) March 6, 2020
18:54
ބްރެޒިލް އިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހިފައިވާ 9 މީހަކު ވަނީ ފެނިފައި.
18:53
ޑެންމާކުން އިތުރު ތިން މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރާފައި.
18:53
ގްރީސް އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 45 އަށް އަރާފައި.
18:52
ނޯވޭ އިން އިތުރު ދެމީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރާފައި.
18:52
ނެދަލޭންޑްސް އިން އިތުރު 46 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރާފައި.
18:51
ސިންގަޕޫރުން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 130 އަށް އަރާފައި.
18:50
ފްރާންސާއި ޖާމަނީން ވައިރަސް ޖެހުނު މީހުންގެ އަދަދު އެއްވަރުވެ ފަސްވަނަ އަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމަކަށް އެ ދެޤައުމު ވަނީ ވެފައި.
18:49
ފްރާންސުން އިތުރު ދެ މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. އެޤައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9 އަށް އަރާފައި. އެޤައުމުން އިތުރު 154 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 577 މީހަކަށް މި ވައިރަސް ޖެހިފައިވޭ.
18:42
ރަޝިޔާއިން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13 އަށްއަރާފައި.
18:42
ސްޕެއިން އިން އިތުރު 100 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެޤައުމުން ކޮވިޑް-19 އަށްޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 382 އަށް އަރާފައި. މިއީ 24 ގަޑިއިރު ތެރޭ ސްޕެއިން އިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަހަރު.
17:39
މިސްރުން ކޮވިޑް-19 އަށް އިތުރު 12 މީހަކު ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައި.
17:39
ސްޕެއިން އިން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނށް ކޮވިޑް-19 ޖެހިފައިވާ 360 މީހަކު ވަނީ ފެނިފައި.
17:33
BREAKING: Covid-19 Jehigen Anehkaa Ves Iran Ge Member Aku Avahaara Vehjehttps://t.co/HQuwja35LL
— Vaguthu Online (@VaguthuOnline) March 6, 2020
17:07
Rashakun Covid-19 Fenunas, E Rah Quarantine Kuraakah Nujeheyne - Raees Nasheedhttps://t.co/JE3lDLXq83
— Vaguthu Online (@VaguthuOnline) March 6, 2020
17:07
Covid-19 Jehunu Meehun Ge Adhadhu 100,000 Ah Araifihttps://t.co/3tmjAnupFi
— Vaguthu Online (@VaguthuOnline) March 6, 2020
16:51
BREAKING: Slovakia In Covid-19 Fenijjehttps://t.co/fixtSX9kFE
— Vaguthu Online (@VaguthuOnline) March 6, 2020
16:48
މެލޭޝިއާ އިން އިތުރު 28 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެޤައުމުން 83 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ.
16:47
ބެލްޖިއަމްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދެގުނައަށްވުރެ އިތުރުވެއްޖެ. އެޤައުމުން މިއަދު ވަނީ އިތުރު 59 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައި. މިހާރު އެޤައުމުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 109 އަށް އަރާފއި.
16:47
ސްޕެއިން އިން އިތުރު ދެމީހަކު މަރުވެއްޖެ. މިހާރު އެޤައުމުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5 އަށް އަރާފައި. ސްޕެއިން އިން މިއަދު މިހާތަނަށް 63 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ. މިހާތަނަށް އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 345 އަށް އަރާފައި.
16:27
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރު ވެއްޖެ. މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 100162 އަށް އަރާފައި. އަދި މަރުވި މީހުންގެ އަދަދު ވަނީ 3406 އަށް އަރާފައި. މިހާތަނަށް ދުނިޔޭގެ 93 ޤައުމަކުން މި ވައިރަސް ވަނީ ފެނިފައި.
16:27
އައިސްލޭންޑުން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 37 އަށް އަރާފައި.
16:26
މެލޭޝިއާއިން އިތުރު 28 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 83 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
16:25
ޖަރުމަން ވިލާތުން އިތުރު 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 577 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
16:15
BREAKING: Iran In Ithuru 16 Maru, Ithuru 1234 Meehun Positivehttps://t.co/FfZO8mIfgd
— Vaguthu Online (@VaguthuOnline) March 6, 2020
16:00
އިންޑޮނޭޝިއާއިން އިތުރު ދެ މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން ހަތަރު މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:58
ރޯމާނިއާއިން އިތުރު މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން ހަތް މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:58
އެސްޓޯނިއާއިން އިތުރު 5 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 15 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:57
އޮސްޓްރިއާއިން އިތުރު 4 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 47 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:56
ސްވެޑެންއިން އިތުރު 7 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 101 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:56
ސްވިޒަލޭންޑުން އިތުރު 12 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 132 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:55
ސްޕެއިންއިން އިތުރު 47 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 329 މީހަކު ވަނީ މި ވައިރަސައަށް ޕޮޒިޓިވްވެފައި.
15:54
ޖަޕާނުން އިތުރު 17 މީހަކު ކޮވިޑް-17 އަށް ޕޮޒިޓިވްވެއްޖެ. މިހާތަނަށްއެ ގައުމުން 381 މީހަކު ވަނީ ވައިރަސައަށް ޕޮޒިޓިވްވެފައި.
15:48
BREAKING: Covid-19 Jehigen Netherlands Aai Norway In Meehaku Maruvehjehttps://t.co/KP2t2HYte7
— Vaguthu Online (@VaguthuOnline) March 6, 2020
15:29
BREAKING: Raajje Ai Italy Meeheh Ge Gain Covid-19 Ge Alaamaaiy Thakeh Fenijjehttps://t.co/lRvrJ5T8YR
— Vaguthu Online (@VaguthuOnline) March 6, 2020
14:52
BREAKING: Cameroon In Covid-19 Fenijjehttps://t.co/ms1ho13DRg
— Vaguthu Online (@VaguthuOnline) March 6, 2020
14:49
ފިންލޭންޑުން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން މިހާތަނަށް 15 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވް ވެފައި.
14:49
އިންޑިއާއިން އިތުރު އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން މި ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 31 އަށް އަރާފައި.
14:43
BREAKING: Serbia In Covid-19 Fenijjehttps://t.co/37PdJtxUjx
— Vaguthu Online (@VaguthuOnline) March 6, 2020
14:27
BREAKING: Italy In 26 Gaumakah Covid-19 Fethurijjehttps://t.co/X25Gf5voz6
— Vaguthu Online (@VaguthuOnline) March 6, 2020
14:27
ޖާމަނީން އިތުރު ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 555 އަށް އަރާފައި.
14:02
ސުވިޒަލޭންޑުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިއާއެކު އެޤައުމުން މި ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 121 އަށް އަރާފައި.
14:02
ދެކުނު ކޮރެއާއިން އިތުރު 309 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. އެޤައުމުން އިތުރު ދެމީހަކުވެސް މި ވައިރަސްގައި ވަނީ މަރުވެފައި. މިއާއެކު އެޤައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 6593 އަށް އަރާފައި. އަދި މަރުވި މީހުންގެ އަދަދު ވަނީ 42 އަށް އަރާފައި.
13:33
އެމެރިކާއިން އިތުރު ހަތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ. މިހާރު އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު 233 އަށް ވަނީ އަރާފައި.
13:31
ނޯވޭއިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒޮޓިވްވެއްޖެ. އެ ގައުމުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 95 އަށް ވަނީ އަރާފައި.
13:18
ކެނެޑާއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ. އެ ގައުމުން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 48 އަށް ވަނީ އަރާފައި.
13:16
އެމެރިކާ އިން އިތުރު މީހަކު މަރުވެއްޖެ.މިހާތަނަށް އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 14 އަށް ވަނީ އަރާފައި. މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ މަރުވި ފަސް ވަނަ މީހާ
10:32
2 Hafthaa Thereygai Tehran Ge 3.6 Million Meehunnah Covid-19 Jehidhaanehttps://t.co/D7kwzDFP6K
— Vaguthu Online (@VaguthuOnline) March 6, 2020
10:03
ޗިލީ އާއި އާޖެންޓީނާ އިން ވެސް ކޮވިޑް-19 ޖެހިފައިވާ އިތުރު މީހުން ފެނިއްޖެ. ކޮންމެ ގައުމަކުން ވެސް ވަނީ އިތުރު އެކަކު ފެނިފައި. މިހާތަނަށް ޗިލީން ބަލި ޖެހުނު މީހުންގެ ޖުމްލަ ހަތަރަކަށް އަރާފައި ވާއިރު އާޖެންޓީނާ އިން ވަނީ ޖުމްލަ ދެމީހުންނަށް ބަލި ޖެހިފައި.
09:33
ކެނެޑާ އާއި ފިލިޕީންސުން ވެސް ކޮވިޑް-19 ޖެހިފައިވާ އިތުރު މީހުން ފެނިއްޖެ.
ކެނެޑާ އިން އިތުރު 09 މީހަކު ފެނިފައި ވާއިރު ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު 46 އަށް އަރާފައި. ފިލިޕީންސުން އިތުރު ދެމީހަކު ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ ފަހަކަށް އަރާފައި.
09:32
އެމެރިކާ އިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެމެރިކާ އިން ވަނީ 226 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. އަދި އިތުރު މީހަކު އެމެރިކާ އިން މަރުވި ކަމުގެ ރިޕޯޓް ވެސް ދެންމެ ވަނީ ލިބިފައި. މިހާތަނަށް ކޮވިޑް-19 ޖެހިގެން އެމެރިކާ އިން ވަނީ 13 މީހުން މަރުވެފައި.
09:30
BREAKING NEWS: Bhutan Aai Costa Rica In Covid-19 Fenijjehttps://t.co/OxqfR9fg2s
— Vaguthu Online (@VaguthuOnline) March 6, 2020
09:16
BREAKING NEWS: China In 30 Maru, Maruvi Meehunge Jumla 3380 Ahhttps://t.co/nngmvGN2s0
— Vaguthu Online (@VaguthuOnline) March 6, 2020
02:06
ސްވިޒަލޭންޑުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، އެ ގައުމުން މިހާތަނަށް، މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 118 އަށް ވަނީ އަރާފައި.
02:05
ފްރާންސިން އިތުރު 46 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއަދު މިހާތަނަށް އެ ގައުމުން 138 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައި. އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 423 އަށް އަރާފައި،
01:51
ޔޫއޭއީ 17 އަހަރުގެ ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ، ޔޫއޭއީން ވިދާޅުވީ، އެ ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް، އެ ގައުމުން މިހާތަނަށް 29 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި،
01:47
މިއަދު މިހާތަނަށް ކޮވިޑް-19 ޖެހިގެން 10 ގައުމަކުން 101 މީހަކު ވަނީ މަރުވެފައި.
01:47
ކޮވިޑްް-19 ޖެހިގެން އީރާނުން އިތުރު މީހަކު މަރުވެއްޖެ، މިއީ އެ ގައުމުން މި ވައިރަސް ޖެހިގެން މިއަދު މިހާތަނަށް މަރުވި 16 ވަނަ މީހާ، އެ ގައުމުން ޖުމްލަ 108 މީހަކު ވަނީ މި ވައިރަސް ޖެހިގެން މަރުވެފައި.
01:46
ކޮވިޑް-19 ޖެހިހެން އެމެރިކާއިމް އިތުރު މީހަކު މަރުވެއްޖެ، މި ވައިރަސް ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައި.
01:32
BREAKING Covid-19: Iran Foreign Minister Ge Advisor Avahaaravehjje https://t.co/fIoQZ9UrOE
— Vaguthu Online (@VaguthuOnline) March 5, 2020
00:52
އެމެރިކާ އިން އިތުރު 29 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް އެމެރިކާ އިން ވަނީ 190 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި.
00:47
BREAKING NEWS: Covid-19 Ge Alaamaiythah Huri Dhivehsaku Quarantine Kohfihttps://t.co/5YuxApXbsM
— Vaguthu Online (@VaguthuOnline) March 5, 2020
00:45
BREAKING NEWS: Chile In Covid-19 Ah Positive Vi Meehaa Raajjey Gai Ulhunu Thanthan Hoadhan Fashaifihttps://t.co/N55MFdKXwP
— Vaguthu Online (@VaguthuOnline) March 5, 2020
00:36
BREAKING NEWS: Italy In Raajje Ai Meehaa Covid-19 Ah Negative Vejjehttps://t.co/IE4OPKEf3Z
— Vaguthu Online (@VaguthuOnline) March 5, 2020
00:28
މިއަދު ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު 100 އަށް އަރައިފި.
00:28
ފްރާންސުން ކޮވިޑް-19 ޖެހިގެން އިތުރު އެކަކު މަރުވެއްޖެ. މިއަދު މިހާތަނަށް ތިން މީހަކު ވަނީ ފްރާންސުން މަރުވެފައި. މިހާތަނަށް ފްރާންސުން 07 މީހަކު މަރުވެއްޖެ.
00:25
ޖަރުމަންވިލާތުން އިތުރު 29 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިހާތަނަށް މިއަދު އެކަނިވެސް އެގައުމުން 281 މީހަކު ވަނީ ޕޮޒިޓިވް ވެފައި. މިހާތަނަށް ޖަރުމަންވިލާތުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 543.
00:15
ކޮވިޑް-19 އަށް އިތުރު މީހުން ޕޮޒިޓިވް ވެފައިވާ ބައެއް ގައުމުތައް
އިސްރާއީލް އިން އިތުރު ހަތް މީހަކު ޕޮޒިޓިވް، ޖުމްލައަކީ 17
ފްރާނުންސުން އިތުރު 92 މީހަކު ޕޮޒިޓިވް، ޖުމްލައަކީ 377
ނޯވޭ އިން އިތުރު 16 މީހަކު ޕޮޒިޓިވް، ޖުމްލައަކީ 88
ސްޕޭނުން އިތުރު 11 މީހަކު ޕޮޒިޓިވް، ޖުމްލައަކީ 259
ކޮވިޑް-19 ފެތުރުން އަދިވެސް ދަނީ ކޮންޓްރޯލެއް ނެތި އިތުރުވަމުންނެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި މިއަދު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެންމެ ބޮޑަށް ބަލި ފެތުރެމުންދާ އިޓަލީވިލާތުން މިއަދު އެކަނިވެސް 41 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
BREAKING NEWS: Italy In Ithuru 41 Maruhttps://t.co/7HFQZ0i18U
— Vaguthu Online (@VaguthuOnline) March 5, 2020
ޖަރުމަންވިލާތުގައި ވެސް ހަލުވިކަމާއި އެކު ބަލި ދަނީ ފެތުރެމުންނެވެ.
BREAKING NEWS: Germany Gai Varah Bodah Covid-19 Fethuren Fashaifihttps://t.co/7rf5tP1rnu
— Vaguthu Online (@VaguthuOnline) March 5, 2020
އޭގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ބަލި ފެތުރުން އިތުރުވެ، ފުރަތަމަ ފަހަރަށް އެގައުމުން މިރޭ ވަނީ މީހަކު މަރުވެފައެވެ.
BREAKING NEWS: Covid-19 Jehigen Ingireysivilaathun Meehaku Maruvejjehttps://t.co/BPKaWoN2HN
— Vaguthu Online (@VaguthuOnline) March 5, 2020
ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު އިޓަލީވިލާތުން އައި ދިވެއްސަކު މިއަދު ވަނީ ކަރަންޓީން ކޮށްފައެވެ.
Hulhumale Sarahahdheh Bandhukuree Italy In Ai Meehaa Farukolhufuhtah Gendhanhttps://t.co/taOCEd7cjh
— Vaguthu Online (@VaguthuOnline) March 5, 2020
ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖެ އަށް ވެސް ވައިރަސް އައުން އޮތީ ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ވަނީ ވިދާޅުވެފައެވެ.
BREAKING NEWS: Coronavirus Othee Raajje Ah Aun Gaathugai - Raeeshttps://t.co/V6U7Of1VDA
— Vaguthu Online (@VaguthuOnline) March 5, 2020
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
LIVE: 19 Gaumakun Anehkaa Ves Gina Bayaku Positive Vejjehttps://t.co/U3VTk03WDj
— Vaguthu Online (@VaguthuOnline) March 5, 2020
އިޒްރޭލުގައި ނުޖެހޭބާ! މޮސާދުން ތިވައިރަސް ސްޕެރެށްކުރީ ޗައިނާޔަށް ދޯކާދޭން އެންމެފަހުން އެމެރިކާޔަށްވެސް ތިލައިގަތީ!
މޯދީއަކަށްނުޖެހޭތަ!މުސްލިމުން ކަތިލާތީީ މޯދީއަށް ޖެހެން ރަނގަޅު