ކޮވިޑް-19 ގެ އަލާމާތްތައް ހުރި އިތުރު ދިވެއްސަކު ފެނިގެން ކަރަންޓީންކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޮވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ވަނީ ރިޕޯޓްކޮށްފައެވެ.

"މިހާރު އޭނާ ވަނީ ޓެސްޓުކޮށް މޮނިޓަރ ކުރުމަށްޓަކައި އެކަހެރި ކުރެވިފައެވެ. މިޓެސްޓުގެ ނަތީޖާ ލިބުމުން އެ މަޢުލޫމާތު ހިއްސާކުރާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

އޭނާ އަކީ ކޮން ގައުމަކުން އައި މީހެއް ކަމެއް، އަދި އޭނާ އެކަހެރިކުރި އިރު ހުރީ ކޮންތަނެއްގައި ކަމެއް އެޗްޕީއޭ އިން ވިދާޅުވެފައެއް ނުވެއެވެ. އަދި އޭނާ ކަރަންޓީން ކޮށްފައި ހުރި ތަނެއްގެ މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އިޓަލީވިލާތުން އައި ދިވެއްސަކު ކަރަންޓީން ކުރުމަށްފަހު އޭނާ ޓެސްޓް ކުރިއިރު ކޮވިޑް-19 އަށް ނެގެޓިވް ވުމުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މީގެ ކުރިން ވެސް ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބައެއް ދިވެހިން ކަރަންޓީން ކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް ދިވެއްސެއްގެ ގައިން އަދި މިހާތަނަށް ކޮވިޑް-19 ފެނިފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ނުދިޔަ ނަމަވެސް ރާއްޖެ އަށް ފަތުރުވެރިން އަންނަ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ބަލި އަންނަނީ ފެތުރެމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާ ގޮތައް ބަލާއިރު ބަލި ރާއްޖެ އައުން މިހާރު އޮތީ ގާތުގައި ކަމަށް ރައީސް ޞާލިހް ވަނީ މިރޭ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސަލާމް

  ނޫސްވެރިން ސާފު މައުލޫމާތު ގެނެސް ދެއްވާ. އޭނަ ފެނުނީ ކިހިނެއްކަމާ ކޮންތާކުން ކަން ސާފު ވާން ވާނެ. ސިޔާސީ މީހުން ޕޯޑިއަމް ތަކުގައިތިބެ ކަރުން ނާރު ނަގާފައި މައުލޫމާތު ހާމަ ކުރާނަމޭ ބުންޏަސް އެ ކަމެއް ނުކުރޭ.

  67
  2
  • މުޖޫ

   ޢީވާ. ކޮބައިހޭ ތެދު މަޢުލޫމާތު

   59
   3
 2. ކަހަނބު0

  ހަރު ގައި އޮތަސް ވަލުގައި އޮތަސް .ކަނޑުގައި އޮތަސް ގޭގައި އޮތަސް ބިއްލާހި ތެދެކޭ މިބުނަނީ މަރުވާނެ ކަން ކަށަވަރުވަނީ ، ދިވެހިން އިންސާނިއްޔަތު ކަމުން ދުރުނުވެ އޯގާތެރި ވުމަށް ނަސޭހަތް ތެރިވަން ﷲ ވޮޑިގެންވަނީ ހެޔޮކޮން ކަން ތައްކުރާ އިހްސާން ތެރިންނާ އެކު އަހަރެން ފަހަރެއްގައިވެސް ނު ބުނަން ކަރަންޓީނު ކޮށް އެކަހެރި ނުކުރާށެކޭ މާނަ އޮޅުވާނުލުން އެދެން މިޑިޖިޓަލް ދުނިޔޭގައި ގާތްކަމާ ގުޅުން ބޭއްވޭނެ ކިތައްމެ ގޮތްތަކެއް ހުންނާނެ ސަރުކާރުންވެސް އެކަމަށް ސަމާލު ކަން ދިނުމަށް އެދެން ބަލި މީހަކު ހުރިނަމަ އެމީހަކަށް ހެޔޮދުއާ ކޮށްދެއްވާ މިއަދު އޭނަ މާދަމާ ތިބާ އަނެއްދުވަހު ތިބާގެ ދަރި ނުވަތަ އޭނަގެ ގާތް މީހެއް ނުވަތަ އަޅުގަނޑު ނޫންނަމަ އަޅުގަނޑު ލޯބިވާ މީހެއް މީ ކަންހިނގާ އުސޫލް އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް އަޅާލާ އިހްސާންތެރިވޭ ގަނާ ކުރާ މީހުންނާ ހަނގާ ކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިއެއް ނުގަންނަވާނެ ބަލި ޖައްސަވަނީވެސް ﷲ. ރައްކާ ތެރި ކުރައްވަނީވެސް ﷲ ދިވެހިން އެންމެން އެކުގައި ބަލި މީހުންނަށްޓަކައި ހެޔޮދުއާ ކޮށް ދެއްވާ ޑޮކްޓަރުންގެ އިރުޝާދަށް އެންމެންވެސް އަމަލު ކުރައްވާ

 3. ނަސީދު

  ނަސީދައް މިމައުޅުމާތު ލިބޭނީ މިޔަދު މަޖިލިސް ބައްލަވާ އޭރުން އިގޭނެ

 4. ކޮރަކަލި

  ސައިންސް ވެރިން ބުނަނީ ޒަމްޒަމް ފެނަކީ ބެކްޓީރިޔާ ތަކަށް ވެރިނުވެވޭ ފެނެކެވެ ސައިންސް ވެރިން ޒަމްޒަމް އާ ބެހޭ ގޮތުން ހޯދައިފާވާ ހެކިތައް ވަގުތު ނޫހުގައި ހިއްސާ ކުރަށް ވައިފިނަމަ ހާދަ އުފާ ވާނެއެވެ އެއީ އެފެނެއްގައި މާތްﷲ ބަރަކާތާ ޝިފާ ލައްވާ ފައިވާ ފެނެކެވެ އަނެއްކާ މަމިކިޔަނީ ބުއްޅަބޭ ގަބޫލު ކުރާ ފަރދާ އިން ނާ ޕޯޕުން ބަހާ ހޯލީ ވޯޓާރ ގެ ވާހަކައެއްނޫން ޖޯކު ޖެހިޔަސް ތެދުވާނީ ތެދު . ކީރިތި ރަސޫލާ ވަނީ ޒަމް ޒަމް ގައި ބަރަކާތަކާއި ޝިފާ އެއް ވާކަށް ވިދާޅު ދެއްވާފައި

 5. ކުސުމް

  އިން ޝާ ﷲ ތިޔަ މީހާ އަށް އެބަލި ޖެހިފައި ނުހުންނާނެ. އާދައިގެ ރޯގާއެއް އިން ޝާ ﷲ. އަވަސް ޝިފާއެއް ދެއްވާށި.

  51
  • ދޯނި

   އާމީން

   27
 6. މުހައްމަދު ޝަފީގު

  އާމީން

  8
  1
 7. ާއަހުމަދު

  އެމީހާ އެކަހެރި ކުރީކޮން ތާކުހުއްޓާ ރާއްޖެއާތާ ކިތައްގަޑި އިރުފަހުން ކިތައްމީހުންނާ ބައް ދަލު ވިފަހުން

 8. އެމަންޖެ

  އިބޫމެން ތިޔަހެންކިޔަންތިބޭ ވައިރަސް ޖެހިފަތިބޭ މީހުންވެސް ގައުމަށްވައްދަމުން.

 9. އަލިފުޅު

  ހާދައަވަހަކައް ނެތޭކިޔާފަދޫކޮއްލަނީ ތިހެން ނުހައްދަވާ މުއްދަތުހަމަވަންދެން ކަރަންޓީންގަ ބަހައްޓަވާ މީމީސްކޮޅު މަދު ކުޑަ ޤައުމެއް

 10. ޢަފީ

  ޢެންމެބާރަށް މިހާރު ކޮވިޑް19 ފެތުރެނީ އިޓަލީގަ. ޢިޓަލީން މީހުން ރާއްޖެ އައުން ވަގުތީގޮތުން ހުއްޓާލަންޖެހޭ، ރައްޔިތުންގެ ފުރާނަޔާ، ދުޅަހެޔޮކަމަށްވުރެ ބޭރުފައިސާ މުހިންމެއްނުވާނެ.

 11. ޔޯ މާމާ ސޯ ފެޓް

  ހުސް ފުލޯކު ވާހަކަ ޕޮލިޓިކަލް ހިޑަން އެޖެންޑާ