ރ. ދުވާފަހުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއްގައި ހާލުބޮޑުވި މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނިޔާވެފައި ވަނީ، އޭނާގެ ހާލު ބޮޑުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެއަށް ގެނެސް ފަރުވާދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވާ ގޮތުގައި، ރ. ދުވާފަރުން މާލެއަށް ދަތުރުކުރި "ގުލްފާމް" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްގައި ހުރި އުމުރުން 66 އަހަރުގެ ފިރިހެނަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 7:34 ހާއިރު މާލެއަށް ގެންގޮސްދީފައިވާ ކަމަށެވެ. އޭނާ މާލެ ގެނައިރު ވެސް ހާލު ސީރިއަސް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހާލު ދެރަވީ ދަތުރުކޮށްފައި ދަނިކޮށް ކުއްލިއަކަށް މެޔަށް ވަރަށް ބޮޑަށް ތަދެއް އެރުމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނިޔާވި މީހާއަކީ މަސްވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާލް

    މަސްވެރިންނަށް މިވަނީ ކިހިނެތްތަ؟ ހާދަ ގިނައިންނޭ ހާރޓް އެޓެކް ޖެހެނީ...މަސްވެރިންނަށް ހާރޓްއެޓެކް ޖެހެން ދިމާވާ ސަބަބު އެބަލަންޖެހޭ ކަންނޭންގެ ޑޮކްޓަރުން

    13
    2