ގެވެށި އަނިޔާ ލިބޭ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ވިލިމާލޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް، އެފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން ޚާއްސަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ނިމޭ އިރު، ގެވެށި އަނިޔާ ރިޕޯޓު ކުރަން ހާއްސަ ހޮޓްލައިނެއް ގާއިމު ކުރައްވާނެ ކަމަށާއި 2022 ގެ ނިޔަލަށް ގެވެށި އަނިޔާ އާއި ގުޅިގެން އެކަހެރި ކުރާ މީހުންނަށް ގާއިމުކޮށްދޭ ހިޔާތަކުގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

މީގެއިތުރުން އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށާއި ސިޓީ ކައުންސިލްގެ ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު އިތުރުވުމަކީ އެކަމުގެ ހެޔޮ ބަދަލު މުޅި ރާއްޖެއިން ފެންނާނެ ކަމެއް ކަމަށާއި އަންހެނުންގެ ކޮމިޓީގެ މަސައްކަތް ކުރުމަށް ބަޖެޓުތައް ހަމަޖައްސައި ކޮމިޓީގެ މެމްބަރުންނަށް މުސާރައެއް ދިނުމަކީ، އެ ކޮމިޓީގެ ހިންގުން ހަރުދަނާވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވެފައެވެ.

"އަޅުގަނޑު ތަކުރާރުކޮށް މި ދައްކަމުން އަންނަ އެއް ވާހަކައަކީ، ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ މުހިއްމު އިސްލާހަކީ ކައުންސިލްތަކުގާ އަންހެނުންނަށް ގޮނޑިތައް ރިޒާވްކުރުންކަން. ކެމްޕޭނުގެ ކޮންމެ ޕޯސްޓަރަކުން، ކޮންމެ އެއްވުމަކުން މިއަދު ބަދަލު ފެންނަން ފަށައިފި." ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ ތިން ސަރަހައްދެއްގައި ޗަިލްޑް ކެއާ ސެންޓަރު ގާއިމްކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން އައްޑޫ އާއި މާލޭގައި ޑޭކެއާ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ އިތުރުންވެސް، ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މުހިއްމު ސިޔާސަތުތަކެއް އަޅުގަނޑުމެންގެ މެނިފެސްޓޯގާ އެބަހުރި. އެއިން އެއް ކަމަކީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޗައިލްޑް ކެއާ ސެންޓަރު ގާއިމްކުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންހެނުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެންދެ ޗުއްޓީ އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އަންހެނުންނަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ވެސް ގައުމީ މަސައްކަތެއް ކަމަށާއި ތަރައްގީގެ ނާރެހަކީ އަންހެނުން ކަމަށެވެ.

މިހާރު އެކަނިވެރި މައިންނަށް ދެ އިނާޔަތަށް ވެސް އިސްލާހު ގެނެސްފައިވާ ކަން ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ާެއެސޮރުއަހަންމަދު

  ކޮބާ އެންޓަނާ އަލީވަހީދު އަދިވެސް މަަގާމުގަ ޖިންސީ ފުރައްސާރަކޮށްފަ ހަމަ ޓެކްސް ލާރިން މާލީ އެހީތެރިކަން ފޯރުކޮށް ދީދީ ތިހުންނަނީ

  16
 2. ޅޮލް

  ތެދުފުޅެއް. ﷲ އިބޫއަށް ހެޔޮވިސްނުންދެއްވައި، އުމުރު ދިގު ކުަރައްވާށި. އާމީން.

  10
 3. ހާރިސުބެ

  ރިޔާސީ އިންތިހާބު ގައި ފުއް ދައް ބުނި ވަޢު ދު މިނިމަމް ވޭޖު ނުފުއް ދިގެން އުޅޭ އިރު ކޮން އަމާޒެއްގެ ވާހަކައެއް !

  16
 4. މަ

  ގެވެށި އަނިޔާ ކުރަން އިތުރު ދޮރެއް. ފިރިހެނުން މަސައްކަތް ހުއްޓާފަ ގޭގަ ތިބޭ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އަނބި ދަރިންނަށް އަނިޔާ ކުރަން

 5. .......

  ގެވެށި އަނިޔާ އަދި އެނޫންވެސް ހުރިހާ އަނިޔާ އަކާއި އަހަރެން ދެކޮޅު...
  ގެވެށި އަނިޔާ ލިބޭފަރާތްތައް ގެންގޮސް ވަކިތަނަކަށް ލުމުން ގައުމުން ގެވެށި އަނިޔާ ފިލާދިޔައީތޯ އެއީ...މައްސަލަ އޭރުންވެސް މުޖުތަމަޢު ގައި އޮތްގޮތަށް އޮތީ...ހައްލަކާ ދިމާލަށް ދަތުރުކުރާ މަންޒަރެއް އެއްވެސް ކަމެއްގަި ފެންނަން ނެތުން އެއީ އިންތިހާ އަށް ގެއްލުމާއި ކުރިމަތިލާންޖެހޭނެ ސަބަބެއް...
  މިއަދު ކަންކަން ތިހިންގާ އުސޫލުން މައްސަލަ ހައްލު ނުވެ އިޖުތިމާއީފޭރާން އަތުން ވީއްލިދާނެކަމުގެ ބިރު އެބައޮތް...
  މުޖުތަމައު ގައި ހުރި ބޮޑެތި މައްސަލަތަކުގެ ކުރެޑިޓް ނަގައިގެން އަމިއްލަ އެދުން ހާސިލް ކުރަން އުޅޭ މަނާޒިރެއް މިއަދު ރާއްޖޭގެ އުދަރެހުން ފޭދިފަ ހުރީ...ރައްޔިތުން ވިސްނަަަަަަަވައިގެން ކުރިއަށް ދިއުމަށް ގޮވާލަން...1980 އިން ފެށިގެން ގައުމު މިދާ މިސްރާބަކީ 100އަހަރުންވެސް އިޔާދަ ކުރަން ދަތިވާނެ ގެއްލުމާއި ކުރިމަތި ކުރުވާނެ މިސްރާބެއް....ތަރައްގީގެ ކުރިން ތަހުޒީބުވެލައްވާ

 6. ާއަހުމަދު

  ޓޮލެރަންސް 0 ކރުންވެސް އަމާޒެއް
  ޥޯޓު ކާރިވީމަ އަމާޒު ވަރަށް ގިނަވާނެ

 7. ޖިންނި

  މިވަރު މަރުމޯލެއް އޭޝިއާ ބައްރުގަ މަދުވާނެ !

  4
  1
 8. އައްޔޫބބބބބބ

  އިހައްދުވަހުވެސް އައްޑޫ ހިތަދޫގައި ރިސޯޓް ބޯއި އެއް އޭނާގެ އަންހެނުން (ނަރުހެއް) ތަޅައި ތިރި އަރުވާލި. ލިބުނު ގެއްލުން ފެންނަންހުރި، ޕޮލިހުންނަކަށް އަދި ޖެންޑަރ މީހުންނަކަށްވެސް ކުރެވުނު ކަެއްނެތް.
  ރިސޯޓްބޯއި ހެޔޮހާލުގައި އެބައުޅޭ.
  މުޅުންވެސް ވާހަކަ ދައްކަނީ. ފިޔަވަޅެއް ނޭޅޭ.

 9. މޮކޮސްބެ

  ބޭކާރު އަނގަ ނުތަޅާ އުޅެބަލަ ވ ތިނަ ދޫ ކަރަންޓީނު ކޮށް ފަ ތިބި ރައްޔިތުން ނަށް އެހީތެރި ކަމެއް ދެވޭތޯ؟

 10. ޑިކްޓޭޓަރ ހުސެންހަލީމް

  މިއޮތީ މިކަލޭގެ ދޮގާ، މަކަރުން ފުރިގެންވާ ވާހަކަ ދައްކާ މޫސުން އައިއްސަ. ކަލޯ ފެށިފަހުރި ކަންކަން ކުރެވޭތޯ ބަލާބަ މީހުން ބޯކާން ނޫޅެ.

 11. އަމާޒު

  އަމާޒު ހިފަމުންދަނީ ދެހާސް ތޭވިހަށޯ ދެން ހުރިހާ ވޯޓް ދޭށޯ އަމާޒައް

 12. Anonymous

  ގެވެށި އަނިޔާ ގިނަވަނީ ރަލާ މަސްތުވާ ތަކެތި ގިނަވާތިީ އެވާހަކަ ދައްކަން ޖެހިލުންވަނީ ކީއްވެތަ