ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރީ ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ރިސޯޓަށް އެންގީ އޭނާގެ ޗުއްޓީ ދަތުރު ހަމަޖެއްސި ޓްރެވަލް އެޖެންސީ އިންނެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން ރިސޯޓަށް އެއްވެސް މީހަކު އެރުމާއި، އެއްވެސް މީހަކު ރިސޯޓުން ފޭބުން މަނާކޮށްފައިވާކަން ރިސޯޓްގައި ހުރި މުވައްޒަފަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިއިން އެއްވެސް މައުލޫމާތެއް އަދި ކަށަވަރު ކޮށެއް ނުދެއެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެ އިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޗިލީ ދެމީހެއް ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދިން ނަމަވެސް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީވިލާތުގެ މީހެއް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރެއްދޫ ރިސޯޓްގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރިސޯޓްގެ ވެއިޓަރަކާއި، ޓްރާންސްފާ ކޯޑިނޭޓަރަކާއި ރޫމް ބޯއީއެއް ޓެސްޓް ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މަމެން

  ސަރުކާރަކުން އެއްޗެކޭ ވެސް ނުބުނެއެއްނު
  ސިއްރު ކޮށްގެން ކެމްޕެއިން ކުރީމަ ނިމުނީ

  115
  4
 2. ފެންނަނީއޭ

  ދުނިޔެ މިހާރު މިދަނީ މަޑުމަޑުން ބޮލު ބަލި މަޑިކަމުގެ ތެރެއަށް ޑައިވް ކުރަމުންނޭ ދުނިޔެއަށް ވަރަށް ބޮޑު މުސީބާތެއް އަންނަން އުޅޭ ކަމުގެ ނިޝާން ތަކޭ މިހާރު ފެނިގެން މިދަނީ އެކަމަކު މިސަރުކާރުން ބަލަނީ މިގައުމުގައި ޑިވައިޑް އެން ރޫލްގެ އުސޫލު ތައް އިސް ކޮށްގެން އަދިވެސް ދައުލަތުގެ ޚަޒާނާ އިން ބޭކާރު ޚަރަދު ކުރެވޭތޯއޭ މިސަރުކާރު މީ ވަރަށް ނާގާބިލް ސަރުކާރެއް ކަން ހުރިހާ ދިމާލަށް ބަލާލުމުން ވެސް ފެންނާން އެބަހުއްޓޭ ސަރުކާރަށް އެބަޖެހޭ ވަރުގަދަ ފިލާވަޅެއް އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދޭން...

  93
  5
 3. ލޯބިވާ ވަޠަން

  ނާޤާބިލް ސަރުކާރުން ރައްޔިތުންގެ ހިމާޔަތުގަ ފިޔަވަޅު އެޅުމަށް ނުކުޅަދާނަވުމުގެ ސަބަބުން ރައްޔިތުން އިންތިހާ ބޮޑު ނުރައްކަލަށް ހުށަހެޅެމުން މި ދަނީ.

  104
  7
 4. ސައްޕޭ

  މިހާ ހިސާބަށް ދިޔައިރުވެސް ލާދީނީ ހަޖާމުބޭބޭ ބުނަނީ ރާއްޖޭގެ ރަށަކުން ބަލިފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވޭނަމަ ކަރަންޓީނު ކުރާކަށް ނުޖެހެޔޭ! ހޭ ބުރާންޗާމެނޭ މިހާރުންފެށީގެންވެސް ރަށްރަށުގައި ކަރަންޓީނުކުރެވޭގޮތް ހަމަޖައްސަންވީ....

  73
  5
 5. މަ

  ބަލަގަ އަދިވެސް ބައެއް ސްޓާފުންތަ ޓެސްޓްކުރަނީ... ހުރިހާ އެންމެނެއް ނޫން ؟؟!!!

  32
 6. ާަަަަަަަަގަގަނެ

  ޙެޖެންްްްޖާ ތަޕަތޭ

  14
  2
 7. ވާނުވާ

  ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާސްކް އެޅުން މެނޭޖްމަންޓް އިން ވަނީ މަނާ ކޮށްފަ. މިކަމުގެ ސަބަބުން މުއައްޒަފުން ވަރަށް ބޮޑަށް ނުރައްކަލަށް ހުށަހެޅޭ

  19
  3
 8. Anonymous

  ސުންޕާ ސަރުކާރެއްމީ ފެށުނީއްސުރެ!މިވައިރަހަކުންވެސް ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޓުއަރިސްޓުން ރާއްޖެއައުން ހުއްޓުވާކަށްވެސް ނޫޅޭ!ލާރިދ މުހިއްމީ ރައްޔަތުންގެ ފުރާނައަށްވުރެން! މިއުޅޭ ނަޝީދުގެ އަނގައިގެ ވިހަ ނުޖެހުނިއްޔާވެސް ހެޔޮ ދޫނުބައި ބުރާންޗެއް

  28
  4
 9. މިރާއު

  މި ނާޤާބިލް ސަރުކާރު އަދިވެސްބަލަނީ ޤައުމު ވިއްކާ/ ބަދަލުދީ ޙަޒާނާ ދިރުވާލަން. އަދި ކޮންމެގޮތެއްހަދާފަވެސް އިންތިޙާބުގައި ގޮނޑިތައްކާލަން. އިދިކޮޅު ޕާޓީ ކުދިންކިޔާގޮތުން އީސީ ޝަރީފުއަށް ޓުއަރިޒަމް މިނިސްޓަރުކަން ދެނީޔޯ އިންތިޙާބު ނަގާދިނީމަ.

  20
  3
 10. ޝޯލާ ސިސްޓަމް

  ބިރެއްނެތިގެންމީސްތަކުންމިތިބަ އުޅޭގޮތެއްދޯ..
  ބިރުވެތިވޭ މީސްތަކުންނޭ..
  ސިޔާސީކަންތަކުގާ އުޅުމުގެބަދަލުގަ ދީނީކަންކަމުގާ
  މަސްެއޫލުވޭ..ގިނަގިނައިން މިސްކިތައްއަރާ އެެެްެްއްކައުވަންތައިލާހައް ދުއާކުރޭ،.
  ޙައްދަވާބޮޑުކުރެއްވިރަސްކަލާކޮއަޅަމެނާއި އަޅަމެންގެ
  ޣައުމު މިނުރއްކާތެރި ކުރޯަދިމުޅިދުނިޔެއިންމިބަލިނެތިކުރައްވާންދޭ ވެ އާމީން...

  33
  5
 11. ނވ ތގ

  ކޮވިޑް ފެތުރޭއިރު ނޮން އެސެންޝަލް ދަތުރުތައް ހުއްޓުވަން ޖެހޭ
  ބައެއް މީހުން ޗުއްޓީއަށް އެބަދޭ ކޮވިޑް ފެތުރޭ ގައުމުތަކަށް. މިސާލަކަށް މެލޭޝިއާ
  އަދި ބައެއް މުއައްސަސާ ތަކުން ޓްރެެއިންނިންނަށް ވެސް އެބަ ފޮނުވާ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް.
  މިސާލަކަށް އެމް.އެމް.އޭ-ރާއްޖޭގެ މަރުކަޒީ ބޭންކް ކޮވިޑް އެގައުމްތަކުގައި ފެތުރެން ފެށިފަހުން މުވައްޒަފުން، އިޓަލީ، މެލޭޝިއާ، ޕާކިސްތާން އިންޑިއާއަށްވެސް ފޮނުވާފައިވޭ... މިއީ މުހިއްމު ޓްރެއިނިންތަކެއްވެސް ނޫން

 12. އެނޯ

  ޝައްކު ކުރެވޭ މީހުން ޓެސްޓްކުރުން ވަރަށް ރަނގަޅު ކަމެއް ތިޔަކުރައްވަނީ. ޓެސްޓްކުރުން އަދިވެސް ފުޅާކުރައްވާ.>>>އެންމެ ޝައްކުވާ މީހުން، ދެވަނަ، ތިންވަނަ މިގޮތައް މި ރިސްކް ކެޓެގަރީތައް ކަނޑައަޅުއްވާ. މިހާރު އާއްމުން އަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟ މިއަދު މިހާލަތުގަ؟ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަށް ވަރަށް ސާބަސް. ކުރިޔަށް ތިޔަގޮތަށް ވަޑައިގަންނަވާ. ތ. މެންބަރު އަފީފު ކިޔާ އެއްޗެއްސަށް އަޅާނުލާ.

  5
  2
 13. އޭ.އެމް.އެފް.3

  ކޮންމެ ބޭފުޅަކުވެސް އެއްޗެހިގޮވަނީ އެއިރެއްގަ އޮންނަސަރުކާރަށް. ޢަޅެނޫންތަ!
  ތިމާ އިސްލާޙް ވާންވީ، އަމިއްލަނަފުސު މިކަހަލަ ހުރިހާ ވަބާ އިން ސަލާމަތް ވުމަށް މަސައްކަތްކުރުމަކީ ފަރުދީ ގޮތުން ލާޒިމްކަމެއް. ޝައިޠާނާގެ އަވާގައިޖެހިގެން ކުރާ ނުބައި އަމަލުތަކުގެ ޖަޒާލިބޭނީ އެކަންކުރިމީހަކަށް، ވީއިރު ސަރުކާރުން ހިމާޔަތްދެވޭނެތޯ؟ މަސްތުވަނީ އަމިއްލައަށް ޒިނޭކުރަނީ ހަރާމްކަމަކަށް އަރައިގަތުމަށް މިނޫނަސް މިފަދަ ބޮޑެތި ފާޙިޝް ޢަމަލުތައް ކުރީމަ އެއްވެސް މީހަކަށް ކީއްކުރަން ސަރުކާރަކަށްވެސް ޒިންމާއެއްނުނެގޭނެ. ދީނުގައި އޮންނަގޮތަށް ޒިނޭގެ އަދަބު 'ރަޖަމް ކުރުން' ސަރުކާރުން ހުކުމްކޮށް ތަންފީޒްކުރާނަމަ ތިބާގެ އަހުލުންނާ އެކުވެރިން އިސާހިތަކު މަދުވެދާނެ. ޑްރަގް ހޯދާ ބޮނީ ސަރުކާރުން ހުއްދަދީގެންތަ! މަކޮޔާ ތިމާ ﷲއަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވީމާ ބޮޑެތި މުސީބާތްތަކުން ސަލާމަތްވެ ކޯފާއިން މިންޖުކޮށްދެއްވާނެ. ޔާﷲ އަޅަމެންގެ ތެރެއިން މިފަދަ ނުބައިފާޙިޝް އަމަލުތައްކުރާމީހުންނަށް އެކުރިކަމެއްގެ ޖަޒާ ދެއްވާ ހެޔޮވިސްނުންދެއްވާ އެބައިމީހުން އެފަދަނުބައި އަމަލުތަކުން ދުރުކުރައްވާދޭވެ. ޢުޤޫބާތަކީ އާންމުއެއްޗެއްކަމުގައި ލެއްވިޔަސް ޞާލިޙްއަޅުން ނަޖާކުރައްވާ ދިންނަވާނދޭވެ. ޔާﷲ ޔާރައްބުލްޢާލަމީން.

 14. ޙިކާަ

  މީން އެގުނީ ސްކްރީންކުރަނީ ރާއްޖެއަތް އެތެރެވާއިރުކަން
  ކީވެތޯ ޑޮމެސްތިކުން ފުރާއެންމެނވެސް ސްކްރީން ނުޖުރެވެނީ ކުރެވޭނަމަ މީހުނައް ރަށްރަށަކައް ދިއުމުގެ ފުރުސހަތު ކުޑަވާނެދޯ

 15. ޖަޖް

  ސަރުކަަރު މިހާރު ހޭ އަރަންވެއްޖެ އެއްނޫންތޯ؟