ޅ.އަތޮޅު ނައިފަރުގައި މިވަގުތު ތިބި ކުރެއްދޫ އައިލެންޑް ރިސޯޓްގެ މުވައްޒަފުން އާއްމުންގެ ތެރެއަށް ނުނިކުންނަށް ނައިފަރު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ނައިފަރު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ފަރާތްތަކާއި މިތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ނައިފަރުގައި ހުންނަ ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅުއްވައި މައުލޫމާތު ޙިއްޞާ ކޮށްދެއްވުން އެދޭކަމަށެވެ. އަދި މިފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން ޢާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތމާސްކުރާކަމަށް ވެސް ކައުންސިލް އިދާރާ އިން ބުންޏެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ނައިފަރަށް ގެނެވިފައިނުވާކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމުގެ ރިޕޯޓް މިއަދު ވަނީ ލިބިފައެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން ރިސޯޓަށް އެއްވެސް މީހަކު އެރުމާއި، އެއްވެސް މީހަކު ރިސޯޓުން ފޭބުން މަނާކޮށްފައިވާކަން ރިސޯޓްގައި ހުރި މުވައްޒަފަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ރިސޯޓަށް އެންގީ އޭނާގެ ޗުއްޓީ ދަތުރު ހަމަޖެއްސި ޓްރެވަލް އެޖެންސީ އިންނެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރެއްދޫ ރިސޯޓްގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރިސޯޓްގެ ވެއިޓަރަކާއި، ޓްރާންސްފާ ކޯޑިނޭޓަރަކާއި ރޫމް ބޯއީއެއް ޓެސްޓް ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޭމަރީ

    އަދިވެސް އިޓަލީ މީހުން ގެންނަށް ޖެހެޭ

    10
  2. ޖުނައިޒު

    އިޓަލީ ގެ ފަތު ރުވެ ރީން ރާއްޖެ އައުން މަނާ ކޮށް ބަލަ.. ކިހާދެ ރަކަމެއް.. އީ ރާން އަދި ކޯ ރެއާ ހުއްޓުވާފަ އިޓަލީ ވީމާ ނުހުއްޓުވަން ވެގެން ތި އުޅޭ ސަބަބު ކިޔާ ދީބަލަ؟

    12
  3. ޕާޓީ

    އިޓަލީއިން މީހުން ރާއްޖެ އައުން ނުހުއްޓިގެން މި އުޅެނީ ކޮން ކަމަކާހޭ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    10