ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތް ހާމަކުރަން ހެލްތު މިނިސްޓްރީން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް އިންތިޒާމްކޮށް މީޑިއާތަކަށް ދައުވަތު ފޮނުވައިފިއެވެ.

ކުރިން ރޭވިފައި ނެތް ނޫސްވެރިންގެ ބައްދަލުވުމެއް ކުއްލިއަކަށް އޮތްކަން އިންތިޒާމްކޮށް ފޮނުވާފައިވާ ދައުވަތުގައި ބުނެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 23:30 ގައި ކަމަށެވެ.

ރާއްޖެ އިން އަދި މިހާތަނަށް ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް އިޓަލީވިލާތުން ރާއްޖެ އައި ފަތުރުވެރިޔަކުގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން މިއަދު ވަނީ ކަރަންޓީން ކޮށްފައެވެ. އަދި އިއްޔެ ވަނީ ދިވެއްސަކު ގައިން ބަލީގެ އަލާމާތްތައް ފެނިގެން ވެސް ކަރަންޓީން ކޮށްފައެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިޔަކު އިޓަލީވިލާތައް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާތީ ކުރެއްދޫ ރިސޯޓަށް މީހުން އެރުމާއި އެރަށުން މީހުން ފޭބުން މަނާކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ ވަނީ ލިބިފައެވެ. އަދި އެރަށުގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފުނޑެނީއޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ މިއިން އެގިގެންދާ އެއްޗަކީ މިސަރުކާރަކީ އެއީ ނާގާބިލް ސަރުކާރެއް ކަން މިސަރުކާރުން ހީވަނީ ކޮވިޑް 19 ރާއްޖެ އަށް ނައިސްގެން އުޅޭ ސަރުކާރެއް ހެންނޭ ދެން މިއޮތީ ވާނެ ހަތަރެތި ވެފައޭ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުނޑިގެން ދަނީއޭ...

    14
    4
  2. ވިއްކާލަނީއޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ ރާއްޖެ އަށް ކޮވިޑް 19 ޖެހިގެން މީހުން އެތެރެވަނީ އެއާރޕޯރޓް އިން ކަމަށްވާއިރު އެކަން ރަނގަޅަށް އެއާރޕޯރޓް އިން މޮނިޓަރ ކުރެވުނު ނަމަ ރިސޯރޓާއި ހަމަ އަށް މިކަން ނުދާނެއޭ ދެންކަމަކީ...

    14
  3. ވަނީއޭވަނީއޭ

    ކޮވިޑް ދުނިޔޭގައި އުޅޭ ކަން މީގެ ދެމަސް ދުވަސް ކުރިން މިސަރުކާރަށް އެނގިފައިވާ އިރު ވެސް ރައީސް އިބޫ މިކަމުގައި އެއްވެސް ޕްރިކޯޝަނަރީ މެޝަރސް ތަކެއް ނަގާފައި ނެތޭ އަބަދުވެސް ބަލަނީ އެމްޑީޕީ އަށް ލޯކަލް ކައުންސިލް އިންތިޚާބު ލިބޭނީ ކިހިނެއްތޯއޭ އެކަން ނުކުރެވިގެން ފަޔަށް ހިނިއަރައިގެންނޭ އުޅެނީ އަދި އެކަމުގައި އެމްޑީޕީ މެމްބަރުން އެޑިކްޓް ވެފައި ތިބުމުން ޕީޕީއެމަށް ކޮވިޑް ޖައްސާފައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަމޭ ބުނެ ކުފުރުވަނީ

    21
  4. ވެފައޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ މީ މަމެން ހިތާމަ ކުރާ ކަމެކޭ ފެއިލް

    13
  5. Anonymous

    ހެދިކާ މިނިސްޓަރު

    13
  6. ޑޯންވޮނާ

    ކުރެއްދޫ ރިސޯރޓަށް މީހުން އަރާ ފޭބުން އެއީ މަމެން ހިތާމަ ކުރާ ކަމެކޭ މިރާއްޖެ ދިސް..

    9
    1
  7. ދަނީއޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ މީރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރެންދާއިރު ރާއްޖޭގެ ޓޫރިޒަމް ތާރީޚް ގައި ކަޅު އަކުރުން ލިޔެވިގެންދާނެ ކަމެކޭ ދަނީއޭ...

    10
    1
  8. ޑޯންވޮނާ

    ކޮވިޑް 19 ރާއްޖެ އަށް ނައިސްގެން މަޖްލީހުގެ ރައީސް އާއި ރައީސް ދެކުނު ހުވަފެން ވަނީ ހަގީގަތަކަށް ވެފައޭ މިސަރުކާރަކީ އެއީ ޒިންމާ ދާރު ކަން ކުޑަ އެހެން މީހުންގެ ބޮލަށް ކަންކަން ވަރަށް ފަސޭހައިން ކަނޑާލަން ދަންނަ ސަރުކާރެކޭ މަމެން ދިސް...

    18
  9. ދޭޑޯންޓް

    ކެނެރީގެ ނަޝީދު ރާއްޖެ އަށް ކޮވިޑް 19 ނައިސްގެން ފަޔަށް ހިނިއަރައިގެން އުޅޭ މީހެއް ގޮތަށް އުޅެ އަދި ކޮވިޑް 19 ޖެހިފައި ތިބި ރަށެއްގެ ބަޔަކު ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށް ބުނުން މީ މުޅި އިންސާނީ ނަސްލަށް ވެސް ހުރި ނުރައްކާތެރި މެެސެޖް ތަކޭ

    14
    1
  10. އަލާމާތޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ މީ މަމެން ވަރަށް ހިތާމަ ކުރާ ކަމެކޭ މިރާއްޖޭގެ ކަމުގެ

  11. ކޮބައިތޭ

    ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފި ނަމަ މިއިން އެގިގެންދާ އެއްްޗަކީ އެއީ މިސަރުކާރަކީ އެއީ ކަން ކަން ކޯރޑިނޭޓް ކޮށްގެން ކަންކަން ރަނގަޅަށް ސިސްޓަމެޓިކް އުސޫލުން ކުރަން ނުދަންނަ ސަރުކާެރެއް ކަމަށޭ މަމެން ނަށް ޚަބަރު ލިބޭ ގޮތުގައި މިހާރު ނައިފަރު ހޮސްޕިޓަލުގެ ޑޮކްޓަރު ވަނީ ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ކަރަންޓީން ކޮށްފައޭ ނައިފަރު ރައްޔިތުންނަށް އެކަން އިނގޭބާ ނައިފަރު ރައްޔިތުންގެ ސަލާމަތާއި ރައްކަލަށް އެޅުނު ފިޔަވަޅަކީ ކޮބައިތޭ ނެތްދޯ

  12. މަރާނުލާނަމޭ

    ކެނެރީގެ ނަޝީދު ވަނީ ކޮވިޑް 19 ރާއްޖެ އަށް ނައިސްގެން އެކަމަށް ދައުލަތު އަރުވާފައި އަދި ރައީސް އިބޫ ވެސް ހަމަ ވަނީ އެމަގުން ވާހަކަ ދައްކާ އެކަމަށް ހިތްވަރު ދެއްވާފައި ލޯ

    10
    1
  13. ަައައްނި

    ރާއްޖެ އައް ކޮރޯނާ ވައިރަސް އައީ ކުރީގެ ސަރުކާރާހެދި