ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބުރާސްފަތި ދުވަހު ހަވީރު ކަރަންޓީންކޮށް، ޓެސްޓް ކުރި ދިވެހި މީހާ އަށް ބަލި ޖެހިފައި ނުވާކަމަށާއި އޭނާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ނަމަވެސް މިހާރު ވެސް ހަ މީހަކު ރާއްޖޭގައި ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޮވިޑް-19ގެ އަލާމާތްތަކާއެކު އިތުރު ދިވެއްސެއް ވަނީ ރިޕޯޓްކޮށްފައި ކަމަށެވެ.

އޭނާ އަކީ ކޮން ގައުމަކުން އައި މީހެއް ކަމެއް، އަދި އޭނާ އެކަހެރިކުރި އިރު ހުރީ ކޮންތަނެއްގައި ކަމެއް އެޗްޕީއޭ އިން ވިދާޅުވެފައެއް ނުވެއެވެ.

މިހާރު ކަރަންޓީން ކޮށްފައި ތިބީ ރާއްޖެ އިން ބޭރުން އައި ދިވެހި އަންހެނަކާއި އޭނާގެ ދަރިފުޅު، އަދި ވ.އަތޮޅު ތިނަދޫން މިއަދު ކަރަންޓީން ކުރި ތިން ފަތުރުވެރިންނާއި، ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަލްހަމްދު ލިﷲ

    12
  2. ދުލީ

    އަލްޙަމްދު ލިﷲ

    10
    1
  3. ހެޔޮއެދޭ ފަރާތެއް

    ٱلْحَمْدُ لِلَّٰهِ ޝުކުރު.
    މާތްﷲ މި ލޮބުވެތި ޤައުމުގެ އެންމެހާ ރައްޔިތުންނާއި އިސްލާމީ އުންމަތް މި ނުރްއކާތެރި ވަބާއިން ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވާށި. އާމީން...

    6
    2