ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން އަދި ނިންމާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު މި ބަލި 80 އަށް ވުރެ ގިނަ ގައުމުތަކަށް ވަނީ ފެތުރިގެން ގޮސްފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު އެއް ލައްކައަށް ވުރެ މައްޗަށް އަރާފައިވާ އިރު، ބަލީގެ ޝިކާރައަކަށް ވެގެން 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބައެއް މީހުން ރާއްޖެ އިން ފެންނަމުންދާތީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. ބައްޔަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރުމަށްޓަކައި އެކަހެރި ކުރަމުންދާ އިރު، މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖެ އިން އަދި ނުފެނެއެވެ.

ނުރައްކާތެރި ބައްޔަށް ޝައްކު ކުރެވޭ މީހުން އުޅުނު ބައެއް ރަށްތަކަށް އެރުމާއި ފޭބުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ވ. ތިނަދޫ އާއި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓު ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް "ވަގުތަށް" ވިދާޅުވީ އިންތިޚާބު ފަސް ކުރަން ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ ފަރާތަކުން ކައުންސިލް އިންތިޚާބު ފަސް ކުރަން އިރުޝާދު ދީފި ނަމަ، ކައުންސިލްގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"ކޮވޮޑް-19 އާ ގުޅިގެން އިންތިޚާބު ފަސްކުރަން އަދި ނުނިންމަން. ކަމާއިބެހޭ ފަރާތްތަކުން ކައުންސިލް އިންތިޚާބު ފަސްކުރަން އިރުޝާދު ދެއްވައިފި ނަމަ އަޅުގަނޑުމެން ކައުންސިލްގައި އެކަމާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ނިންމި ގޮތެއް މީޑިއާ އަށް ހާމަކުރާނަން،" އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ގިނަ އިން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެންދެރި

    ރައްޔިތުންނާ ދޭތެރޭ ނުވިސް ނަނީ އެވެ.

  2. ާާާޢަލީ

    ކީއްތަވާނީ ލަސްކުރިއްޔާ..ކަލޭމެން މާތްﷲ އަށްބިރުވެތި ނުވަނީތަ ހޭދެބައިވެގެން ވެރިމީހާވެސް އަދިވެސް ކެންޕޭނުގަ..ކޮންފަދަކަމެއްތަމީ...ފަސްކުރިޔަސް ތިޔަކަންވެދާނެނުން ވޯޓުލެވިދާނެނުން އިންޝާﷲ..

    11
    • ޙަމަހަމަ

      ޢެހެންޔަ، ޜައްޔިތުންގެ ތާއީދު އޮތިއްޔާ ފަހުންވެސް އޮންނާނެތާ ދޯ.

  3. Anonymous

    ހައުދަހާ ނުބައިވެރިކަމެކޭ މިކުރަނޫ. ދީނުގައި އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރިއްޔާ މިމީހުންނަށް ކަމެއް ވަނީތަ. ޙައިރާންވޭ.މިފަދަ ނުބައި ވަބާއެއް ފެތުރޭ އިރުވެސް ފިޔަވަޅު ނާޅާ ކެމްޕޭން ކުރުމުގައި. ހެޔޮނުވާނެ . ސްކޫލް ތައްވެސް ބަންދު ކޮށްގެން އެއްވެ އުޅޭ ކަންކަން ހުއްޓުވުމަށް ދިވެހި ސަރުކާރަށް ގޮވާލަން.

  4. ޙަމަހަމަ

    ޢެހެންތާވާނީ، ނަށީ ދު ބޭނުންވަނީ މިގައުމުގަ ކޮރާނާފެތުރެން. ޢޭރުންތާ އޭނަ ކޮންމެފަ ދަ ޖަރީމާއެއް ހިންގިޔަސް މުޒާހަރާއެއްކުރަންވެސް ރައްޔިތުންނަށް ނުކުންނަން ނުކެރޭނީ.

  5. އެމަންޖެ

    ކަލޭމެން ތިބޭ ތިޔަ އިންތިހާބެއް ބާވަބާވަ މިޔައެއް ވޯޓުލާކައް ހަމަ ގައިމުވެސް ނުދާނަން، އަދިވެގެން ވިއްޔާ ތިޔަ މޑޕ އަށް މީހަކު ވޯޓުލިޔަވެސް ނިދޭނަން.

  6. ގަމާރު

    އޭ ކަލޭމެން އީސީގަ ތިބެނީ ދިވެހިރައްޔިތުންގެ ޙާދިމުންގެ ގޮތުގައި. މިތާ މިވަގުތު އޮތް ހާލަތުން ކޮންމެމީހަކުވެސް އެމީހެއްގެ ސިއްހަތާ ފުރާނަޔައް އިސްކަންދޭނެ. މިޙާލަތުގަ އޮއްވަ އިލެކްޝަން ބޭއްވުމުން ކިތައްމީހުން ބިރުން ނުދާނީ؟ ހުރިހާއެއް މެނައް ލިބިފައިއޮން ޙައްްޤެއް ހަނިކުރެވޭގޮތައް މަސައްކަތް ނުކުރޭ!

  7. އެންދެރި

    ވަރަށް މުހިއްމުވާނެ އިންތިކާބު ކޮންމެހެންވެސް ބާއްވާތީ އެނޫނިއްޔާ ތި ބައިގަނޑަށް ނުވެސް ނިދޭނެ ކިހާ ބޮޑުކަމެއް

  8. ކޮމެންޓު

    އާހުރިހާ ޚަރަދު ތަކެއް ކުރަންވާނެ. އޭރުން ފަހު ވަގުތު ކެންސަލްކޮށްފަ އަލުން އެޚަރަދު ތައް ކުރެވޭނީ ބައިއެޅޭ މީހުން ގިނަވާނު ރަށްޔިތުންގެ ފައިސާއިން