ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިއެއްގެ ގައިން ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ފަރަންސޭސިވިލާތުގެ ދެ ފަތުރުވެރިއެއްގެ ގައިންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ދެފަތުރުވެރިން ތިބީ ސަމަރ އައިލޭންޑް ރިސޯޓުގައި ކަމަށެވެ. އަދި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން، މޮނީޓާކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް އެމީހުން ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ އޭޖެންސީން ވިދާޅުވިއެވެ.

"އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން މިވަނީ ވަގުތީ ގޮތުން ހުއްޓާލާފަ. މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދެވޭނެ" އެޗްޕީއޭ އިން ވިދާޅުވިއެވެ.

ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ދެ ފަތުރުވެރިއެއްގެ ގައިން ފެނިފައިވާތީ، އެ ރިސޯޓަށް އަރައި ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ފަތުރުވެރިއަކު މިއަދު ފެނިފައިވާއިރު، ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައި މީގެ ކުރިން ޗުއްޓީ ހޭދަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރޯނާ

    ޢިންސީންނަކީ ހާދަ ނުލަފާބައެކޭ... ހަމަ ވެކޭޝަން ހަދާލަންވެގެން ދެން ތިބިހާ ބަޔަކު ނުރައްކަލައް ހުށައަޅާފަ... އެބައެއްގެ ގައުމުގަ ހިމޭނުން ތިބިއްޔާ މި ބަލި ފެތުރޭލެއް މަދުވާނެކަން ކާމަ ބެހާ ޖަމިއްޔާތަކުން ގޮވާއިރުވެސް... ކުޑެކުދިންނާ މުސްކުޅިންވެސް ހޭވައްޓާފަ އެކި ގައެމުތަކައް ދަތުރުކުރުމުގަ...

    49
    4
  2. ބުރުތުގާލް

    މައިން ބަފައިން ދަރިންނަށްޓަކައި ކުރާ ދުޢަަާ އިޖާބަކުރަށްވާ ރިސޯޓްގައި މަސައްކަތް ކުރާ ކުދިން ނަށް ޓަކައި އެކުދިންގެ މައިން ބަފައިން ދުޢާ ކުރައްވާ ދެއްވާ އިޖާބަ ދެއްވާނީ ﷲ ގިނަފަހަރަށް ކާރިސާ ތައް ދިމާވަނީ އިންސާ ނުން ކުށް ފާފަ ކުރާލެއްގިނަވެ ބޮޑާ ކަމުގައި ހައްދު ފަހަނަ އަޅާ ދިއުމުން އިންޒާރު ދެއްވުމުގެ ގޮތުން މީގެ ދުވަސް ކޮޅެއް ކުރިން ޗައިނާ ސަރުކާރުން އިސްލާމް ދީނަށް ގޮންޖަމުން ގޮސް ގްރުއާނަށް ބަދަލު ގެންނަން އުޅުނީ މުސްލިމް އާއިލާ ތައް ކަރަންޓީނު ކުރުމުގެ ސަބަބުން އެގައުމު ކަރަންޓީނު ވެފަ އެއޮތީ އިހައްދުވަހު އިންޑިޔާ ގެ ސަރުކާރުން ކީރިތި ގްރުއާން އަންދާ އެލީ އިއްޔެ އެގައުމަށް އެއައީ ބިން ހެލުމެއް މީ ވިސްނާ ލަން ވީ ވަގުތު ﷲއަށް ބިރުވެތިވެ އެހީ އަށް ދަންނަވާ ތައުބާވާ މީހުންނާ ސާފު ތާހިރުވާ މީހުންނަށް ﷲ ލޯބިކުރަށްވާ

  3. ޙަމަހަމަ

    ޥެރިކަން ހޯ ދަން އުޅުނުއިރު ނަށީ ދު ދިޔާއީ ބޭރު ގައުމުތަކުގައި ރާއްޖޭގެ ރީސޯޓުތައް ބޮއިކޮޓްކޮށް އިގުތިސާ ދު ފުނޑާލަން އާ ދޭސް ކުރަމުން. މިހާރު ވެރިކަން ލިބި، ޑޮލަރު ވަންނަނީ އޭނަގެ ޖީބަށް ވީމަ ކޮރޯނާވައިރަސް އައިސް ރައްޔިތުން މަރުވިޔަސް ހެޔޮކަމަށް އެހުރީ އެއްވެސް ހިފެހެއްޓުމެއްނެތި ފަތުރުވެރިން އެތެރެވާން ދީގެން.

    30
    1
  4. އެމަންޖެ

    ސަރުކާރު މިކަމުގަ ކުއްވެރިވަނީ، މިގައުމައް އައުމާ ދިޔުންވެސް ސަރުކާރަށް މަނާކުރެވޭނެ.،ސަރުކާރު ފެއިލްވެފަ އިސްތިއުފާ.

  5. ލާމް

    ކޮން ފްލައިޓް އަކުން އައީ؟ ވަގުތު ނޫހުން ޗެކްކޮށްލަ ދީބަލަ؟