އައްޑޫ ސިޓީގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ޕްރޮޖެކްޓުތައް ބަލާލުމަށް ކަމަށް ބުނެ އެޤައުމުގެ ސަރުކާރުގެ އިސް ވަފުދެއް އައްޑޫ އަށް ދަތުރެއް ފަށައިފިއެވެ.

މިހާރު މި ވަފުދުގެ ބޭފުޅުން އައްޑޫ ގައި ހަރަކާތްތެރިވަމުން ދާއިރު، އެފަރާތްތަކުން ދަނީ އައްޑޫގައި ކުރިޔަށްދާ ބައެއް ޕްރޮޖެކްޓުތައް ހިންގަމުންދާ ސަރަޙައްދުތަކަށް ޒިޔާރަތް ކުރަމުންނެވެ.

އައްޑޫއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާ ވަފުދުގައި އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އަމިތު ނަރަންގާ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން އެޤައުމުގެ އިސް ބައެއް އެނޫންވެސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެބޭފުޅުން އައްޑޫއަށް މިހާރު ކުރައްވާ މި ދަތުރުފުޅާއި ގުޅޭގޮތުން ބުނެފައިވަނީ، ވަފުދުގެ ބޭފުޅުން އައްޑޫއަށް ވަޑައިގަތީ އެ ސިޓީގައި އިންޑިއާގެ އެހީތެރިކަމާއެކު ކުރިޔަށްދާ ޕްރޮޖެކްޓުތައް ބަލާލުމަށް ކަމަށާއި، އޭގެތެރޭގައި އައްޑޫގައި އަޅާނޭޝަނަލް ޕޮލިސް އެކަޑަމީ އާއި، އައްޑޫ ސިޓީގެ މަގުހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކުގެ އިތުރުން މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫޢުތައް ހިމެނޭ ކަމަށެވެ.

އައްޑޫއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ވަފުދުން ވަނީ، މި މަޝްރޫޢުތައް ބައްލަވާލެއްވުމަށްފަހު އެ ސިޓީގެ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

 

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެންމެ ބޮޑު މަޝްރޫޢަކީ އައްޑޫގައި އަޅާ ނޭޝަނަލް ޕޮލިސް އެކަޑަމީ އެވެ. މި މަޝްރޫޢު ކުރިޔަށް ގެންދާ ސަރަޙައްދަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ނުހަނު ބޭނުންތެރި އަދި މުޙިންމު ސަރަޙައްދަކަށް ވާއިރު، އެތަނުގައި މިފަދަ އިމާރާތެއް އަޅައި ފަތުރުވެރިކަމަށް ބޭނުން ނުކުރެވޭ ގޮތަށް "ހިސޯރު" ކޮށްފައި ވާތީ ގިނަ ބައެއްގެ ނުރުހުންވުން އެކަމަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ އެހީތެރިކަމާއެކު ޕޮލިސް އެކެޑަމީގެ ނަމުގައި ބޮޑު ސަރަޙައްދެއް ނަގައި އިމާރާތް ކުރަމުން ދާއިރު، އެ މަޝްރޫޢާއި ގުޅޭގޮތުން ގިނަ ބަޔަކު އެކި ތުހުމަތުތައް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ވިއްކާ

  މުޅިޤައުމު ވިއްކާލާ

  20
 2. ޤައުމު

  ޢޮޅުވާނުލާ ތީޓްރޭނިންގްސެންޓަރެއްނޫން އިންޑިއާގެ މިލިޓްރީ ބޭސްއެއް ހަނގުރާމައިގެ ބޭސްއެއް
  ޢޮޅުވާނުލާ
  ސަބްމެރިން ސާވިސްކުރާހެނގަރު 10،000 މީހުންގެ ނިދުން
  ޤައުމުމިވަނީ ނުރައްކަލުގާ ދެންމިޤައުމުން އިންޑިއާގެ ގެރިތަކެއް ނުފައިބާނެ ނުވެސް ބޭލޭނެ
  ޢަދިވެސް ހޭބަލިވެގެން ޤައުމުފަނާކުރާ އެމްޑީޕީ އަށް ވޯޓުދީ 19 ވަރަށް ތަފާތުވާނެ ދޮގާމަކަރާހީލަތާ ލޮލް

 3. ވިސްނާލުމަށް އެދެމޭ

  އެއްމެކުރިން މިފަ ދަ ޙަބަރުތައް ދިވެހިން ހޭލައްވާލަނީ މީގެކުރިން ވަގުތުނޫސް..މިއަ ދު ލިޔާނެ ޙަބަރުތަހުސްވީމަ ގެނެސް ދެނީ ވަގުތުނޫސް..ރައްޔިތުންގެ ލޯތްބާ ގަ ދަރު ވަގުތައްޓަކާ ހުސްކޮއްލީ ވަގުތުގެ ވަތަނީ ދީނީ ވަރުގަ ދަ މަސައްކަތްފެނިފަ..ވަގުތަށް ކަމޭހިތާ ވަގުތުގެ އަގު ވަޒަންކުރާ ވަރުގަ ދަ ބަތަލުންތަކެ ވަގުތުނޫހުގައުޅުނު..އުޖޫރައެއްނެތި ގައުމުގެ ހައްގުގަބަސްބުނި ވަރުގަ ދަ ފަހުލަނުންކޮބާމިއަ ދު.އުޖޫރައެއްނެތިއޭ މިބުނީ ވަޒީފާއިންލިބޭ މުސާރައަށްވުރެ އަގުބޮޑު ޙި ދުމަތެ ވަގުތުނޫސްވެރިންކުރި. ގައުމުގެ ދިފާއުގަ ކުރަންޖެހޭ ލައްކަމަސައްކަތް އެބަހުރި މިސަރުކާރުން ހިންގާ ނުހައްގު މަކަރުވެރި އެތައްކަމެ ފަސްއެޅި ފޮރުވިފަހުރީ މީޑިޔާގެ ޒިންމާ އަ ދާނުކުރާތީ. އިންޑިޔާގެ ދި ދަ ޖުމްހޫރީމައި ދާނުގަ ނުނަގާތީ މިނިވަން ގައުމެއްގެ ގޮތުގައޮތީކަމަށް ވެ ދާނެ މީޑިޔާގެ ނަޒަރުގަ..ކޮއްމެ ޖުލައި26ގަ މިނިވަން ދުވަސް ފާގަކޮށް ޖުމްހޫރީ ދުވަސް ފާގަކޮށް ގައުމީ ދުވަސް ފާހަގަކުރުމުން މިނިވަންކަމާ އިސްތިގުލާލު ރައްޔިތުންގެ ވެރިކަމެއޮތީކަމަށް މީޑިޔާއަށް ގަބޫލުކުރެވެންޏާ ލިޔަންޖެހޭނެ ވާހަކައެނޯންނާނެތާ.

 4. ހުސޭނުބޭ

  ވިއްކާފައި ހުރި ތަންތަން ބަލާލަން އައި ވަފުދެއް!

  13
 5. ކޮރަކަލި

  ވިއްކާފައި ހުރި ތަންތަން ބަލާލަން އައި ވަފުދެއް!ހުސޭނުބޭ ބުނީ ހަމަތެދެއް

 6. ާަާަަައަސްލު

  އަޅުވެތިވާއިރުވެސް މިތިބެނީ ހަމަޖެހިފަ..!؟ ދުނިޔޭގަ އިންޑިޔާމީހުން ވަޒަންވެރިނުވެވިއޮތް މަދުގައުމުގެތެރޭގަ ރާއްޖެ ހިމެނޭ އަލްހަމްލިﷲ..ލާދީނީ ބައިގަނޑު މިގައުއަޅުވެތިކޮއްފި...ރައްޔިތުން ވިސްނާ.!!

 7. ދ

  ތިޔަ އަތޮޅުގާ ޥެރިކަމެއް ކުރާ ވާހަކަ 8ނި ގެ އައްޑޫދަތުރެއްގާ ބުނުމުން އޭގެމާނަ ތިޔަދަނީ ފެއްނަމުން! ދެން ޔެލޯކިޑްސް އަތްޖަހާ!

 8. އައްޑު

  މި ރާއްޖޭގެ އެންމެ ގަމާރު މީހުން ތިބި ތަން. އާންމު ރައްޔިތުން ގެ ވަޅު ނުލިބިގެން އާދޭސް ކުރަނިކޮށް އިންޑިޔާ އަށް ކޮންފަދަ ބޮޑު ތަނެއްތޯ އެހެރަ ދިނީ. އެކަމަކު އަދިވެސް އައްޑޫ ގަމާރުން ތިބީ ނިދާފަ. ޖާހިލު އަންނި ފަހަތުން ދުވެ ނަގަނީ.

 9. އެމްޑީޕީ ބުރޯ

  ހެހެހެ، ވިއްކަންވީ ? މުޅި އައްޑޫއަތޮޅުވެސް ވިއްކަންވީ! ވިއްކާއިރު އެއަތޮޅުގެ ރައްޔަތުންނާއިއެކު ވިއްކަންވީ!ހުވަދުއަތޮޅުވެސް ވިއްކަންވީ! ހުވަދުއަތޮޅު ވިއްކާއިރު އެއަތޮޅުގެ ރައްޔަތުން އަޅުންގެ ގޮތުގައި އިންދިޔާއަށް ވިއްކަންވީ!އަދި ވަކިންހާއްސަކޮށް ގއ.ވިލިގިލި ? އޭރުން މިއުޅޭ ބޯގަޅި ސައުދުމެނަށް ހުންނާނީ ވަކި ސަރުކާރުހެދިފަރަނގަޅަށް? އޭނަ އަނދުންހުސޭނަށް ކުރާ ދުއްތުރާ ގެ ރަހަ އޭރުން އޭނަޔަށް ފެންނާނެ ރަނގަޅަށް???

 10. ސުޓޫޑެންޓު

  އަހުންނަށް ކިޔަވާ ދިނީވެސް އިންޑިއާ މީހުން 1994