މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްއާރްއެމްގެ އާއްމު މެންބަރުން ތާއީދު ކުރެއްވުމަށް އެދިވަޑައިގެންފިއެވެ.
ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީންނާއި އެމްއާރްއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް އެއްވެސް ބެފުޅަކު ވާދައެއް ނުކުރައްވައެވެ. އެހެންކަމުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ޕާޓީގެ ލީޑަރުންނާއި މެންބަރުންގެ ތާއީދު އަލްހާނަށް ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަަށެވެ.
އަލްހާން އަކީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ޑީއާރްޕީންނެވެ. އޭގެފަހުން އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އެންމެފަހުން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ނަމަވެސް އޭނާ އެޕާޓީން ވަކިވީ އެޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އަމިއްލަ ގޮތުން މޭޔަރު ކަމަށް ވާދަ ކުރައްވާތީ ބައެއް ފަރާތްތަކުން އޭނާގެ ސިޔާސީ ފިކުރާއި މެދު ސުވާލު އުފައްދާތީއެވެ.
އަލްހާންގެ އިތުރުން ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ އަނަސް އަބްދުއް ސައްތާރެވެ.
ސުބުޙާނަﷲ! މީނަ ކޮންތާކުން މީޙުނަށް ހިލޭ ބޯހިޔާވަހިކަން މާލެއިން ހޯދައިދޭވާހަކައެއްމިކިޔަނީ.
އަޅެ ފަހޭ ޢަޖައިބެއްނުވާނެތަ؟ ދެން ދިވެހި ރައްޔިތުން މީ މޮޔައިންކަމަށްތަ މީނަ މި ހީކުރަނީ. ދެފަހަރަކު އެއް ޕާޓީއެއްގައި ޘާބިތުވެ ނުހުރެވުނު ތާ އޭރަކު އެންމެ ބައިބޮޑުދިމައަކަށް ދުވެލަ ދުވެލަ ހުންނަމީހެއްމީ. މާލޭގެ ރައްޔިތުން ކައިރިޔަށް އަންނާނީ ފާޑެއްގެ ހިންޏެއް ތިގޮވާ ގޮވެލިތަކުން.
އަލްހާނު ފަދަ ކުޅަދާނަ މީހަކަށް އެއްވެސް ބައެއްގެ ތާޢީދެއް ބޭނުމެއްނުވާނެ! ހަމަ ވަގުތުން މޭޔަރުކަމަށް ހޮވޭނެ!
ކަރުން ހަންދާވަރަށް ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް ތިޔަ އަލްޙާނު ލާ ހަޅޭއް އަޑު އަހާނެ މީހަކު ރާއްޖެއަކު ނޫޅޭނެ. އެންމެ ކުޑަމިިނުން ކުކުޅެއްވެސް އަލްޙާނުގެ އަޑެއް ނާހާނެ.
މީނަ ކައިރީ އަހާލަބަކަ މީނައަށް މީހަކު ތާއީދު ކުރޭތޯ؟؟އަޒުހަރުން ފޭލިވެގެން ފޮނުވާލިފަހުން ހަމަ ބުއްދި ފިލާފައި ހުރި މީހެއް މިއީ..ކާކު ވޯޓެއް ދޭނީ.. އުޅުމެއް ހަރުދަނާ ސިފައެއް ނެތް މީހަކަށް ތާއީދު ކުރުމަށްވުރެ ހިކަންޖަކަށް ތާއީދު ކުރިޔަސް ތާހިރުވާނެ.. ދެން ހޮއް