ވ.ތިނަދޫ އިން ފެނުނު ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަަމަށާއި، އިތުރު ޓެސްޓުތައް ހެދުމުގެ ކަންކަން ކުރަމުން އަންނަ ސަރުކާރުން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ، ކޮވިޑް-19ގެ ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން، ތިނަދޫއިން އައިސޮލޭޝަން ފެސިލިޓޫއަށް ގެންދެވުުނު ފަރާތުގެ ކޮވިޑް-19 ގެ ޓެސްޓު ވަނީ ނެގެޓިވްވެފައި ކަމަށެވެ.

"ނަމަވެސް ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓު ކުރެވޭނެ". އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި މިހާރު އެރަށަށް އަރާ ފޭބުން ހުއްދަ ކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އެރަށަށް މީހުން އެރުމާއި ފޭބުން މަނާ ކުރީ އިއްޔެ އެވެ.

އެރަށަށް އަރައި ފޭބުން މަނާކުރީ އެރަށުގައި ހުރި އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާއި ގުޅިގެންނެވެ. އޭނާ ވަނީ މިހާރު ފަރުކޮޅު ފުށީގައި އެކަހެރިކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ނުފެނުނު ކަމުގައިވިޔަސް، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިޔަފަހުން، މި ވައިރަސްއަށް ބަޔަކު ވަނީ ޕޮޒިޓިވްފެފައެވެ. އަދި މި ވައިރަސްއަށް ޝައްކު ކުރެވޭ ބަޔަކު ރާއްޖެއިން ފެނިގެން، ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޖެ

    ކޮބާތަ ކުރެއްދޫ ރިޒަލްޓު

  2. ބްރޯ

    ޗައިނާގެ އިގްތިސާދު ފުނޑާލުމަށް ބަޔަކު ދިން ބަޔލޮޖިކަލް ވެޕަންސް އަކަށް ވުން އެއީ ދުރުކަމެއްނޫން. އެއީ ޗައިނާއާ އެމެރިކާ އިން އިގްތިސާދީ ހަގުރާމައެއް ވަނީ ފަށާފަ . ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް ދަނީ ތަފާތު ފިޔަވަޅު އަލަމުން މިހާތަނަށް އައި އިރު ޗައިނާގެ އުފެއްދުންތެރިކަން ވިމަތި އެމެރިކާގެ އުފެއްދުންތެރިކަށް ދަނި ދަށްވަމުން . ޗައިނަ އިން އެމެރިކަ އަށް ފޮނުވަާމުދަލުގެ ނަފަާ އެމެރިކައިން ޗައިނައަށް ފޮނުވާ މުދަލުގެ ނަފަ އަށް ވުރެ ބޮޑު.އެމެރިކާގެ ގިނަ ބަޔަކު ޑިމާންޑް ކުރަނީ ޗައިނާގެ މުދަލަށް އެއީ އަގުހެޔޮވީމަ .ދުނިޔޭގެ ގިނަ ގައުމުތަކުން ބޭސް އުފެއްދުމަށް ބޭނުންވާ މެޓީރިއަލް ގެ ބޮޑު ބައެއް ޗައިނާ އިން އެގައުމުތަކަށް އިމްޕޯޓް ކުރޭ އެއީ އެތަކެތި އަމިއްލަޔަށް އުފެއްދުމަށް ވުރެ އިމްޕޯޓް ކުރުމުން އަގުހެޔޮ ވީމަ. ޗައިނާ އޮތީ އެމީހުންގެ އެހިއާނުލާ ދުނިޔޭގެ އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ނުކުރެވޭހާ ކުރިޔަށް ޖެހިފަ.ކޮންމެ ގޮތެއްވިޔަސް މިއީ ދުނިޔޭގެ އިގްތިސާދަށް ލިބުނު ބޮޑު ގެއްލުމެއް .