މިހާރު އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމަށް ވުރެ ފުރިހަމަ އަށް އެމްޑީޕީގެ ވެރިކަމެއް މިހާތަނަށް ހިނގާފައި ނެތްކަަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ވިލިމާލޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވި އިރު، އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އޮތީ އެމަނިކުފާނުގެ ވެރިކަމުގައި އާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއިން މިހާރު އޮންނަނީ މާ މަޑުމަޑުން ކަމަށާ، އެ ޕާޓީއިން ހިން ދެމިލާ އިސް ސަފުގައި ތިބެންވެއްޖެ ކަމަށެވެ

އަދި މި ރާއްޖެ ބަދަލު ކުރާނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ކަމަށާ، ރާއްޖެ އިސްލާހު ކުރާނީ ވެސް އެ ޕާޓީއިން ކަމަށް ރައީސް ވަޝީދު ވިދާޅުވިއެވެ.

އެގޮތުން މެޓާނިޓީ ލީވް އާއި ހެނދުނުގެ ނާސްތާ އައި، އިޖުތިމާއީ ރައްކާތެރިކަން މިހާރު ފުރިހަމަ ކޮށްދެމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ނުކުޅެދޭ މީހުންނަށް ލިބޭ އެއްޗެހި ބަދަލުވެއްޖެ. އަޅުގަނޑުމެން މި ގެންދާ އިޖުތިމާއީ ރައްކާތެރިކަން ފުރިހަމައަށް، ފުރިހަމަައަށް އަދާކުރަމުން ރައީސް އެބަ ގެންދަވާ. މިއަށް ވުރެ ފުރިހަމަ ވަކި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރެއް ހިނގާފަކާއެއް ނެތް. ހިނގަމަކުން ނުވެސް ދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން ކުރީ ކޮން ކަމެއްތޯ ސުވާލު އުފައްދާ އިރު، ރާއްޖޭގެ ރަށްރަށުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އިތުރުކޮށްދީފައިވާ ކަމަށާ، ހެނދުނުގެ ނާސްތާ އާއި، އިޖުތިމާއީ ރާއްކާތެރިކަމަށް ގިނަ މަައްކަތްތަކެއް ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއި އެކު ރަށްރަށުގެ އިހުތިސާސާއި ސަރައްދު ކަނޑައެޅިފައިވާ ކަމަށާ، އެކަމުގެ ސަބަބުން ރަށްތައް ތަރައްޤީކުރަން ފަސޭހަވެގެންދާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި 5 މިލިއަން ރުފިޔާ އަށް ވުރެ ޚަރަދު ކުޑަ މަޝްރޫޢުތައް ސީދާ ކައުންސިލަށް ޓެންޑަރ ކުރެވޭނެ ނިޒާމް ހަމަޖެހުމަކީ، ރަށްރަށުގެ ތަރައްޤީ އަށް ކައުންސިލްތަކުން މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ހުޅުވުނު ދޮރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސީދާ ކައުންސިލުން އެކަން ކުރެވޭނެ. ރަށު ރައްޔިތުން ލައްވާ އެކަން ކުރެވޭނެ. ރަށުގާ އެ ފައިސާ ދެން ބެހެއްޓޭނެ. މި ގާނޫނާއި އެކު ކައުންސިލް އިންތިޚާބު މިގެންދަނީ މުޅި ދިވެހިރާއްޖެ ބަދަލުކުރަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ބައިވެރިވުން ބޮޑު ކަމަށާ، އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ނުކުންނަ ގިނަ މީހުންނަކީވެސް އަންހެނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލް އިންތިޚާބަށް ފަހު ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ ފުޅާވެގެންދާނެ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަޙްމަދު

  މަނިކުފާނު އަތްޕުޅު ނުބާނަންޏާ އިތުރަށް ރަނގަޅުވާނެހެން ހީވަނީ!

 2. އިއްބެ

  ދީނަށް ފުރައްސާރަ ކުރާތީ މީނާ ދެކެ ފޫހިވެއްޖެ....
  އެހެން ނޫނީ މީނާ ފަދައިން އާންމު މީހާއާ މެދު ވިސްނާ އެހެން ލީޑަރެއް ނުފެނޭ...

  އެކަން ވެސް ދީނަށް ވުރެ ބޮޑަށް ޕާޓީ އަށް ސަޕޯރޓް ވެވޭ ކަށެއް ނެތް

 3. Anonymous

  މޮޔަގޮވަނީ. މޮޔަގެރި މަސް ކައިގެންދޯ ތިއައީ؟

 4. ތެދުބަސް

  މަޖުލިސް ރައީސް އަަށްވުރެ މާބުޮޑުތަނުން ވެސް ރައީސް ސާލިހް ރަގަޅު.ރައީސް ސާލިހް އަށް ވެރިކަން ނުކުރެވިގެން އެއުޅެނީ ރައީސް ނަޝީދާއި ހެދި.ނަޝީދުގެ އުނދަގޫ ބޮޑުކަމުން.މިހާރު ނަޝީދުގެ އެއްވެސް ތާއިދެއް ނެތް.ރައިސް ސާލިހުގެ ތާއިދު މަޑުމަޑުން ކުރިއަރަމުން މިދަނީ.ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިދެބޭފުޅުން ނަކީވެސް ހަމަ އެކަށްޗެއްކަން.

 5. ޢާއިޝާ

  ކަލޭ. ރަގަޅުކަމޭ ކިޔާފަ ގެންނަނީ ދީނާ ޚިލާފުކަންކަން. މިހާތަނައް އެމްޑިޕީ އުިފެދުނީއްސުރެ މިއަދާއި ހަމައަށް ރާއްޖޭގެ މީހުންނަށް ކާފިރުކަމަށް މަގުދައްކަނީ ކަލޭ. އިރާދަ ކުރެއްވިއްޔާ ކަލޭ ގެންނަ ކާފަރުކަން އަހަރެން ބަލެއް ނުގަންނާނަން. މިޤައުމުގެ އެންމެހާ މުސްލިމުން މީނަ އާއި ދެކޮޅުވުން އެދެން. މީނަ އަކީ މުސްލިމުންނަށް އަދިރިކަމާއި ނިކަމެތިކަން ގެންނަމީހެއް.

 6. Anonymous

  މީނަ ދަށްކާ ވާހަކަ ދެކޮޅު ނުޖެހޭ