ވ. ތިނަދޫ އަަށް މީހުން އަރާާ ފޭބުން މަނާ (ކަރަންޓީން) ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
އެޗްޕީއޭ އިން ދެންމެ ވިދާޅުވީ، ކޮވިޑް-19ގެ ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން، ތިނަދޫއިން އައިސޮލޭޝަން ފެސިލިޓޫއަށް ގެންދެވުުނު ފަރާތުގެ ކޮވިޑް-19 ގެ ޓެސްޓު ވަނީ ނެގެޓިވްވެފައި ކަމަށެވެ.
"ނަމަވެސް ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓު ކުރެވޭނެ". އެޗްޕީއޭ އިން ވިދާޅުވިއެވެ.
އަދި މިކަމާއި ގުޅިގެން ތިނަދޫގެ ކޮންޓްކްޓް ޓްރޭސިންގ ހެދުމާއި ބަލަން ޖެހޭ އެހެނިހެން ބެލުންތައް ބެލުމަށްފަހު އަޅަން ޖެހޭ މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.
އެރަށަށް މީހުން އެރުމާއި ފޭބުން މަނާ ކުރީ އިއްޔެ އެވެ.
ހެލްތް މިނިސްޓްރީން އެ ރަށް ކަރަންޓީންކުރީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު އެރަށުން ފެނުމާއި ގުޅިގެންނެވެ.
އެރަށަށް އަރައި ފޭބުން މަނާކުރީ އެރަށުގައި ހުރި އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާއި ގުޅިގެންނެވެ. އޭނާ ވަނީ މިހާރު ފަރުކޮޅު ފުށީގައި އެކަހެރިކޮށްފައެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބަޔަކު ފެނިގެން ކުރެދޫ ރިސޯޓުންވެސް މީހުން އެރުމާއި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ސަމާ އައިލެންޑް ރިސޯޓުންވެސް އަރާ ފޭބުން ވަނީ މަނާކޮށްފައެެވެ.
އެހެން ޤައުމުތަކުން ސާދަ ދުވަސްވަންދެން މީހުން އެކަހެރި ކުރަނީ ކީއްކުރަންބާ؟ ރާއްޖޭގެ ކަންކަން ރަގަޅުކަމުން ސާދަ ދުވަސް ވެސް ނުޖެހޭ ބަލަން.... ކެންޕޭން އަދި ވެރިކަން ދަމަހައްޓާތި. ނޫނޭ މީ ވާ ޤައުމެއް.....
ފުރަތަމަ ޓެސްޓަކުން ޕޮޒިޓިވް އެއްނުވާނެ. 14 ދުވަސް އިންނަނީ އަމީންކައިރީބުނެދީ.
ހަމަ ކިރިޔާ ކެއްސާ ހެދީމަ ގޮސްޓެސްޓް ހެދިއަކަސް ނޭގޭނެ