މިނިސްޓަރ އަބްދުﷲ ޝާހިދު ބްރޫނާއީ ދާރުއްސަލާމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ރަސްގެފާނު ސުލްތާން ހާޖީ ހަސަނުލް ބޮލްކިއާ މުއިއްޒައްދީން ވައްދައުލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރަސްގެފާނަށާއި ބްރޫނާއީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ރައްދު ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި ބްރޫނާއީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާ ކުރައްވައި، އެސްކޮލަރޝިޕްތަކުގެ ސަބަބުބް ރާއްޖެއަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެއާ ބްރޫނާއީގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކާއެކު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާކަމަށްވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ދެ ޤައުމަކީވެސް ކޮމަންވެލްތުގެ މެމްބަރު ޤައުމުތައްކަމުން، ބައިނަލްއަޤްވާމީ ދާއިރާތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުންވެސް ރަސްގެފާނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޒީރެއާލާ

    އެއްވެސް ގައުމަކުން އެހީއެއް ނުލިބުނީމާ ސަލާންޖަހާ އާދޭސް ދަންނަވަން ދިޔައީ.

  2. ތެދުބަސް

    އަރަބި ޤައުމެއް އަނެއްކާވެސް ! މިފަހަރު ކޯއްޗެއްބާ ގެނެސް ގެޔަށް ވަށްދާނީ. ނޫސްވެރިން ރަގަޅަށް ފާރަލާތި،މީނުރަށްކާ ސޮރެއް.ދެލޯވެސް ދަމައިގެންފާނެ.

  3. ކޮމެންޓު

    ސަލާންޖަހާ ސޮރު