އެމްޑީޕީއަކީ ހަތް އަހަރު ވަންދެން މަގުމަތީގައި ހުއްޓުމެއް ނެތި މަސައްކަތް ކުރި ޕާޓީއެއް ކަމަށާ، އެމްޑީޕީ އަންހެނުންގެ ރޫހުގައި ތިބީ ހުސްތަރިން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ވިލިމާލޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިފާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އަންހެނުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރި ޕާޓީއެއް ކަމަށާ، އަންހެނުންނަށް ޚާއްސަކޮށްގެން ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދިނުމަށް ވައުދުވީ ސަބަބަކީވެސް އެއީ ކަމަށެވެ.

އަދި އެމްޑީޕީ އަކީ އަބަދުވެސް އިޖުތިމާއީ ރައްކާތެރިކަމާއި، އަންހެނުންގެ ބާރުވެރިކަމަށް ފުރުސަތު ދިނުމަށް ގޮވާލާ ޕާޓީއެއްކަން ސިފާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެން އެމްޑީޕީ އެންމެ ފުރަތަމަ ޕާޓީއަކަށް ވާން، ޖިންސުގެ ހަމަހަމަކަން މިންތީގެ ހަމަހަމަކަން، ގެނެސްދޭ ޕޮލިސީއެއް ޕާޓީގައި ޑްރާފްޓްކޮށްފައި ލިޔެ ދެއްވާފައި، އަޅުގަނޑުމެން އަންހެނުންގެ ރޫހަށް ދެއްވުމަށް." ސިފާ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ލިބޭ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިއަދު ވައުދުވެވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ އަންހެނުންނަށް ދިމާވާ ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް، އެފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން ޚާއްސަ މަސައްކަތްތަކެއް ކުރައްވާ ކަމަށާ، އަންނަ އަހަރު ނިމޭ އިރު، ގެވެށި އަނިޔާ ރިޕޯޓު ކުރަން ހާއްސަ ހޮޓްލައިނެއް ގާއިމު ކުރައްވާނެ ކަމަށެވެ.

އަދި 2022 ގެ ނިޔަލަށް ގެވެށި އަނިޔާ އާއި ގުޅިގެން އެކަހެރި ކުރާ މީހުންނަށް ގާއިމުކޮށްދޭ ހިޔާތަކުގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެހެންމެ 2023 ވަނަ އަހަރުން ފެށިގެން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމްކުޅިބޭ

    އެހެންވެ މަމިއުޅެނީ ތަރިބާލަން.

  2. ާއަފްލާ

    ތަރިން ތިބޭނީ ތިގޮތައް ޢައުރަ ނިވާކޮއްފަ ތިބޭނީ ހަރުކަށި ތަރިން

  3. ޡާރިފާ

    ތި ތަރިތަށް ވަރަށް ވިދާނެ. ޜާއްޖެތެރެއިންވެސްވަރަށްވިދުންގަދަތަރިތަށްދިޔަ. ބޮޑަށްޕާރޓީމެމްބަރުންގެ ތެރޭގަ. މިހާރު ގިނަރައްޔިތުންބޭނުންވަނީ ތިހާވިދާތަރިތަކެއް ނޫން

  4. އެމަންޖެ

    ބޮޑުތަނުން ފެއިލްވާޝި.

  5. މުގައްދަރު

    މިއުޅެނީ ރިޕޯޓއކުރށނެ ހޮޓް ލައިނެއް ނެތިގެންތޯ ފާޅުގަ މީހުން މެރުމާއި ވައްކަން ކުރުމާޢި މަސްތުވާއެއްޗިހި ބޭނުން ކުރަނިކޮއް ރިޕޯޓްކޮއްގެންވެސް އަދަބެއް ނުދެވި މި މުޛުތަމައުގައި އުޅޭނެގޮތެއް ގައި އުޅެން ކިތައްމީހުންތޯ ހޮޓް ލައިނެއް މިހާރުވެސް އެބައޮއް ދުންފަތުގެ ލޮލައްބޮލައް ރެސްޓޯރެންޓް ތަކުގައި ހޮޓްލައިން ޖަހާފަހުންނަ ބޯޑް ކައިރީގައި ސިގިރެޓް ބޯންތިއްބާ ކިހާވަރަކައްތޯ ތިޔަވިދާޅުވާ ހޮޓްލައިނައް ގުޅަނީ ގުޅައިގެން ވާކަމެއް ހަރާން ގުޅާމީހާޔާދިމާލައް ބޯމީހުން ހަޅޭލަވާ ގަޔައް އައްލާ ހިސާބައް ދިއުމުން ޖެހެނީ ރެސްޓޯރެންތުން ނިކުންނައް މީތޯ ތިޔަވިދާޅުވާ ހޮޓްލައިން