ކޮވިޑް 19 އާއި ގުޅިގެން، ޖެނުއަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް ކެންސަލްވި ބުކިންސްގެ އަދަދު 104،653 (އެއްލައްކަ ހަތަރުހާސް ހަ ސަތޭކަ ފަންސާސް ތިނެކަށް) އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން "ވަގުތު" އާއި ހިއްސާކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިވީ ދޮޅުމަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އަންނަން ބުކިން ހެއްދި ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބުކިން ކެންސަލްކޮށްފައެވެ.

ޖެނުއަރީ މަހުގެ ނިޔަލަށް ކެންސަލްވި ބުކިންސްގެ އަދަދު 11،000 އަށް އަރައެވެ. މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން އިގްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރި ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަަދަދު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެ އައީ 15،1550 ފަތުރުވެރިން ކަމަށާ މި އަހަރުގެ ޖެނުއަރީގައި 1،73874 ފަތުރުވެެރިން ރާއްޖެ އައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އަށް އަންނަން ހައްދާފައިވާ ބުކިންސް ކެންސަލްވި ނަމަވެސް، ކޮރޯނާ ވައިރަސް ރާއްޖެއިން ނުފެންނާތީ ފަތުރުވެރިކަމަށް ފައިދާވަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރްސީ) އިން ވަނީ ބުނެފައެވެ. މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްއެމްޕީއްރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ކޮރޯނާ ވައިރަސްއަށް ވަމުންދާ ގޮތް ދުނިޔޭގެ އެއްވެސް ތަކުން ނޭނގޭ ކަމަށާއި، ރާއްޖެއިން އަދި މި ބަލި ނުފެނުމުން، ފައިދާތަކެއް ވަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން އިންޑިއާ މީހުން ރާއްޖެ އަންނަ އަދަދު އިތުރުވި ނަމަވެސް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މިހާރު މަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިޓަލީވިލާތާއި، ދެކުނު ކޮރެއާގައި ވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދާތީ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކުރާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށާއި، އިޤުތިޞާދީ ހަރަކާތްތަކަށް ނޭދެވޭ އަސަރު ކުރަމުން ދާނެ ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    ކޮންމެ ސަބަބަކާ ހުރެނަމަވެސް، މިހަާރު ހަނދާންވަނީ މައުމޫނު ދައުރުގެ ފަހުކޮޅު ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ ފަތުރުވެރިކކަން ބޮއިކޮޓު ކުރަންގޮވި ހަނދާން މިއަދު ޤައުމުގެ ހުރިހާ ބާރެއް އެބަޔަކަށްލިބުނު ދުވަހު މިފެންނަނީ އެކަމުގެ ނަތީޖާނޫންބާވައޭ ހިތަށްއަރާ، ޔާﷲ އަޅަމެންގެ ޢަމަލްތަކުގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން

    7
    1
  2. ފކ

    ހެޔޮ ތިންލައްކަ ވިޔަސް