އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަންޖޭ ސުދިރް އެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)އާއެވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު މި މަޝްރޫޢުގެ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށާއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އަގު 13.3 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ. މިއީ މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގޭ މަޝްރޫއެކެވެ

މި މަޝްރޫޢު ނިންމުމަށް ތާވަލުކޮށްފައިވަނީ 135 ދުވަހުގެ ތެރޭގައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 25 މީޓަރުގެ 7 ގްރޯއިން ޖެހިގެންދާނެ ކަމަށެވެ.