ށ. ފޯކައިދޫގައި އިތުރު ތިން މީހަކު އައިސޮލޭޓްކޮށްފިއެވެ.

އައިސޮލޭޓްކޮށްފައި ވަނީ، ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގެ މުވައްޒަފަކާއި، އޭނާއާ ކޮންޓެކްޓްވި އިތުރު ދެ މީހެކެވެ.

އެނގިފައިވާގޮތުން، އޭނާ ކުރެއްދޫން ފުރަތަމަ ދިޔައީ ނ. އަތޮޅު މަނަދޫއަށެވެ. އަދި އާއިލާ ދެމީހުންނާއެކު އޭނާ ވަނީ ފޯކައިދޫއަށް ގޮސްފައެވެ.

އެ މީހުން ފޯކައިދޫއަށް ދިޔަތަނުން ވަނީ އައިސޮލޭޓްކޮށްފައެވެ.

އައިސޮލޭޓް ކުރުމުގެ ކުރިން އެ މީހުން ދިރިއުޅޭ ގޭގައި ދެން ތިބި އެންމެން އެހެން ތަންތަނަށް ބަދަލު ކުރިއެވެ.

މިހާރު އެރަށު ސިއްހީ މަރުކަޒާއި ގުޅިގެން އެޗްޕީއޭ އިން ދަނީ އެ މީހުންނާއި ކޮންޓެކްޓްވި މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މީހުން އައިސޮލޭޓް ކުރި ނަމަވެސް، އެ މީހުންގެ ގައިން އެއްވެސް އަލާމަތެއް ފެނިފައެއް ނުވެއެވެ. އެ މީހުން އައިސޮލޭޓް ކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މިއީ ކުރެއްދޫން އެރަަށަށް ދިއުމުން އައިސޮލޭޓް ކުރި އެ ރިސޯޓުގެ ދެވަނަ މުވައްޒަފެެވެ.

އަދި ހުކުރު ދުވަހުގެ އިރުއޮއްސުނު އިރުން ފެށިގެން ކުރެއްދޫ އަށް އެއްވެސް މީހަކު އެރުމާއި، އެރަށުން އެއްވެސް މީހަކު ފޭބުން ވަނީ މަނާކޮށްފައެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީވިލާތުގެ ފަތުރުވެރިޔަކު މާޗް މަހުގެ 01 ވަނަ ދުވަހު އެނބުރި ގައުމަށް ދިޔަ ފަހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ކުރެއްދޫ އިން އޭނާ ބެލި ޑޮކްޓަރުގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ރެ ވަނީ ފަރުކޮޅުފުއްޓަށް ގެނެސް ކަރަންޓީން ވެސް ކޮށްފައެވެ.

އޭނާގެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެެވެނީ މިރޭގެ ވަގުތެއްގައެވެ.

ކޮވިޑް-19 މިހާތަނަށް ރާއްެޖެއިން ނުފެނުނު ކަމުގައިވިޔަސް، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ދެ މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކާރިމް

  Lh. Kureddoo resort ah ais dhiyafahun corona ah positive viyey kiyaa meehaa raajje ai iruves huree ebali jehifa. Eyna ekaherikoh bahattaafa huttas eyna kueddooge restaurant thakaaa ehenihen fascility thakuge beynun kuri. Ekan huttuvaakah Kureddoo Management akun evves fiyavalheh naalhaa. Eyna kureddooga huri iru ekan raajjeyege Health Protection Agency ah engey. Adhi mikamaa gulhey gothun Lhaviyani Atoll ga onna Covid Crisis Management Team ah ves engey. Crisis Management Team ge members varah gina faharu ekan rayyithunnah haama kurumah HPA ga edhunu. Namaves Namaves rayyithun panic vedhaaneyey kiyaagen HPA in evaahaka faalhu kurun manaakuree. Emmefahun eyna dhiyafahun eyna ah faruvaakuri Doctor ah mi bali jehuneemaa HPA in thelhigatheee. Miee rayyithun balimadu kamegge therah seedhaa dhaulathakun vattaalun. Mihaaruves eyna ah service dhin resort ge baeh staff in Naifaruga ebathibi. emeehu quarantine kuraakah adhives HPA akun noolhey.

 2. Naifaru

  Kuredu in naifarah ais thibi myhunves isolate kuran jehey. Madheh noonnhukuru dhuvahu off day ah naifarah ai muvazzafunneh. Hama evves ehche hitha naaraa magumathy ethiba dhuve nagany dhosth menves

 3. ަމަރިޔަމް މަނިކެ

  އަސްލުނުޖެހޭ ދޯ އިޓަލީން ފަތުރުވެރިންެގެންނަށް މިދުވަސް ކޮޅު މީގެޒިންމާ ނަގަންޖެހޭނީ ކޮންބައެއްބާ؟

  17
  1
 4. Anonymous

  ކޮޔާ މަރިޔަމް މަނިކެޔާ ކޮންމެ ބަޔަކު އަޔަސް
  ޖެހޭންވާ އެއްޗެއް ޖެހޭނެ.އެވަރިހަމަ ބޮޑު ފޮށީގޭ އޮތަސް... މައެންމެ ފޫހިވަނީ މި ވަގުތު އައް ކޮމެންޓު ކުރަމީހުން ހުރިހޭ އެއްޗެއް ސިޔާސީ ކުރާއިރުން...ގުއި ފޯއްޔެއް ރުނަސް އެ ސިޔާސީ ކުރާނެ.....ދެން ވަރައް ފޫހިވޭ...ކޮމެންޓެއް ނުޖަހާނެ ތޯއްޗެއް

 5. ފޮއްދޫ މީހާ

  ކުރެއްދޫ އިން އޮފް ޑޭ އަށް ނ. ފޮއްދޫ އަށް ވެސް ގޮސް އެބަތިބި 3 މީހުން. އެމީހުން ހަމަ މުޅި ރަށުގަ އެ އުޅެނީ. ?