ކޮވިޑް-19 އާއި ގުޅިގެން ވެރިކަން ކުރާ އެމްޑީޕީގެ ކެމްޕޭނު ހަރަކާތް ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު "ވަގުތު" އަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިން ހަރަކާތް ވަގުތީ ގޮތުން މެދު ކެނޑި ނަމަވެސް މިހާރު އެހެން ގޮތަކަށް ކެމްޕޭން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

"ކެމްޕޭނު ހަރަކާތް އެހެން ގޮތަކަށް ކުރަން ނިންމީ. އޮންލައިންކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕޭން ހަރަކާތް ކުރިއަށް ގެންދާނެ" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ، މާދަމާ އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ލ. އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުވައްމުލަކު ސިޓި އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުވެސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަށް މެދުކަނޑާލާފައިވާއިރު، ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ އެބޭފުޅުންގެ ބައެއް ހަރަކާތްތަށް ފަސްކޮށްފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާއިރު، އެ ބައްޔަށް ޝައްކު ކުރެވިގެން 2 ޑޮކްޓަރެއްގެ އިތުރުން ފްރާންސްއަށް ނިސްބަތްވާ ޓުރިސްޓަކާއި އިޓަލީ އަށް ނިސްބަތްވާ ޓޫރިސްޓަކު ވަނީ ކަރަންޓީން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ނޫނޭ ކެމްޕޭން ހުއްޓާނެ ކަމެއް ނެތް. ބާރަށް ކުރިއަށް ގެންދަވާ. ލާދީނީ ސަރުކާރު. ޤުރްއާނަށާއި ޙަދީޘް އަށް ޢަމަލު ނުކުރާ ސަރުކާރު.

    26
    2
  2. ޙަސަނާ

    ހިތާމަވެރި ހަބަރެއް އެދެމީހުނައް އަވަސްޝިފާއެއްދެއްވާ ދިވެހިރާއްޖެއައް މިބަލީގެ އަސަރު ކުޑަކުރައްވާށި..

    26
    1
  3. ޑަބިޔާ

    އަންނި 19 މީނަގެ ދޫ ނުބައި ކަމުން ވާހާ ކަންތައްތަމީ

    16
  4. ޑަބިޔާ

    އަންނި ކޮންކަމަކާ ކަލޭގެ ދަތުރުތައް ކެންސަލް ކުރީ ކަލޯ އަންނާނެއޭ ބުނިއެތި ކަލޭއަށް ޖެހެންޖެހޭނެ ކަލޭގެ ދޫނުބައި ކަމުން

    15
  5. ރަޖާގަނޑު

    އެއްގޮތަކަށްވެސް ހުއްޓާލާނެކަމެއް ނެތް. އަދި ރިސޯޓަކުން ފެނުނަސް މަނިކުފާނުމެން ރަޖާލައްވައިގެން ގޭގަ ތިއްބަވާކަށް ނުޖެހޭނެނޫންތޯ.

    13
  6. ހުއްޓުނުހުއްޓި

    ކޮބާ ކެންމްޕޭނު ނުހުއްޓޭނޭ ކިޔާފައި ގަދަބަސް ބުނި ކަލޭގެ.. އިންސާނުންގެ ނިކަމެތިކަން ފެނޭތަ. އިއްޔަ ގަދަބަސް ބުނި ކިތަންމެ ބަޔަކު މިއަދު ކުޑަކަކޫ މައްޗަށް ތިރިވެއްޖެ.. ޔާ ރައްބި އަޅަމެން ދިންނަވާފާންދޭ މުނާފިގު ދޫތަކުން.

    14
  7. Anonymous

    ނަޝީދު ކައޭ ކީއްވެ މަޑު ޖައްސާލީ. ކައޭ ގަދަ ބަސް ބުނެފަ ކިހިނެކޯ މިވޫ. ޤުރްއާނަށާއި ޙަދީޘް ދެކޮޅަށް ވާހަކަ ނުދައްކާ ދެން ވެސް ކައޭ މައިތިރިވޭ ނަޝީދޫ. އިންސާނުންނަކީ އާރެއް ބާރެއް ނެތް ވ. ނިކަމެތި ބައެއް. ކޮބާ މުޣްނީވެސް މިނަސޭޙަތް އަޑައަހާލުން އެދެން.

  8. ދަރަނި ދަންތުރަ

    ފުޓޯގައި ލާދީނީ 3 މުނާފިގުން ދިވެހިންގެހަލާކު ، ޔާﷲ މި ލާދީ ބައިގަނޑު ކިބައިން އަޅަމެން ސަލާމަތް ކުރައްވާދޭވެ އާމީން

  9. ކިއުންތެރިއާ

    ހޭބަލިވެގެން ގޮސް ދެއްކޭނުދެއްކޭ ވާހަކައެއްނޭގޭ

  10. މޮޔަސޮރު

    ބޫޓާންގެ ބޮލަށް ޖެހޭ ނިސްބަތް 3423 ދިވެހިރާއްޖެ 15563 ޑޮލަރ. ބޫޓާނުން ފަތުރުވެރިން އެތެރެވުން ހުއްޓިއިރު ރާއްޖެއަށް ނުވީ ކީއްވެ. ސަރުކާރުގެ ވެރިންނާއި ވިޔަފާރިވެރިންގެ ދަހިވެތިކަން ބޮޑުކަމުން. ކިތައްމެ ވަރަކަށް ރިސޯޓު ވެރިން މުއްސަދި ވިއަށް ނިކަމެތި ރައްޔިތުންނަށް ވާފައިދާއެއް ނެތް. މިއީ ނަޝީދާއި ޞޯލިޙް ޒިންމާ ނަގަންޖެހޭ ކަމެއް. ކަނޑައެޅިގެން ރައްޔިތުންނަށް ޖެއްސި ބަލާވެރިކަމެއް.