ރާއްޖެ އިން ކޮވިޑް-19 ފެނުނު ނަމަވެސް ޕެނިކްނުވެ އާއްމު ދިރިއުޅުމުގައި މިހާރު ވެސް ކަންތައްތައް ކުރިއަށް ގެންދާ ގޮތައް ހުރިހާ ފަރާތްތަކުން ވެސް ކަންތައްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނުކަން އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އާއްމު ރައްޔިތުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓުތަކުގެ ކިބައިން ވެސް އެދެނީ ޕެނިކް ނުވެ ދިރިއުޅުމުގެ ކަންކަން މިހާރު ވެސް ކުރިއަށް ގެންދާ ގޮތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ރިސޯޓްތަކުގެ މެނޭޖްމަންޓުން ވެސް އަދި އާއްމުން ވެސް އަމިއްލަ ދިރިއުޅުން މިހާރެކޭ އެއްގޮތައް ކުރިއަށް ގެންދިއުން އިލްތިމާސް އަކީ. މިހާލަތުން އަރައިގަތުމަށް ސަރުކާރުން ޓްއަރިޒަމް އިންޑަސްޓްރީގެ ޚިޔާލު ހޯދާނަން. އެފަރާތްތަކުގެ ވެސް މަޝްވަރާ އާއި އެކު އަޅުގަނޑުމެން ކުރިއަށް ދާނީ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ހަމައެކަނި ދިވެހިރާއްޖެ އަށް ނޫން ކަމަށާއި މުޅި ދުނިޔެއަށް މިކަމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެފައި އެބައޮތް ކަމަށެވެ.

އަމީން ވަނީ މީގެ ކުރިން ވެސް ގައުމަށް ދިމާވި ބޮޑެތި ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރި ގޮތައް މިހާލަތުގައި ވެސް އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

"މީގެ ކުރިން އަޅުގަނޑުމެންގެ ރާއްޖެ އަށް ސިއްހީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގައި ވެސް އަދި ކާރިސާތަކުގައި ވެސް އެއްބަައެއްގެ ގޮތުގައި މަސައްކަތްކޮށް އެގޮންޖެހުންތަކުން އަރައިގަތީ. އެހެންކަމުން ގުޅިގެން އެކުވެރިކަމާއި އެކު މިކަމާއި ކުރިމަތިލާން އަޅުގަނޑު އިލްތިމާސް ކުރަން." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނަށް ވެސް ދަންނަވަން ބޭނުން ވަނީ "ހިތްވަރާއި އެކު މިކަމާއި ކުރިމަތިލާ މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަށްވާ"ށެވެ.

މިއީ ސިއްހީ ގޮތުން ކުރިމަތިވި ގޮންޖެހުމަކަށް ވުމުން ސިއްހީ ޚިދުމަތްތެރިން ދެއްވާ އިރުޝާދުތަކަކަށް ހުރިހާ ފަރާތްތަކަކުން ވެސް ތަބާވުމަށް އަމީން އިލްތިމާސް ކުރެއްވިއެވެ.

އަމީން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ކުރަމުން ގެންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކުގެ ފައިދާ ރާއްޖެ އަށް ވެސް ކުރަމުން ގެންދާނެ ކަމަށާއި އެހެންކަމުން ކެތްތެރިކަމާއި އެކު ތިއްބެވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހުސޭނުބޭ

  ކޮން ޕެނިކެއް! ކަލެޔާ ކަލޭގެ ސަރުކާރުން ގަދަކަމުން މި ރާއްޖެ ގެނައި ރޯގާއެއް މިއީ! މި ރޯގާ ނައިސްގެން ކިނބޫ ޞީލިހާއި ބުއްޅަބެ އުޅުނީ ލޮލަށް ނިދިނައިސްގެން! ކަލެޔަށް އިޓަލީމީހުން މަނާކުރެވުނީވެސް ވާނެ ހައެތި ވެ ނިމުނުފަހުން! އެންމެ މޮޅު ގޮތަނީ ޕެނިކްނުވެ އިސްތިޢުފާދީ!

  80
  8
  • ޣ

   ދިވެހި ރާއްޖެ ނޫން އެހެން ގައުމް ތަކުގަ ޓުވަރިއްސްޓެއް ވެއްޖެޔާ ވަރަށް ބަލާ... އަބަދު ހުންހުރިތޯ ބަލާ... ހޮޓަލަށް ވަންނަ ކޮންމެ ފަހަރަކު ބަލާ... ދިވެހި ރާއްޖެ އިން މިގޮތައް ކަންތަށް ނުކުރީ ކީއްވެބާ؟ ވަރަށް ދެރަ... އެހެން ގައުމްތަކުގަ ހަދާހެން ހުންބެލުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވާނެ ކަމަށް ހީކުރަން... އެހެން ގައުމްތަކުގަ ޑިޖިޓަލް ތާމޮމީޓަރ އަކުން ވަކިވަކިން ހުންބަލާފަ ދިޔަ ގައުމްތައް ބުނެދީފަ ހޮޓަލައް ވަދެވެނީ.... އަދި ކޮންމެ ދުވަހަކު ހުންބަލާ... ހުން ބަލަނީ ހެޒްމެޓް ސޫޓް ލައިގެން ތިބޭ ބައެއް....

 2. އަބު

  މިނިސްޓަރުންނަން މިތިބީ ކުޑަ ކުދިންތަކެއްތަ... ހިވާނީ ކުޑަ ކުދިން ލޮސްސަން އުޅޭހެން

  މިހާލަތުގައި ޒިންމާދާރުކޮށް ކަންކަމުގެ އިރުޝާދު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ...

  ބޭކާރު ހަރަދުތަށް ނުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ފިޔަވައި އެހެން ދަތުރުތަށް ނުކުރުންފަދަ ކަންކަމަށް އިރުޝާދު ތަށް ރައްޔިތުންނަށް ދޭންޖެހޭ..
  ހާލުޖަ ޖެހުނަސް އެންމެ ބޮޑު ހަސަރެއް ކުރާނީ ނިކަމެތިންނަށް...

  59
 3. ދިދަ ދަނޑި

  ވިޔަފާރިވެރިން މުއްސަނދިވާން ތެޅިގަތީ . . ދެން މިވަރުން ނިކަމެތި ޔައްޔިތުން ޕެނިކްނުވެ ތިބެވޭނެ . .

  60
  1
 4. ޓަކި

  ޕެނިކުނުވެ އެމްޑީޕީއަށް ވޯޓުދޭށޭ ކަލޭ ތިތާނގައިނދެބުނަން ކޮބާ ކަލޭގެ ލަދުހަޔާތް.

  48
  2
 5. މުހުތާރު

  ޢަލީ ވަހީދު އިސްތިއުފާ

  59
  2
 6. ކަލެޭ

  ޢޮއްނަންވިީބޮޑުފޮށިީގައިމިވަގުތަކިީ އެކަކުއަނެކަކުޖެއްސުންކޮއްވަާހަކަދައްކަާވަގުތެއްނުން

  5
  1
 7. މުހައްމަދު ނަސީރު ވައިކަރަދޫ

  މި އަލީ ވަހީދު ދައްކާވާހަކަ ގަބޫލެއް ނުކުރެވޭނެ

 8. ބްރޯ

  އިޓަލީގެ މަސްލަހަތު ރައީސާއި މަޖިލީހުގެ ރައިސްގެ އޮތީމަތޯ އިޓަލީން މީހުންއައުން ނުހުއްޓުވުނީ އިޓަލީގެ ވިކެންޒީ ގްރޫޕާއި ސިއްކަ ކެރަފާގެ ގުޅުން އޮތުމުން އެކަން ނުހުއްޓުވުނީތޯ ޖަވާބު ބޭނުން.

 9. ަހުވަދޫ

  ޕެނިކުވާނެކަމެއްނެތް. ކަލޭމެންނަށް ހުރިހާޚަރަދެއް ކުރާނީ ދައުލަތުން. ހާލުގަ ޖެހޭނީ ނިކަމެތިން. އަންނި އެބުނީނު ރަށަކުން މިބަލި ފެނުނަސް އެރަށެއް ކަރަންޓީނު ކުރާކަށް ނުޖެހެޔޭ. އަންނިޔާ ކަލޭމެން އެންމެން ބޭނުންވާގޮތް މީ. ޗައިނާ އާއި އެކު ދަތުރުފަތުރު ހުއްޓާލިގޮތަށް އިޓލީ އާއި އެކު ހުއްޓާނުލީ ކީއްވެ. ތި އަންނި އަކީ މިގައުމަށް ދިމާވެފައޮތް ކޮރޯނާ އަށްވުރެވެސް ނުބައި ބައްޔެއް.

  10
 10. ޕެނިކްއަލީ

  އާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ބޭނުން ޖެހުނީމަ ގޮސް ބޭނުން ޖެހޭ އެއްޗެއް އެމީހަކު އެދޭ މިންވަރަށް ގަނެވޭ އެއްޗެހި ކުއްލިއަކަށް ލިމިޓުކޮށް ކުރިން ރައްޔިތުންނަށް އިނގެން ޖެހޭ އެތައް މަޢުލޫމާތުތަކެއް ހާމަ ނުކޮށް ހިފަހައްޓާފަ ވި ތައްޔާރީއެއް ކިޔާ ނުދެވި ތައްޔާރުވެފަ އޭ މިތިބީ ކިޔާ އެ ނޫނެ ލަފްޒެއް ބުނެނުދެވި އެކަން ރައްޔިތުންނަށް ޤަބޫލުނުކުރެވޭ ހިސާބަށްގޮސް ރައްޔިތުންގެ އަމިއްލަ އަތްމައްޗަށް މިކަންކަމުގައި ޑިސިޝަން ނަގަންޖެހޭ ހިސާބަށް ދިޔައީމަ އަދިވެސް ތި ބުނަނީ ޕެނިކު ނުވާށޭ ހެއްޔެވެ؟

 11. ާއަހުމަދު

  ބައްޔާއި ބެހޭގޮތުން ދައްކާވާހަކަ ލިޔާ ލިޔުމުގައި ދިވެހިބަސް ބޭނުން ކުރުން ކިހިނެއް ވާނެ

 12. Anonymous

  ބަލަ ކަލޭމެން މި ސަރުކާރުން މިކަން ސީރިއަސް ކޮށް ނަގާނީ ކިތައް ދިވެހި ރައްޔިތުންގެ ފުރާނަ ދިޔައީމަތޯ. އެހެން ޤައުމުތަކުގެ ސަރުކާރުން ސީރިޔަސް ކޮށް މިކަންތައް ނެގިޔަސް މި ސަރުކާރުން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބު ގެ ކެމްޕެއިންކުރަމުން. އޭގެ ކުޑަ މިސާލެއް އިޓަލީގެ މީހުން ރާއްޖެ އައުން މަނާ ކުރީ ކަންތައް ވެ ނިމުނު ފަހުން

 13. ކަބުލޮދައިތަ

  މިގައުމުގަޢި އުޅޭ މީހުންގެ ތެރޭގައި ހުރި ރޯގާ ފެތުރުމަށް ފަހިވާކަހަލަ އާދަތަޢް ހުއްޓުވަން މިދިޔަދެމަސްދުވަހު ސަރުކާރުގެ އިދާރާތަކުން އެއްކަމެއް ނުކޮށް ތިބެ ފޮނިބާސާ ކަޑާފައި މިހާރު ޕެނިކު ނުވުމަށް އެދުމުގެ އެއްވެސް ހައްގެއް އެބައޮތްތޯ! ތިޔައްވުރެ ޒިއްމާދާރުކަމާއެކު މަސްއޫލިއްޔަތު އެބަޖެހޭ އަދާކުރަން! މިހިސާބުން ތިހެން އަދި ބުނާހާ އެއްޗަކުން މީހުންގެ އާދަ ބަދަލުވާނެ ކަމަށް ފަހަރެއްގާވެސް ދެކިގެން ނުވާނެ! ޢެއްމެމީހަކު ކުރާ އަމަލެއްގެ ސަބަބުން އެތަށްބަޔަކަށް ބަލިޖެހުމުގެ ފުރުސަތު އެބައޮތްކަން ނޭގޭބާ!

 14. ބްރޯ

  މިއީ އިޓަލީ ގެ ވެކެންޒީ އިން ހިންގާ ރެސޯޓް ތަކަށް މީހުން ގެނައުން ހުއްޓުން ނުދިނުމަށް އިޓަލީގަ ރޯގަ ފެތުރި ދުވާލަކަށް އެތައްބަޔަކު މަރުވަމުންދިޔަ އިރުވެްސް ރާއްޖެ އަށް މީހުން އައުން ނުހުއްޓުވީ ބަލި އައުން ޒިންމާ ވާނެޖެހޭނީ ރައިސް އާއި މަޖިލީހުގެރައީސް ދިވެއްސަކު މަރުވެއްޖެނަމަ މިދެފަރާތުން މަރުގެ ޒިންމާ އުފުލަންވާނެ.

 15. މަންޖެ

  އަދިވެސް ފުއްޕާފަ ބުނާނެ އިޓަލީން ޓޫރިސްޓުން އައުން ހުއްޓުވަން ލަސްވިކަމަކަށް ގަބޫލެއް ނުކުރަމޯ. މުހިއްމީ އިގްތިސޯދެއްނޫނޯ. ރައްޔިތުންނޯ. ވީޑިއޯއެއް ލީކުނުވަނީސް އިސްތިއުފާދީފައި ގެއަށްދޭބަލަ

 16. Anonymous

  ބަލަ ކަރާ ވެއްޓިއްޖެނަމަ ފެޅޭނެ އޭރުން އެވީ ޕެނިކް

  3
  1
 17. އަމްނާ

  ރިސޯޓުތަކުގްވެސް އުޅުނީ އާންމު ދިރިއުޅުމުގަ ވަޒީފާއަދާ ކުރަން ތިބި މުވައްޒަފުން. ކިހާ ވަރެއްވީމަ ތަ ޕެނިކް ވާންވީ

 18. އަޔާން

  ދިވެހި ރާއްޖެ ނޫން އެހެން ގައުމް ތަކުގަ ޓުވަރިއްސްޓެއް ވެއްޖެޔާ ވަރަށް ބަލާ... އަބަދު ހުންހުރިތޯ ބަލާ... ހޮޓަލަށް ވަންނަ ކޮންމެ ފަހަރަކު ބަލާ... ދިވެހި ރާއްޖެ އިން މިގޮތައް ކަންތަށް ނުކުރީ ކީއްވެބާ؟ ވަރަށް ދެރަ... އެހެން ގައުމްތަކުގަ ހަދާހެން ހުންބެލުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވާނެ ކަމަށް ހީކުރަން... އެހެން ގައުމްތަކުގަ ޑިޖިޓަލް ތާމޮމީޓަރ އަކުން ވަކިވަކިން ހުންބަލާފަ ދިޔަ ގައުމްތައް ބުނެދީފަ ހޮޓަލައް ވަދެވެނީ.... އަދި ކޮންމެ ދުވަހަކު ހުންބަލާ... ހުން ބަލަނީ ހެޒްމެޓް ސޫޓް ލައިގެން ތިބޭ ބައެއް...

 19. ޙަމަހަމަ

  ޢާންމުން ހާސްނުވެ އާންމު ދިރިއުޅުމާއިގެން އުޅޭ. މީގެ ކުރިން އަގުބޮޑު ސެންޓު ޖަހައިގެން އުޅުނު އިސްވެރިން ގައިން ފަސް ފޫޓު ދުރުންވެސް މިހާރު ހޭންޑް ސެނިޓައިޒާރގެ ވަސްދުވިއަސް އަޅާނުލާ. ޙުރިހާ ކަމެއް އޯކޭ.

 20. ނަސީރު

  ކޮންޕެނި ކެ ކޭ ކިޔާ ކައްތަ އަަރުމެންނައް މާސް ކުގަނޑެއްވެސް މިއުޅެނީ ގަންނައް ނުލިބިގެން ، އިއްޔެ ހުޅުމާލޭ ގައި ހުންނަ އެސްޓިއޯ ފާރމަސީއައް ސެނިޓައިޒައ ފުޅިއެއް ގަންނަން ދިޔައީމަ ބުނީ މިހާރު ދޫނުމުރާގޮތަށޯ އޮންނަނީ .