މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19އާ ގުޅިގެން، އެމްއެންޑީއެފް އަށް މިވަގުތު އޮތީ ބަލި މީހުންގެ ޓްރާންސްޕޯޓް ކަންތައް ކުރުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ސިފައިން އަދި އެސްޓީއޯ ގުޅިގެން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަހީމް އަބްދުލްލަތީފް ވިދާޅުވީ، އެނޫނަސް، އަދިވެސް ރައްޔިތުންނަށް ބޭނުންވާ ކޮންމެ ކަމެއްގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާނެ ކަމަށެވެ.

"އެމްއެންޑީއެފްއަށް މިވަގުތު ހަވާލުވެފައި މި އޮތީ ޓްރާންސްޕޯޓް، އަނެެއްހެން ދަންނަވާކަމަށް ވަންޏާމުން ސީއެމްބިއުލާންސް ބޭނުންކޮށްގެން މީހުން އެ ގެންދަން ޖެހޭތަންތަނަށް ގެންގޮސްދިނުން". އަބްދުލްރަހީމް ވިދާޅުވިއެެވެ.

އަބްދުލްރަހީމް ވިދާޅުވީ، އެކަމަށްޓަކައި ކުރަން ޖެހޭކަންކަން ކުރަމުންދާއިރު، އެމްއެންޑީއެފްއިން އޮންނާނީ އެކަމަށް ތައްޔާރަށް ކަމަށެެވެ.

"އެމްއެންޑީއެފް އިން އަބަދުވެސް ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް އަޅުގަނޑުމެން މި ތިބެނީ ތައްޔާރަށް. މިވަގުތު އަޅުގަނޑުމެންނަށް މި އޮތީ ޓްރާންސްޕޯޓް އެކަމަކު އެހެން ކަމެއް ބޭނުންވަންޏާމުން، އެކަމެއް ރައްޔިތުންނަށްކޮށްދިނުމަށްޓަކައި އެމްއެންޑީއެފް އިން އޮންނާނީ ތައްޔާރަށޭ". އަބްދުލްރަހީމް ވިދާޅުވިއިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުން ދަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފަށައިގެން ހެލްތް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިހާރު އީއޯސީން އަންގާ އެންގުމެއްގެ މަތިން ފުލުހުން އެ ބޭފުޅުންނަށް އެހީތެރިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެގޮތުން މޮނީޓަރިންގއަށް ލެވޭ ފަރާތްތައް ނޫނީ އެބޭފުޅުން ތަންތަނަށް ދުރުވާއިރު، ސްކްރީން ކުރާ ތަންތަން ބަލަހައްޓަން އެދިލެއްވީމަ އަޅުގަނޑުމެން އެ ތަންތަން ބަލަހައްޓާ ދެއްވުމުގެ މަސައްކަތްތައް މި ދަނީ ކުރަމުން". އޭނާ ވިދާޅުވިއެވެ.

ނަވީން ވަނީ ބިރުވެރިކަން ނުއުފެދޭ ގޮތައް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން މީސް މީޑިއާތަކާއި، މީޑިިއާތަކުންނާއި، އެހެނިގެން ގޮތްގޮތުންވެސް އެފަދަ އަމަލުތައް ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

"އަޅުގަނޑުމެން ސަރުކާރާއި އެމްއެންޑީއެފް އާއި ގުޅިގެން މިކަމުން އަރައިގަންނަންދެން މަސައްކަތް ކުރާނަން". ނަވީން ވިދާޅުވިއެވެ.

އަބްދުލްރަހީމް އިތުރަށް ވިދާޅުވީ، ކޮންމެ އަތޮޅަކުން ސީ އެނބިއުލެންސް ފޮނުވައިގެން ނަމަވެސް ބޭނުންވާ ޚިދުމަތް ދެވޭނެ ކަމަށެވެ.

"ކޮންމެ ތަނަކުން ރިޕޯޓެއް ލިބުނަސް ބޭނުންވާ ތަނަކަށް ގެންދިއުމަށް އެމްއެންޑީއެފް އިން އޮތީ ތައްޔާރަށް. ސީ އެނބިއުލެންސްގެ ޚިދުމަތް މެދުކެނޑިގެންނެއް ނުދާނެ". އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުގެ އިސް ދެ މުވައްޒަފަކު މިވައިރަސް އަށް ޕޮޒިޓިވްވިއިރު، އެ ދެމީހުންވެސް މިހާރު ވަނީ ފަރުކޮޅުފުށީގައި ކަރަންޓިންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައިޝް

    ގައުމީ ދިފާޢީ ބާރުން ތި ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވާ...އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! އަދި އެންމެހާ މުސްލިމުތަކުން މި ވަބާއިން ސަލާމަތްކުރައްވާންދޭވެ!

  2. ފިކުރީ

    ޝުކުރިއްޔާ ސިފައިން

  3. ޢަބުދުﷲ

    ޢަޅުގަނޑުމެންގެ ފޮއްދޫ ޖެޓީ ރަށާވަކިވެގެން ދިޔަ ސުވަހު ތިޔަބޭފުޅުން ކޮބާތޯ! ކޮންމެ ކަމެއްގައޭ ވިދާޅުވީމަ ....

    1
    1
    • މަ

      ކަލޭ އޮންނަންވީނު ޖެޓީގަ ދަތްއަޅައިގެން. ނުރުހުނަސްތީ ބޮޑުވަރު.

      1
      1
  4. ކޭޑީ

    ޢަޅުގަނޑުމެން މިތިބީ ތައްޔާރަށް...ހޫ

  5. ބަބޫ

    ކޮބާ ބޮޑު ރިސްކް އެލަވެންސް ނަގައިގެން އުޅުނު ނަރުހުން. އެމްއެންޑީއެފް މީހުންނަކީ މެޑިކަކްގެ ދާއިރާއެއްނޫން. ނަރުހުންނާއި ޑޮކްޓަރުންގެ ރިސްކް އެލަވަންސް ކަނޑާލަން ހަރުއަޑުން ގޮވާލަން. ވައިރަހާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްނޫންމިކީ. މިހީ ސިއްޚީ ބަލިމަޑުކަމެއް އެދާއިރާއެއްގެ ބަޔަކުދޯ ރިސްކް ނަގާނީ. އެހެންނޫނީ މިހުރިހާދުވަހަކު ދިން ރިސްކް އެލަވެންސް އަތުލާ. އަހަރެމެން ރައްޔިތުންގެ ފައިސާއެއީ. ނުނަގާ ރިސްކަކަށް. ހަގުރާމައެއްނޫން މިކީ ސިފައިން ރިސްކް ނަގާކަށް

    3
    1
    • ބާބޫ

      ސިފައިނަށް ރިސްކް އެލަވަންސް ލިބޭތަ؟

  6. ދުވާފަރު މީހާ

    ކޮންމެ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ދިވެހި ސިފައިން ތިބޭނީ ރައްޔިތުންގެ ހައްގުގައި އަަބަދުވެސް ތައްޔާރަށް ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން