ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ގުޅަންވީ ހޮޓްލައިން ނަންބަރު ހެލްތު މިނިސްޓްރީން މިރޭ އާންމުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، މައުލޫމާތު ހިއްސާ ކުރުމަށާއި އެ ބައްޔާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ ނަމަ، ހޮޓްލައިން ނަންބަރު "1676" އަށް ގުޅުމަށެވެ.
މިއީ ހިލޭ ގުޅޭ ނަންބަރެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ދެ ބިދޭސީއަކު ޕޮޒިޓިވްވެފައިވާ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ވައިރަސް އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ރިސޯޓެއްގެ މެނޭޖްމެންޓް ލެވެލްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. މިކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ ދެ ބިދޭސީންގެ ހާލު ސީރިއަސް ނޫން ކަމަށާއި މިވަގުތު އެ ދެ ބިދޭސީން ތިބީ އައިސޮލޭޓް ކޮށްފައި ކަމަށެވެ.
އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައެވެ.
ހެލްތް މިނިސްޓްރީން ވަނީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ހިތްވަރާ އެކީ މިކަމާއި ކުރިމަތިލައި މުޅި ރާއްޖެ މި ވައިރަސް އިސް ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮބާ އަދިވެސް ހުން އަންނާނެ ކަމަށް ރަޖާ އަޅާކަށް ނުވޭތަ