ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި ދެމީހުންނަކީ ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރާއި އެރިސޯޓްގެ ޑައިވިން ސެންޓަރުގެ އިސް މުވައްޒަފެއްކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޑް-19 އަށް ކުރެއްދޫ ރިސޯޓްގެ ދެމުވައްޒަފުން ޕޮޒިޓިވްވި ކަން މިރޭ ދިވެހި ސަރުކާރުން އިއުލާން ކުރި ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހުންނާއި ގުޅޭ މައުލޫމާތެއް ނުދެއެވެ. ހަމައެކަނި ވިދާޅުވީ އެއީ ރިސޯޓްގައި މަސައްކަތް ކުރާ އިސް ދެމުވައްޒަފުން ކަމަށައި އެއީ ދެބިދޭސީން ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ޑޮކްޓަރަކީ އަންހެނެކެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި ޑައިވިން ސެންޓަރުގެ އިސް މުވައްޒަފަކީ ފިރިހެނެކެވެ. އެމީހުން ނިސްބަތްވާ ގައުމާއި ގުޅޭ މައުލޫމާތެއް އަދި ނުލިބެއެވެ.

ކުރެއްދޫ ރިސޯޓްގެ ދެމުވައްޒަފަކަށް ބަލީގެ އަސަރު ކުރީ އެރަށުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އިޓަލީ ފަތުރުވެރިޔާ މާޗް މަހުގެ 01 ވަނަ ދުވަހު ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން އިއްޔެ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. އެއާއިއެކު ކުރެއްދޫ ރިސޯޓް ލޮކްޑައުންކޮށް ޝައްކު ކުރެވޭ މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމުވައްޒަފުންގެ ހާލު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން މިރޭ ވަނީ ވިދާޅުވެފައެވެ.

ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް ބަލީގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި، ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ މީހުންނަށެވެ. ބަލި ޖެހޭ މީހުންގެ އަދަދަށް ބަލާއިރު ގިނަ މީހުން ފަރުވާއެއް ނުކޮށް ބަލިން ރަނގަޅުވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނިފައި ވީނަމަވެސް އެއްވެސް މީހަކު ކަންބޮޑުވެ، ހާސްވެގެން ނޫޅުމަށާއި މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތެދުބަސް

    ޔާﷲ މިވަބާއިން ދިވެހި ރަށްޔިތުންނާއި އަދި މުޅިދުނިޔެ ސަލާމަތް ކުރަށްވާ ރަށްކާތެރި ކުރައްވައި ފާދޭވެ.އާމީން.

    72
    1
    • ބަސްފޮތް

      ކަލޭ ބުނާހާ ގޮތަކަށް ތަން ކަންތައް ހިނގާނީ؟

      13
      • ހަގީގަތް

        ކަލޭ ތީ ކަލަކު ވާކަން ގަބޫލު ނުކުރާ މީހެއް. މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާ. އިހްލާސްތެރު ކަމާއެކު ﷲ އަށް ކުރާ ދުއާ އިޖާބަ ކުރައްވާނެ އިންޝާﷲ

        • ނުހަގީގަތް

          ވީ އިރު ކަލޭ ކީއްވެ ރާއެކުލެވޭ ޑޮކްޓަރީ ބޭސް ބޭނުން ކުރަނީ؟

  2. ރަދީފް

    ބައްޔަށް ޕޮސިޓިވްވި ދެ މީހުނަނަކީ ދެމަފިރިންކަމަށް މައުލޫމާތުލިބޭ!

    16
    1
    • ބަލި

      ޒިނޭ ކުރީމަކާ ނޫންދޯ؟

      1
      4
  3. ޞަބީ

    ވައިރަސްގެ އިންކިއުބޭޝަން ޕީރިއަޑަކީ 14 ދުވަސް ކަމަށް ޑަބްލިއު. އެޗް. އޯ. އިން ބުނަމުން ދިޔައިރުވެސް.... ޑޮލަރުގެ ބޭނުމުގައި ފަތުރުވެރިން 14 ދުވަސް ވަންދެން އެކަހެރި ނުކޮށް ރިސޯޓުތަކަށް ފޮނުވުމުގެ ހިތި ނަތީޖާ މިފެނުނީ... ދެން ފަތުރުވެރިއަކު ރާއްޖެ ނުވެސް އައުން އެކަށީގެންވޭ

    ދުޢާ އަކީ ބަލިޖެހިފައިވާ އިތުރު މީހަކު އެތެރެވެފައި ނުވުން....

    މިކަމުން އިބުރަތެއް ހޯދާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރޭ....

    42
    1
    • މީހާ

      ބޭކާރު ވާހަކަ ނުދައްކާ ކިޔާނެ މޮޅު ދުއާއެއް ބުނެބަލަ މިތާ

      2
      3
    • ޜ

      މިހާރުވެސް އުތުރުގެ ރަށްތަކުގައި އިޓަލީ މީހުން އެބަ އުޅޭ

  4. ވެންއިޓް

    ކައުންސިލް އިންތިޚާބު ފަސްކުރަން އަލީ ހުސައިން ގޮވާލައްވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ...

    11
    2
  5. ޒާ

    އިޓަލީން ލިބިނު ޑޮލަުގެ އަގުމިލިބުނީ

    31
  6. ޙަސަނު

    ޢިޓަލީ މީހާ ރާއްޖެ އައިއިރު ކީއްވެބާ އެމީހާއައް ބަލިޖެހިފަ ހުރި ކަން ނޭންގުނީ. ޢެއާރ ޕޯޓުން މީހުން އެތެރެވާއިރު ބަލާ ކަމައް ވަނީ .

    3
    1
  7. މަރުތެލި

    ކޮބާ ދީނީ އިލްމުވެރީންގެ ބަހަކީ، އަދި ލަފައަކީ، ؟

  8. ހަސަނު

    އަޅުގަނޑުގެ ނަޒަރުގައި މީގަ ބޮޑަށް ގޯހީ ޑޮކްޓަރ. ގެސްޓްމީހާ ބަލިވެގެން ޑޮކްޓަރަށް ދެއްކީމަ އެކަމާބެހޭ މައުލޫމާތު ހާމަކުރެވެންވާނެ. އަދި ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަންވާނެ. ޑޮކްޓަރަކަށްވެހުރެ ، މައުލޫމާތު މަދުވުމާ އޭނަގެ އެސްއޯޕީ ފޮލޯއަޕްނުކުރުން.