ސްވިޒަލެންޑްގެ ޔޫބިސް (UBIS) ޔުނިވަރސިޓީއާއި ގުޅިގެން މޯލްޑިވްސް ބިޒްނަސް ސްކޫލުން ހިންގާ، އަދި ޔޫބިސް ޔުނިވަރސިޓީ ގަބޫލު ކުރާ ފެންވަރުގެ ލެކްޗަރާއިން ކިޔަވައިދެމުން ގެންދާ މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ބެޗެލަސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމަކީ ރާއްޖެއިން މިހާރު ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު، އެންމެ އަގުހެޔޮ އެއް ބެޗެލާސް ޑިގްރީ ޕްރޮގްރާމެވެ.

މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ރިސާޗް ކުރުމަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ފޮތްތައް އޮންލައިން ލައިބްރަރީ އެއް މެދުވެރިކޮށް ލިބެން ހުރެއެވެ. އަދި މީގެ އިތުރުން ކޮންމެ ދަރިވަރަކަށްވެސް ސްޓޫޑެން ޕޯޓަލް މެދުވެރިކޮށް އެސައިންމެންޓްތައް ހަވާލުކުރުމާއި ހާޒިރީ ބެލުމުގެ އިތުރުން ނަތީޖާތައްވެސް ބަލާލެވޭނެއެވެ. މިހާރު މިކަމަށްޓަކައި ވަނީ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފު ކުރެވިފައެވެ.

ބިޒްނަސް ސްކޫލުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ސާމީ ސައީދު ވިދާޅުވި ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލު ކުރާ ލެވެލް 7ގެ މި ޑިގްރީ ޕްރޮގްރާމަކީ ވަރަށް އަވަހަށް ނިންމާލެވޭނެ ބެޗެލާސް ޑިގްރީ ޕްރޮގްރާމެކެވެ.

ލެވެލް 6 ގެ އެސޯސިއޭޓް ޑިގްރީ އެއް ހާސިލް ކޮށްފައިވާނަމަ 10 މަސް ދުވަހުގެ ތެރޭގައި ބެޗެލާސް ޑިގްރީ ނިންމާލެވޭނެ ކަމަށާއި ޑިޕްލޮމާ އަކުން ފަށާނަމަ 2 އަހަރާއި 4 މަސް ދުވަހުގެ ތެރޭގައި ޑިގްރީ ހާސިލް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެސޯސިއޭޓް ޑިގްރީގެ މަހު ފީއަކު 1499 ރުފިޔާ ކަމަށް ވާއިރު، މިޢި މިރާއްޖޭގައި މިހާރު ހިންގަމުން އަންނަ އެންމެ އަގުހެޔޮ ކޯސްތަކުގެ ތެރެއިން އެއް ކޯހެވެ.