ސަމާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ހަތް މީހުންވެސް ނެގެޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްއޭ އިން މިގޮތަށް ވިދާޅުވީ، މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، އެ ރިސޯޓަަށް މީހުން އަރާާ ފޭބުން މަނާ (ކަރަންޓީން) ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާ ކުރީ ރޭގައެވެ.

ރިސޯޓް ބަންދު ކުރުމާއި ގުޅިގެން އެ ރިސޯޓުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އެ ރިސޯޓަށް ރިޒަވޭޝަން ހެދުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިން އެހެން ރިސޯޓުގައި ތިބެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖެ އިން މިހާރު ވަނި ކޮވިޑް-19 ފެނިފައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ދެމުވައްޒަފުންނެވެ. އެމީހުން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސްފައެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނު ނަމަވެސް އެއްވެސް މީހަކު ޕެނިކް ނުވުމަށާއި މިހާރެކޭ އެއްގޮތައް އާއްމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަރޫ

    މީހަކު ހޭބައްޔެއް ނުވާނެތަ .. ވައިރަސް ހުރި މީހެއްވެސް ދެންވެސް ތިރަށަށް އަރާފާނެއެއް ނޫންތަ، ހުރިހާ ރަށެއް ކަރަންޓީނު ކުރޭ، އަހަރެމެންގެ ފުރާނަ މާ މުހިއްމު

    8
    3
    • ހޭބަލި

      ރަނގަޅަށް ތި ބުނީ ކަލޭ ތިހުރީ ވަރަށް ބޮޑަށް ހޭބަލިވެފާ.

      3
      1
      • ކަލޭ

        ކަލޭ ގިނަ ގިނައިން ވުލޫކޮށްގެން ގުނޫތު ކިޔާ

  2. ކާލާޕާނީ

    ٱلْحَمْدُ لِلَّٰهِ‎

    9
    1
    • ކިލާފަނި

      ސައުދީން ވައިރަސް ފިލީތަ ކަލޭ ހަމްދު ތިއަޅަނީ؟

  3. ރަޒީފް

    ٱلْحَمْدُ لِلَّٰهِ

  4. 19 ނަވާރަ

    ތިބާއަށް ލިޔެދޭމީހާ ލިޔާއެއްޗެއް ތިބާ ގަބޫލުކުރަނީ