ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ދެ ކޭސް ފެނުނުކަމުގައިވިޔަސް، މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް މިދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ،ކޮވިޑް-19 އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމާބެހޭގޮތުން ވަޒީރުންގެ މަޖިލީހާއި ކުރި މަޝްވަރާތަކުގައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައިރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދިޔައީ އަދި އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުގައީ އާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ކަމަށެވެ.

ކޮވިޑް-19 ފެނިފައި ވަނީ، ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީ ދެ މުވައްޒަފެއްގެ ގައިންނެވެ.

ސިއްހަތާއި ބެހޭ މިނިސްޓްރީން ވިދާޅުވީ، މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު 1 މާރިޗުގައި އެނބުރި ޤައުމަށް ދަތުރުކުރި އިޓަލީ ވިލާތުގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢާދަނު

    ރައްޔިތުން ގޮވަމުން ދިޔައީ ބަލި ފެތުރެމުންދާ ގައުމު ތަކުން ޓުއަރިސްްޓުންނެއް ކަމަކު އަޔަނުދޭށޭ..ވާނެ ހައެތި ވީމަ ރައްޔިތުންނޭ ރައްޔިތުންނޭ ކިޔާނެ ކަމެއްނެތް ދެނެއް..ރައީސް އެބަޖެހޭ އަންނިގެ އަޑަށް ވުރެ ރައްޔިތުންގެ އަޑުއަހަން..

    29
  2. ޑެއިލް

    ބޯންއުޅުނު ބޮނޑި ތިއޮތީ ބޮވިފަ. އަދިވެސް އިޓަލީން މީހުންގެނޭ ތަނެއްދޮ ރެއް ބަލާނުލާ. ލާ ރިކެވޭތޯ އަބަދު.

    28
  3. އަބޫ

    މިކަމަށް ތައްޔާރުވެފައެއްނެއް.

    23
  4. Anonymous

    ޤުރްއާނަށާއި ޙަދީޘް އަށް ޢަމަލު ނުކުރާ ބަހާއި ޢަމަލު ދިމާ ނުވާ މިހާރު ކޮންވާހަކައެއް . ޤައުމު ހިންގޭވަރު މީހުން ނާ ހަވާލުކޮށް ފައި ގެއަށް ކަނޑާލާ. ޚުޠުބާގައި އިސްލާމްދީނުގައި އޮންނަ ކަރަންޓީން އުޞޫލު ކިޔާފައި ޖަލްސާތަކުގައި އިސްލާމްދީން ޙިމާޔަތްކުރާ ވާހަކަ ވ.ގަދައަށް ދައްކާފައި އަދިވެސް ޤުރްއާނަށް ގޮންޖަހާލައިފައި ލާދީނީ ރިޕޯޓް ނެރުނު މީހުންނަށް ފިޔަވަޅެއް ނޭޅޭ ކޮންވާހަކައެއް. ރައްޔިތުން ބޭނުންވާނީ އިސްތިއުފާ.

    22
  5. ރައްޔިތުމީހާ

    ރައްޔިތުން ބިރުވެރިކަމެއްގެ ތެރއަށް ވައްޓާލީ ލާރީގެ ދަހިވެތިކަމުގަ. ދެންރައްޔިތުންނެކޭ ކިޔާނެކަމެއްނެތް. މުޅިދުނިޔެ މިކަމަށް ތައްޔާރުވެ ފިޔަވަޅުތައެްއަޅަމުންދިޔައިރުވެސް ބުއްޅަބޭ ގޮވަމުންދުވަނީ ކޮވިޑް އަވަހަށް އަންނާށޭ. މިއޮތީ އައިއްސަ. ރާކަނިމަސްކެވިފަ މިއޮތީ. ރައްޔިތުންހަނާވާނެދުވަސް އޮތީ ވަރަށްކައިރީގަކަމަށްފެންނަނީ .

    20
  6. ރިސޯޓް ބޯއީގެ އޫރު ކަފަ

    އެހެންނޫނަސް އެވެރިން ކަންބޮޑެއްނުވާނެ އެވެރިންނަސް އެއްޗަކީ ޑޮލަރު ކަންބޮޑުވާނީ ރިސޯޓް ބޯއިސްގެ އާއިލާ ތައް ދެރަލިބޭނީ އެންމެ އާދައިގެ ރައްޔިތު މިީހާ އަށް މިކަމުގައި އޮތް ހައްލަކީ ﷲއަށް ދުއާ ކުރުން އެކަނި

    26
  7. Anonymous

    ކަންބޮޑުނުވާށޭ ކިޔާ އިރު ރައްޔިތުން ނުކުމެ މަގުމަތީގައި ނަށާ ރަމްޖުގެ ތަރާނާ ތަ ކިޔަންވޫ.
    އިހްމާލް ސޯލިޙޫ ވަރަށް އިހްމާލުވެފައިވާ ވަނީ. އިޓަލީ ގައި ގަދައަށް ބަލިފެތުރޭ އިރުވެސް ލާރިއާހެދި ނުހުއްޓުވާ މީހުން ގެނައީ

  8. ވެރިން

    އަދި ތަން ކޮޅެއް އަވަސް އިރުޝާދުދެން، ބަޖެޓުގެ ލާރިނެތީމަ ގޮތްހުސްވެގެން އިޓަލީމީހުން އައުން މަނާ ނު ކޮށް ބާއްވާފަ ބޮނޑި ލިބުނީމަ ކޯޗެއް ކިޔަން ތިއުޅެނީ. ރައްޖޭގަ އުފެދުނެ އެންމެ މަތިބަރު ސަރު ކާރު މީ

  9. ބްރޯ

    26 ގައުމަށް އިޓަލީން ވައިރަސް ގޮސްފައިވައިރުވެސް ރައްޔިތުންގެ މަސްލަހަތު ނަގަލާފަ އަމިއްލަ ފައިދާއަށް އިޓަލީން މީހުން އައުން ނުހުއްޓުވާ މިހާރު ތިޔައީ ބޭނުންވާހަކައެއްނޫން އެއީން ދޭހަކޮށްދެނީ އަމަލާ ބަސް ދިމާނުވާ މިންވަރު

  10. ދިވެއްސެއް ވީމަ ބުނަމޭ

    އިސްތިސްގާ ނަމާދު ކުރުމުން ވާރޭ ވެހޭ ކަން ދަންނަމު ނޫން ހެއްޔެވެ އިސްލާމިކް މިސްޓަރަށް ދަންނަވާލަން ބޮޑު ޖަމާއަތެއްގައި ދެ ރަކްއަތް ނަމާދެއްކޮށް ﷲއަށް ދުއާ ކުރަން ގޮވާ ލުމަށް ޕާޓީ ޖަލްސާ ތައް ބޭއްވީމަ ނޫޅޭ ޖަރާސީމެއް ނަމާދައް އެއްވުމަކުން ވަކި ނޫޅެނެ

  11. ދިވެއްސެއް

    އިސްތިސްގާ ނަމާދު ކުރުމުން ވާރޭ ވެހޭ ކަން ދަންނަމު ނޫން ހެއްޔެވެ އިސްލާމިކް މިސްޓަރަށް ދަންނަވާލަން ބޮޑު ޖަމާއަތެއްގައި ދެ ރަކްއަތް ނަމާދެއްކޮށް ﷲއަށް ދުއާ ކުރަން ގޮވާ ލުމަށް ޕާޓީ ޖަލްސާ ތައް ބޭއްވީމަ ނޫޅޭ ޖަރާސީމެއް ނަމާދައް އެއްވުމަކުން ވަކި ނޫޅެނެ