އަންހެނުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން މުޖުތަމައުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެކަމަކު، ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ބައެއް މީހުންނާއި ހަބަރު ފަތުރާ ބައެއް ފަރާތްތަކުންނާއި ސޯޝަލް މީޑިއާގައި އަންހެނުންނާ މެދު ތަފާތު ކުރުމުގެ ވިސްނުން ގެންގުޅޭތީ ހިތާމަ ކުރާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން އަންހެނުން ކުރިއެރުން ހޯދަމުން އަންނަ ކަން ފާހަގަކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ މި ދާއިރާތަކުން އަންހެނުންނަށް ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ.

ވަޒީފާ ދިނުމުގަި މިންތީގެ ތަފާތު ކުރުން ގެންގުޅޭ ކަން ފާހަގަ ކުރެވިފައި ނެތް ނަމަވެސް، ވަޒީފާ އަދާކުރުމުގައި އަންހެނުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ތައުލީމް ހާސިލްކޮށްފައިވާ އަންހެހުން ތިބި ނަމަވެސް މުޖުތަމައުގައި ހުރި ބައެއް ގަބޫލު ކުރުންތަކުގެ ސަބަބުން ބައެއް ވަޒީފާތައް އަދާކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ސިޔާސީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ޖެންޑާ އިކުއަލިޓީގެ ގާނުނޫ ތަންފީޒު ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލާ މި ގާނޫނު އެންމެ ފުރިހަމައަށް ތަމްފީޒު ކުރުމަށް އެޗްއާރުސީއެމުން ގޮވާލިއެވެ.

އަދި ސިޔާސީ މައިދާނުގައި އާއި ގައުމުގެ ތަރައްގީގައި އަންހެނުންގެ ދައުރު ފުޅާކޮށް، އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް މީޑިއާއިން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގޮވާލިއެވެ.

އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިފަހަރު ކަނޑައަޅާފައި ވަނީ "އައި އޭމް ޖެންޑަ އީކުއަލިޓީ، ރިއަލައިޒިން ވުމެންސް ރައިޓްސް"އެވެ.

މި ޝިއާރު ބިނާވެފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން މިންތީގެ ހަމަހަމަކަން ހާސިލް ކުރުމަށް ކުރާ މަސައްކަތްތަކުގައި ދޮށީ އުމުރުގެ އަންހެނުންނާއި ޒުވާން އަންހެނުންނާއި ޅަ ފުރައިގެ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޖީލުތަކުގެ މެދުގައިވާ ފަރަގު ކުޑަކުރުމުގެ މައްޗަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަލި ރަސްގެފާނު

  އަންހެނުންނާމެދު ތަފާތުކުރުމެއް ނޫންތޯ އެމީހުނަށް ހާއްސަކޮށްގެން ކައުންސިލް ތަކުން ތިން ގޮޑި ލިބެންޖެހޭނެ ކަމަށް ގާގޫނަށް ގެނައިސްލާހަކީ؟ އެހެންވީމަ ތަފާތުތަށް ކުޑަކުރަންބޭނުންނަމަ މިފަދަ ކަންކަން ނައްތާލަން ޖެހޭ

  10
 2. މަތަރަސް

  ބަލަ ތިޔައީ ހިއުމަން ރައިޓްސް ކޮމިޝަން ކަލަ ދެބޯގެރިދުއްވާ ބައެއް މިހާރު މސަރުކާރު ކުރީގެއެސަރުކާރު އެއްވެސްއިރެއްގާ މިނިވަންވި މުއައްސިސާއެއްނެތް ހަމަ ތިޔަވާނީ ހަޑުލައް ގައުމުވިއްކާލެވޭތޯބަލާ؟؟

 3. ދަލޭކަ

  އިސްލާމްދީނުގަވެސް އޮންނަނީ އަންހެނުން ބާރުވެރި ކުރުވުމަށް، ދިވެހި ރާއްޖެ އަދި އިންޑިޔާ ފަދަ ޤައުމުތަކުގަ އަންހެނުން އެއީ ފައިފުހޭ އެއްޗެއް ގޮތުގަ ދެކެނީ

  4
  5
 4. މުދިބެ

  ވަރަށް ސާފް ކޮށް އެބައޮތް އަހެނެނުން ގެ ހައްގަުތަށް ކީރިތި ގުރޫއާނާ ރަސޫލަ ގެ ހައަދީސް ފުޅުތަ ކުގަ..ދެން އެއަށް ވުރެން ބޮޑަށް ހިޔުމަންރައީޓްސަށް ތަށް އިނގެނީ..ޖަވާބްދާރީވަންޖޭހެ ދުވަހެއް އެބައޮތް..އިސްލާމް ދީނުގަ އޮތީ އެންމެ މޮޅުގޮތް.

 5. ޢަޒީޒް ގައްދޫ

  ލަދު ޙަޔާތް ކުޑަކަމުން ނެރުނު ބަޔާނެއްތީ ﷲއަށް ގޮންޖަހާލާ އެ ކަލާނގެ އަންހެނުންނަށް ކަނޑަ އަޅުއްވާފައިވާ މިންވަރުގަބޫލު ނުކުރާ ބަޔަކު ނެރުނު ރިޕޯޓެއްތީ

  7
  1
 6. ކިޔުންތެރިއާ

  އަންހެނުންނަކީ ވިހާ ހައިޟުވާ ބައެއް ނަފްސާނީ ގޮތުންންނާއި ޖިސްމާނީގޮތުން ފިރިހެނުންނަށްވުރެ ބަލިކަށިބައެއް. ފިރިހެނުން ކުރާމަސައްކަތްތަކަށް ހަމަހަމަކުރުމޭ ބުނެ އަންހެނުންބޮލަށްވައްދައި ފިރިހެނުންނަށް ހާއްސަ މަސައްކަތްތަކަށް އަންހެނުން ނެރުމަކީ އެކަބަލުންނަށް ދެވޭ އަނިޔާއެއް. ޤަބޫލުކުރާނީ މަދުބައެއް މީހުންގެ ވިސްނުމާއި ފިކުރާއި ކުޅެ ބަދަލު ކޮށްލާފި. މިހެން މިވާހަކަ ދެއްކީމަ ވަރަށް ރުޅިއަންނާނެ ބައެއްމީހުން. ހެޔޮވިސްނޭ މީހަކަށް ވިސްނޭނެ.

  11
  1
 7. 19 ނަވާރަ

  ބަލަ ﷲ އަނގަވާފައިވާގޮތަށް އަންހެނުންނާމެދު ކަންކޮއްބަލަ އޭރުން ތަފާތެއް ނުކުރެވޭނެ. ގައުމަށް ޚިދުމަތް ކުރުމަކީ އަންހެނާގެ އެންމެ މުހިއްމު އެއްކަންތައް. އެކަން ކުރެވޭނީ އޮފީސްތަކަށް ފޮނުވުމުގެ ބަދަލުގައި ރަގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮއްގެން. އެކަންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުގެ ބަދަލުގައި ކަނބަލުން ދަރިންތަރުބިއްޔަތުކުރުމަށް ބައިތިއްބައިގެން އެފަދަ އިނާޔަތްތަކެއް ދިނުން މާ ހައްގު.

  • ލާމު

   100 ގެ ޚިޔާލެއް.

 8. ޢެޑްމުންޑޯ

  މިނޫން އެއްޗެއް ކިޔާކަށް މިމީހުންނަށް ނޭގެނީތަ