މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ރައީސް ޔާމީން ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ މުޅި ރާއްޖެއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެއް ކަމަށެވެ. އެގޮތުން ރޭ ރާއްޖެއިން ކޮވިޑް-19 ފެނުނުކަން ސަރުކާރުން އިއުލާން ކުރިކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މި ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވާންވީ ވަގުތު ކަމަށެވެ. ނަމަވެސް ފުލުހުން އަވަސްވެގަތީ މިއަދު 13:00އަށް ރައީސް ޔާމީން އަނެއްކާވެސް ތަހުގީގަށް ހާޒިރު ކުރުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވަނީ ސަރުކާރަށް މުހިއްމު ކަމެއް ހަމަ ނެތީތޯ ސުވާލު ކުރައްވާފައެވެ.

މި މަހުގެ ތިންވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައެވެ. އެގޮތުން އެ ދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ހައިކޯޓުގައި އޮތް އިސްތިއުނާފުގެ އަޑުއެހުން ނިމުމުންނެވެ.

ފުލުހުން މީގެކުރިން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ކުންފުނިތަކުން ބޭރު ފައިސާ ގަންނަން އެމްއެމްޕީއާރްސީ އަށް 220 މިލިއަން ރުފިޔާ ހޯދުމަށްފަހު އެފައިސާ އަށް ހިޔާނާތްތެރިވުމާއި އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެފައިސާއަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 111800 މިލިއަން ޑޮލަރު ލޯންޑާ ކޮށްފައިވާ މައްސަލައިގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާޤާބިލު

    ވަގުތުގެ ބޭނުން ކޮއްލަނީ ޖަމީލު ވިދާޅުވިހެން މިއައްވުރެން މުހިންމު ކަމެއް ސަރުކާރައް ހަމަނެތީބާ ކިތަންމެ ވަރެއް އެރުވިޔަސް ރައީސްޔާމީން ފަސްއަނހަރުތެރޭ މިޤައުމައް ގެނެސްދެއްވި ވަރުގެ ތަރައްޤީއެއްމި ނާޤާބިލު ސަރުކާރަކައް ގެނަސްއެއްނުދެވޭނެ އެއީޝައްކެއްއޮތް ކަމެއްނޫން

    54
    29
  2. ކެނެރީގެ ވަގު

    ސަލާމަތް ނުވެގެން އުޅޭ އިރުވެސް ޔާމީން ދެމޭތޯ ބަލާ

    64
    1
  3. އިހަވަންދޫ ރައްޔިތެއް

    އެމަނިކުފާނު ގެ ހިތުގެ އާލާސްކަންފުޅު ގެ ސީރިޔަސްކަން ޑޮކްޓަރު އެންގުމުންވެސް ތިޔަބައިމީހުން ތިޔާ ކުރަނީ ހަތް އުނދަގޫ މަލޭގަ ބަހައްޓައިގެން ތިޔާ ސަކަރާތް ނިކަން ޖަހާބަލަ. އިމްރާންގެ ބަސް ގަބޫލުނުކުރުމުން ޖެއްސުން ކުރުންދޯ ހަމަ ލާދީނީ ހަމީދުގެ އޯޑަރު. އެންޑް އިމްރާނުގެ އޯޑަރ.

    47
    1
  4. Anonymous

    މިސަރުކާރަށް މިފެތުރޭ ބައްޔަށް ވުރެވެސް ނުރައްތާދޯ ރ. ޔާމީން. އަދިވެސް އެމަނިކުފާނު ފަހާ ދުވުމުގައި. ކަލޭމެން ބުނާނީ

    56
    1
  5. ވިސްނާލުމަށް އެދެމޭ

    ކިހާބޮޑު މިއޮތީ ވެރި ކަމުގަ..ބަލަގަ މިއުޅެނީ ބޮޑުބަލިމަޑު ަކމެ ދިމާވެގެން..މިދަޑިވަޅުގަވެސް ﷲބިރުވެތިވުމެނެތި ކޮންފަދަ ނުބައިބައެއްމީ... ކަޑައެޅިގެން އެގިތިބެ ނުހައްގު ދައުވާއެ ބޮލުގައަޅުވަން ތި ކުރާމަސައް ކަތް ހުއްޓާލަބަލަ..ﷲދެނެވޮޑިގެން ކަލޭމެން ރާވAރޭވުން....ދުވަހަ ކު ދިންނެވުމެނުވާ ޖަހައްނަމަ އޮތް ކަން ހަދާން ކޮއްބަލަ. ޔާﷲ ރޔާމީނަށް ކެތްތެތިރި ކަންދެއްވާ މިނުބައި މީހުންގެ އަތްދަށުން ސަލާމަތް ކުރައްވާ އަމާން ފާގަތި ދުވަސްތަ ކެ މިންވަރު ކޮއްދެއްވާންދޭވެ...ޔާﷲ ރޔާމީނަށް ނަސްރާ ކާމިޔާބުދެއްވާންދޭވެ...

    19
  6. އަލިފުރާ

    ކޮންމެ ކަމަކައްވެސް ނިމުމެއް ވޭ ކުޅަދުންވަންތަﷲ ހުރިހާކަމެއް މޮޅައް ދެނެވޮޑިގެންވޭ އަނިޔާ ވެރި ވެރިކަން ދެމިއެއް ނޯންނާނެ މިވެރިކަމުގައި އޮތީ އަނިޔާ އާއި ދޮގާ މަކަރާއި ހީލަލަތާ އޮޅުވާލުމާ ކަރަޕްޝަން ދޮގުހެދުމާ ފޮނިކެނޑުން