ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމުން އެކަމުގައި އެއްބައިވަންތައްކަން ދައްކުވައިދީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ވަގުތަކީ ސިޔާސީގޮތުން ރާއްޖޭގައި ނަފްރަތު އުފެއްދުމަށް ވުރެ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށެވެ. އެގޮތުން ރައީސް ޔާމީން ޖަލުން ދޫކޮށް ގެއަށް ބަދަލުކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އަދުރޭ ވިދާޅުވެފައި ވަނީ ރާއްޖޭގައި މީގެ ކުރިން ފެތުރިންގެ ދިޔަ ކޮލެރާގެ ބަލިމަޑުކަމާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއިން ދިވެހިން ފަސޭހަކަމާއިއެކު އަރައިގަތ އޭރުގެ ސަރުކާރުތަކުން ރައްޔިތުންގެ އެއްބައިވަންތަ ކަމަށް އިސްކަންދީ އެކަމަށް ވިސްނާފައި އޮތުމުން ކަމަށެވެ.

"ސުނާމީ ކާރިސާ ކުރިމަތިވި އިރު އެހެން ހުރިހާ ގައުމުތަކަކަށް ވުރެ އަވަހަށް ދިވެހިންނަށް އެކަމުން އަރައިގަނެވިއްޖެ. ހާލުގައި ޖެހުނު މީހުންވެސް އާންމު ހާލަތަށް ބަދަލުކުރެވިއްޖެ. އެކަން އެގޮތަށް ދިމާވީ އޭރުގެ ސަރުކާރުން އެއްބައިވަންތަ ކަމަށް ދިން އަހަންމިއްޔަތެއްގެ ބޮޑުކަމުން. އެހެން ވީމަ މިއަދުވެސް މިއޮތީ ހަމަ އެފަދަ ހާލަތެއް ދިވެހިންނަށް ކުރިމަތިވެފައި" ރައީސް މައުމޫނަށް ތައުރީފްކޮށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ފެނިފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ ކޭސްވެސް ފެނިފައި ވަނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރަކާއި، އެ ރިސޯޓުގެ ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

މި ދެ މީހުންނަށް މި ބަލި ޖެހިފައިވަނީ، ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު މާޗު އެކެއްގައި އެނބުރި ގައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ފާތުމަ

  އެހެންވިއްޔާ ޖަލުފަ ތިބި އެންމެން ދޫކޮށްލާ. ހަމަހަމަ ވެ އެއްބައިވާން ވާނެ

 2. ޥަޒިތާ

  މިކަމުންވެސް ސިޔާސީ މަންފާއެއް ވޭތޯބަލާތި

 3. ހިމްނާސް

  މިދަނޑިވަޅުގަވެސް ޖަލުގަ ތިބި ކުއްވެރިން ދޫކުރަން ތިގޮވަނީ. ލުތުފީ، ޔާމީނު މީ ދިވެހި ދައުލަތަށް ހަރާންކޯރުވި ބައެއް. އެއްބައިވަންތަ ނުވެގެނެއް ނޫން ތިއުޅެނީ

 4. އައްދޯތް

  މީނާ ހީކުރަނީ އަހަރުން މީ ގުނބޯލުން ކަމަށް؟ ހެހެހެހހެެހެހހެހެހެ

 5. އަޒްހީމް

  ކަލޭމެން ހަނދާންވޭތަ ފާއިތުވެދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ ޔާމީނު ބުނެގެން މައުމޫނު ޖެގެސް ކްރިމިނަލް ކޯޓުގައި ގަނަ ތެޅުވި ހަނދާން!. ޓިނު ވަގަށްނަގައިގެން އަރުވާލި މީހަކު ތިޔަ ބުނަނީ މިލިޔަން މިލިޔަން ޑޮލަރު ދައުލަތުގެ ޚަޒާނާއިން ވަގަށް ނަގައިގެން ޖަލަށްލާފައިހުރި މީހަކު ދައުލަތުން ވަގަށްނެގި ފައިސާއިން އަޅަމުންދާ ގެއަކަށް ގެނެސް ބަހައްޓާށޭ! ކޮބާ ލަދު ހަޔާތް!

 6. ޖަސްޓިސް މޭން

  އަމިއްލަ އެދުން އޮތްވަރު ހާމަވެއްޖެ. ހުރިހާ ކުއްވެރިންނަށް ލުޔެއް ދޭން އެދުނު ނަމަ އުފާވީސް.

 7. .......

  އެހެންވީރު ހުކުމުގަ ތިބި އެންމެންވެސް ބަދަލު ކުރަންޖެހޭނެ ގެއަށް

 8. ގައުމޫ

  ބަލަ މިރައީސް އަކީ އެއވެސް ބާރެއްލިބިފައިވާރައީސެއްނޫން ރައީސަކީ ކެނެރީގޭ ނަޝީދު ބިރުގަންނާނެ ދެހާސް ތޭވީހުގައި ވެރިކަމަން ނާދެވިދާނެތީ މިނަޝީދަކައް މިދިވެހިރާއްޖޭގެ ރައްޔަތުންނެއް ވޯޓް ނުދޭނެ ލާދީނީ ފިކުރު މިގައުމަކުނެއް މިކަން ހާމަކުރީ ސޭހް އިލިޔާސް އިމްރާނުނަޝީދަކީ ލާދީނި ބޭރުގެ އެޖެންތެކޭ؟؟

 9. ގައުމުގެ ދޫ

  އެއްބައިވަންތަކަން ދައްކަން ހަމަ އެކަނި ޔާމީނު ދޫކޮށްލުން ކަޑަ، ޖަލަށްލާފައި ތިބި އެންމެން ދޫކޮށްލާ. އޭރުންނޫންތޯ އެއްބައިވެވޭނީ!

 10. ވަގު

  ޓިނޭ އިނބަ ގޭގަމަޑުކޮއްލާ އޯކޭ

 11. ބޮކި

  ގެޔަކަށް ނޫން ބަދަލު ކުރަންވީ ..........
  ހުރަގޭ ބަހައްޓަން ވީ .......

 12. ވަގު ޔާނު

  އެއްބައިވަންތަކަން ދައްކަން ކަލޭ ގަތް 2 ފުލެޓާއި މާލޭން ގަނެފައޭ ކިޔާގޯތި އަދި ރަށުގަކުރާބޮޑުވިޔަފާރި މިކަމައް ފައިސާ ހޯދިގޮތް ރައްޔިތުން ނައްސާފްކޮދީބަލަ

 13. ތިމަރަ

  ސިޔާސީ ބަދަލުހިފަން ޖަލަށްލާފަ ހުރި ރައީސް ޔާމީނު ދޫކޮއްލާ.