ޔޫރަޕްގައި އެންމެ ގަދައަށް ކޮވިޑް-19 އަށް ފެތުރިފައިވާ އިޓަލީވިލާތުގެ ދެ ފްލައިޓެއް ރާއްޖެ އައިސްފައި ވަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި ފަތުރުވެރިން ބަލާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ރާއްޖެއަށް އިޓަލީގެ ދެ ފްލައިޓެއް އައިސްފައިވާ ކަމަށެވެ. އަދި އެ ދެ ފްލައިޓުވެސް އިޓަލީގެ ރައްޔިތުން ގޮވައިގެން މިއަދު ރާއްޖެއިން ފުރާނެ ކަމަށް ވިދާޅުވިއެވެ.

އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެވެ. ނަމަވެސް ކޮވިޑް-19ގެ ނުރައްކާތެރިކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާ ސަރުކާރުން ވަނީ އިޓަލީ އިން ރާއްޖެ އަންނަ ފްލައިޓުތައް ރޭގެ 11:59 އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އިޓަލީގެ ފްލައިޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ޖައްސާފައެވެ. ނަމަވެސް އެ ދެ ފްލައިޓަކީވެސް ހުސްކޮށް އައި ފްލްއިޓުތަކެކެވެ

އިޓަލީގެ ފަތުރުވެރިން ބަލާ ދެ ފްލައިޓެއް އައިސްފައިވާއިރު ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އިޓަލީގެ ފަތުރުވެރިއަކު ވަނީ ކަރަންޓީންވެސް ކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ ރާއްޖެއިން ވެސް ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ފެނިފައިވާ ކަމަށް ބުނެފައެވެ. އެ ދެމީހުންނަކީ ވެސް ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަލޯ ސުރުހީ

  ކަލޯ ސުރުހީ

 2. ނަޖީ

  ނުހުއްޓާނެ ކޮމްމެވެސްއެއްޗެކިޔާފަ އިޓަލީ ފުލަިޓުތައް ޖަސްސާނެ މި އަދުވެސް ގެނައީކިތަމީހުންކަމެ ނޭގޭނެ އެކަމް އެބުނީތާ ހުސްކޮށޭ ފުލަޓުއައީ ދޮގެން ހެދޭނެ ގޮތެ އޮތިއްޔާ މި ބާމީހުން ތެދެނަހަދާނެ

 3. ނަޖީ

  މިހާރު އަމާޒު ހިފާފަހުރީ އިންޑިއާ މީހުންގެންނަން އިންޑިއާޔަކީވެސް ކޮވިޑު19 ފެތުރެމުންދާއެއްގަުމު ރައްޔަތުންނައް ކިލުނެ ހުރިއްޔާ ވައުރެސް ފެތުރޭ ގައުމުތަކުން މީހުން ނުގެންނާނެ ހީވާކަހަލަ ރައްޔަތުން މަރާފަވެސް ސަރުކާރު ބޭނުން ވަނީފައިސާހެން އެ.ނޫންނަމަކަ މުޅިދުނިޔެ އިޓަލީ ބުލަކުކޮއްފަ އޮއްވާ މިގަުމައް ނުގެނައީސްކަން ކަށަވަރު

 4. Anonymous

  ދޮގުނަހަދާ އެނގޭތި މިބުނަނީ. އިއްޔެ ނުގެނޭ. އޭގެ ކުރީ ދުވަހު ވެސް އިޓަލީ މީހުން ދެބަސް ފުރެން ބޭލި. އެމީހުންވީ މިރާއްޖޭގައި. އިއްޔެއާއި ހަމައަށް ބަރާބަރަށް މީހުންގެނައި. ވެރިން ދޮގުހަދާ މައްސަލަ އެމްޑީޕީން ބަލާބަލަ.

 5. ކައުންސެލަރު

  އުނހު! އެމީހުން ގެންދާނެކަމެއްނެތް. އިޓަލީން މީހުންގެނެސް މިތަން ތޮއްޖައްސާ. ލޮޑަރު ލިބޭނެ. ރައްޔިތުން ހެވެންނު ހޭބަލިއެރިޔަސް. #ލާދީނީ